ހައި ކޯޓު ފަނޑިޔާރުކަމަށް ސުޕީރިއާ ކޯޓުތަކުގެ ގާޒީީންތަކެއް ކުރިމަތިލައިފި

ަހައި ކޯޓަށް ކުރިމަތިލި ފަސް ބޭފުޅުން

ަހައި ކޯޓަށް ކުރިމަތިލި ފަސް ބޭފުޅުން

ހައި ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް މާލޭގައި ހުންނަ އެެހެން ސުޕީރިއާ ކޯޓުތަކުގެ ގާޒީން ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގައި ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެގެން ދިޔައީ ކުރިން އެ ކޯޓުގައި ފަނޑިޔާރަކަށް ހުންނެވި އަބްދުއްރައޫފް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވުމުންނާއި، ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

އެ ދެ މަގާމަށް ސިވިލް ކޯޓުގެ ދެ އަންހެން ގާޒީއަކާއި، ސިވިލް ކޯޓުގެ ފިރިހެން ގާޒީއަކާއި، ކްރިމިނަލް ކޯޓުގެ އަންހެން ގާޒީއަކާއި، އަންހެން ވަކީލެއް ވަނީ ކުރިމަތިލައްވައިފަ އެވެ.

ހައިކޯޓަށް ކުރިމަތިލެއްވި ބޭފުޅުން

  • ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު
  • ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު
  • ސިވިލް ކޯޓުގެ ގާޒީ އަޒުފާ އަބްދުލްޣަފޫރު
  • ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް ފަހުމީ
  • ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު

ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ސަމީރު ވެސް މަގާމުން އިސްތިއުފާ ދެއްވުމުން، ހުސްވި މަގާމަށް ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ހުޒައިފާ މުހައްމަދު ވަނީ އައްޔަންކޮށްފަ އެވެ.

ހައިކޯޓުގައި މިހާރު ނުވަ ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެން ފަނޑިޔާރުންނާއި ހަތް ފިރިހެން ފަނޑިޔާރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox