ފިލިޕީންސްގައި 165 މީހުންނާ އެކު ދަތުރު ކުރި ފެރީއެއްގައި ރޯވެއްޖެ

ފެރީއިން ސަލާމަތް ކުރި މީހުން ލެއިޓޭ އައިލެންޑުގައި. -- ފޮޓޯ: ފިލިޕީންސް ކޯސްޓްގާޑް

ފެރީއިން ސަލާމަތް ކުރި މީހުން ލެއިޓޭ އައިލެންޑުގައި. -- ފޮޓޯ: ފިލިޕީންސް ކޯސްޓްގާޑް

ފިލިޕީންސްގައި 165 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ފެރީއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ކޯސްޓްގާޑުން ބުނީ 165 މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެންމެން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެކަކު މަރުވެފަައިވާ އިރު އިތުރު މީހަކު ވަނީ ގެއްލިފަ އެވެ.

މާމާ މޭރޯ ކްލޮއީގެ ނަން ދީފައިވާ ފެރީ ދަތުރު ކުރަމުން ދިޔައީ ބޮހޯލް އާއި ލެއިޓޭ އައިލެންޑާ ދެމެދުގަ އެވެ. ބޯޓުން ސަލާމަތް ކުރި މީހުން ގެންދިޔައީ ލެއިޓޭ އަށެވެ.

Advertisement

އަށް ކްރޫ މެމްބަރުންނާއި 157 ޕަސެންޖަރުންނާ އެކު ފެރީ ދަތުރު ފެށީ ބޮހޯލް ރަށުގެ ޔުބޭ އިންނެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އަލިފާން ރޯވުމުން ކުޑަކުދިން މޫދަށް ފުއްމާލި އެވެ.

ޔޫޓިއުބްގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ބޯޓުގައި ވަރަށް ބޮޑަށް ހުޅު ހިފައި، ކަޅު ދުން އަަރާ މަންޒަަރާއި ގިނަ ބަޔަކު މޫދުގައި ތިބި މަންޒަރެވެ.

އޮފިޝަލުން ބުނީ ރޯވާން ދިމާވި ސަބަބު އަދި ނޭނގޭ ކަމަށެވެ. ނަމަަވެސް އޭގަައި ތިބީ ޕަސެންޖަރުން އުފުލޭ އެންމެ ގިނަ އަދަދަށް ވުރެ މަަދުންނެވެ.

ފިލިޕީންސްގެ ބޯޓުތަކުގައި ވަރަށް ގިނައިން ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. ޖަޒީރާ ރަށްތަކެއް ގޮތަށް އުފެދިފައި އޮންނަ ފިލިޕީންސަށް ވަރަށް ގިނައިން ތޫފާންތައް ކުރިމަތިވާ އިރު، ބޯޓުތަކުގައި މާ ގިނައިން މީހުން އުފުލުމާއި ސަލާމަތީ ފިޔަވަޅުތައް ގޯސްވުމުން ހާދިސާތަކަށް މަގުފަހިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox