މޯދީއާ ދެކޮޅަށް ކޯޓަށް ދިޔަ އެކްޓިވިސްޓަކު ހައްޔަރު ކުރުމުން މުޒާހަރާ

ޓީސްޓާ ސެތަލްވާދް. -- ފޮޓޯ: ސިއާސަތު/ ޓްވިޓާ

ޓީސްޓާ ސެތަލްވާދް. -- ފޮޓޯ: ސިއާސަތު/ ޓްވިޓާ

މީގެ 20 އަހަރު ކުރިން އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ލޭއޮހޮރުވުމުގައި މިހާރުގެ ބޮޑު ވަޒީރު ނަަރެންދްރަ މޯދީގެ އަތެއްވާ ކަމަށް ކަނޑައެޅުމަށް ކޯޓަށް ދިޔަ އެކްޓިވިސްޓަކު ހައްޔަރު ކުރުމުން، ބަައެއް ސިޓީތަކުގައި މުޒާހަރާކޮށްފި އެވެ.

ހުޅަނގު ގުޖަރާތު ސްޓޭޓުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނެވި އިރު 2002 ވަނަ އަހަރު ހިނގި ލޭއޮހޮރުވުމުގައި 1000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، ގިނައިން ހިމެނެނީ މުސްލިމުންނެވެ.

އެކަމުގައި މޯދީ އެއްވެސް ޒިންމާއެއް ނަންގަވަން ނުޖެހޭނެ ކަމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރަން އެކްޓިވިސްޓް ޓީސްޓާ ސެތަލްވާދް އަދި އޭނާގެ އެންޖީއޯގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ހުކުރު ދުވަހު އެވެ. އަދި ހޮނިހިރު ދުވަހު ސެތަލްވާދް ހައްޔަރު ކުރި އެވެ.

Advertisement

ސެތަލްވާދްއާ އެކު އެ މައްސަލަ ކޯޓަށް ހުށަހެޅީ ޒާކިއާ ޖަފްރީ އެވެ. އޭނާގެ ފިރިމީހާ، ކުރީގެ މަޖިލިސް މެމްބަރު އިހްސާން ޖާފްރީ މަރުވީ އެ ލޭއޮހޮރުވުމުގެ ތެރޭގަ އެވެ.

ޖިނާއީ ކުށެއް ކުރަން އުޅުމާއި ލިޔެކިޔުން އުފެއްދުމާާއި ދޮގު ހެކި ކޯޓަށް ހުށަހެޅުމުގެ ތުހުމަތުގައި ސެތަަލްވާދް ހައްޔަރު ކުރީ ޓެރަރިޒަމާ ދެކޮޅު ފުލުހުންނެވެ.

އޭނާ ހައްޔަރު ކުރުމުން މުމްބާއީ ޕްރެސް ކްލަބުން ކަންބޮޑުވުން ފާޅުކޮށް، ބަދަލު ހިފުމުގެ ސިޔާސަތު ދޫކޮށްލަން ގޮވާލި އެވެ.

އދ. ގެ ހާއްސަަ ރެޕަޓުއާ މޭތީ ލޯލޯ ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމަކީ ކުށެއް ނޫން ކަމަށެވެ.

ސެތަލްވާދް ހަައްޔަރު ކުރުމުން ބެންގަލޫރާއި، މުމްބާއީ އަދި ނިއު ދިއްލީގައި ވެސް މުޒާހަރާ ކުރި އެވެ. އެއްވި މީހުން ގޮވާލީ އޭނާ ދޫކޮށްލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox