އިމްތިހާނުގައި މަކަރު ހަދަން އެހީވާން އުޅުމުން އަލްޖީރިއާގެ މަޖިލިސް މެމްބަރަކު ޖަލަށް

ދަރިވަރުންތަކެއް އިމްތިހާން ހަދަނީ. -- ފޮޓޯ: ޓެލާ ރިޕޯޓް

ދަރިވަރުންތަކެއް އިމްތިހާން ހަދަނީ. -- ފޮޓޯ: ޓެލާ ރިޕޯޓް

އަލްޖިއާޒް، އަލްޖީރިއާ (ޖޫން 21) - ދަރިފުޅުގެ ހިސާބު އިމްތިހާނުގައި މަކަރު ހަދަން އެހީވާން އުޅުމުން އަލްޖީރިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ތިން އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ދައުލަތުގެ އޭޕީއެސް ނިއުސް އެޖެންސީން ބުނީ މަޖިލިސް މެމްބަރުގެ އިތުރުން، ފުލުހުންގެ ވެރިޔަކާއި، ސްކޫލް ޕްރިންސިޕަލް އަދި ހަތަރު ވަނަ މީހަކަށް ވެސް ތިން އަހަރުގެ ޖަލު ހުކުމް އިއްވި ކަމަށެވެ.

ވެރިކަން ކުރާ ނޭޝަނަލް ލިބެރޭޝަން ފްރަންޓް (އެފްއެލްއެން) ގެ މަޖިލިސް މެމްބަރު އަބްދިނާސިރް އަރްދްޖޫން ހައްޔަރު ކުރީ މި މަހުގެ ކުރީކޮޅު އެވެ.

އޭނާއަށް ތުހުމަތު ކުރީ ހިސާބު އިމްތިހާނުގެ ޖަވާބުތައް ރައްކާކޮށްފައި އޮތް ސިޓީ އުރައެއް އިމްތިހާން މަރުކަޒުގައި ހުރި އަންހެން ދަރިފުޅަށް ފޯރުކޮށްދޭން އުޅުނު ކަމަށެވެ.

އިމްތިހާން މަރުކަޒު ބަލަހައްޓަން ހަވާލުވެ ހުރި މީހާއަށް އެކަން ފާހަގަވެ ރިޕޯޓު ކުރުމާ އެކު އަރްދްޖޫން ހައްޔަރު ކުރި އެވެ. އަދި ސިޓީ އުރަ ހިފައިގެން ދިޔަ ފުލުހުންގެ ވެރިޔާ ވެސް ހައްޔަރު ކުރި އެވެ.

އަލްޖީރިއާގެ އިމްތިހާންތަކުގައި މަކަރު ހަދާ މައްސަލަ ބޮޑުވެ، އިދާރާތަކުން އަންނަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. އެގޮތުން އިމްތިހާން ކުރިއަށްދާ ވަގުތު އިންޓަނެޓްގެ ހިދުމަތް ކަނޑާލުމާއި އިމްތިހާންގެ މައުޟޫއުތައް ލީކުކޮށްފި ނަމަ 15 އަހަރުގެ ޖަލު ހުކުމް ފަދަ ކަންކަން ތައާރަފްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox