ބޯކޯ ހަރާމްއިން ރަހީނުކުރި ދެ އަންހެން ކުދިން އަށް އަހަރު ފަހުން ހޯދައިފި

އަށް އަހަރު ފަހުން ފެނުނު މޭރީ ދާއޫދާ އަދި ހައްވާ ޖޯސެފް. -- ފޮޓޯ: އޭއެފްޕީ

އަށް އަހަރު ފަހުން ފެނުނު މޭރީ ދާއޫދާ އަދި ހައްވާ ޖޯސެފް. -- ފޮޓޯ: އޭއެފްޕީ

މައިޑުގުރީ، ނައިޖީރިއާ (ޖޫން 22) - ނައިޖީރިއާގެ ބޯކޯ ހަރާމް ޓެރަރިސްޓް ގްރޫޕުން މީގެ އަށް އަހަރު ކުރިން ރަހީނު ކުރި ކުދިންގެ ތެރެއިން ދެ ކުއްޖަކު ހޯދައިފި އެވެ.

ނައިޖީރިއާގެ ސަލާމަތީ ބާރުތަކުން އެކަން އާއްމުކޮށް، ދައްކާލި ދެ އަންހެނުންނާ އެކުގައި ދެ ތުއްތު ކުދިން ތިއްބެވެ. ބެލެވޭ ގޮތުގައި އެއީ އެ މީހުންގެ ދަރިންނެވެ.

މޭޖާ ޖެނެރަލް ކްރިސްޓޮފާ މޫސާ ވިދާޅުވީ އެ މީހުން ފެނުނީ ޖޫން 12 އަދި ޖޫން 14 ވަނަ ދުވަހު ތަފާތު ދެ ސަރަހައްދަކުން ކަމަށެވެ.

Advertisement

އޭގެ ތެރެއިން ހައްވާ ޖޯސެފް ފެނުނީ ބޯކޯ ހަރާމްގެ ކޭމްޕެއް ރޫޅާލަން ސިފައިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ބާމާ ސަރަހައްދުންނެވެ. އަދި މޭރީ ދާއޫދާ ފެނުނީ ކެމެރޫންގެ ބޯޑަރު ކައިރީގައި އޮންނަ ންގޯޝޭ އަވަށުންނެވެ.

"އަހަރެން ރަހީނުކޮށްގެން ގެންދިޔަ އިރު ނުވަ އަހަރު. އޭގެ ފަހުން އަހަންނަށް ޖެހުނީ ކައިވެނި ކުރަން. މިއީ އެ ކައިވެންޏަށް ލިބުނު ކުއްޖެއް،" ޖޯސެފް ބުންޏެވެ.

އޭނާ ބުނީ ފިރިމީހާ އާއި ފިރިމީހާގެ ބައްޕަ މަރުވީ ސިފައިންގެ އޮޕަރޭޝަނެއްގައި ކަމަށާއި އޭގެ ފަހުން އުޅެމުން ދަނީ 14 މަހުގެ ދަރިފުޅު ގޮވައިގެން އެކަނި ކަމަށެވެ.

ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ޗީބޯކްގައި ހުންނަ ބޯޑިން ސްކޫލަކަށް ވަދެ، 276 އަންހެން ކުދިން ރަހީނު ކުރީ 2014 ވަނަ އަހަރު އެވެ. އޭރު އެ ކުދިންގެ އުމުރަކީ 12-17 އަހަރެވެ.

ރަހީނު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 57 ކުދިން އަމިއްލައަށް ސަލާމަތްވި އެވެ. އިތުރު 80 ކުދިން ސަލާމަތްވީ ޖަލުގައި ތިބި ބޯކޯ ހަރާމްގެ ބައެއް މެމްބަރުން ދޫކޮށްލުމުންނެވެ.

ފަހަކަށް އައިސް ބޯކޯ ހަރާމްގެ އެތައް ހާސް މެމްބަރުން ދަނީ އަމާންދެމުންނެވެ. އެއީ ސަރުކާރުން ހިންގާ އޮޕަރޭޝަންތައް ވަރުގަދަ ކުރުމާ އެކު އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ވެސް ހަނގުރާމަ ކުރަން ޖެހޭތީ އެވެ.

ނައިޖީރިއާގެ މި ހަމަނުޖެހުމުގައި މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު 2.2 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox