ދެކުނު ޗައިނާއަށް ބޯކޮށް ވާރޭ ވެހި އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ދެކުނު ޗައިނާގެ ބައެއް ހިސާބުތަކަށް ވަނީ އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހިފައި. -- ފޮޓޯ: އޭއެފްޕީ

ދެކުނު ޗައިނާގެ ބައެއް ހިސާބުތަކަށް ވަނީ އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހިފައި. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ޖޫން 21) - ދެކުނު ޗައިނާގެ ބައެއް ހިސާބުތަކަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކާ ހެދި އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.

ވާރޭގެ ސަބަބުން ޕާލް ރިވާ ބޭސިން ފުރި ބަންޑުންވެއްޖެ ނަމަ އިގްތިސާދީ ގިނަ މަސައްކަތްތަކަށް ބުރޫ އަރާނެކަމުގެ ބިރު އެބަ އޮތެވެ. ކޮވިޑާ ގުޅިގެން ހަރުކަށި ލޮކްޑައުންތައް ތަންފީޒު ކުރާރީ މިހާރު ވެސް އުފެއްދުންތެރި ކަމަށް ވަނީ އަސަރުކޮށްފަ އެވެ.

މޭ މަހުން ފެށިގެން ޖޫން މަހުގެ މެދާ ހަމައަށް ގުއާންގްޑޯންގް، ފުޖިއާން އަދި ގުއާންގްޒީ ޕްރޮވިންސަށް އެވްރެޖުކޮށް ވެހިފައި ވަނީ 621 މިލިމީޓަރުގެ ވާރެ އެވެ. ޗައިނާގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ އެއީ 1961 ވަނަ އަހަރަށް ފަހު ރެކޯޑް މިންވަރެއް ކަމަށެވެ.

ގުއާންގްޑޯންގްގެ ޝާއޯގުއާން ސިޓީގެ ސްކޫލްތައް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ އިރު، ކުޅިވަރަށް ހާއްސަ ބިންތަކުގައި ވެސް އެތައް ސަތޭކަ ޓެންޓު ޖަހައިފައިވެ އެވެ. ގުއާންގްޒީ ސަރަހައްދުގެ އަވަށްތަކުން މީހުން ސަލާމަތް ކުރީ ރަބަރު ޑިންގީތަކުގަ އެވެ.

ގުއާންގްޑޯންގްގެ އިދާރާތަކުން ބުނީ 200،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ އިރު، 254 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ބޯކޮށް ވާރޭ ވެހުމުގެ އަސަރު 480،000 މީހުންނަށް ކޮށްފައިވާ ކަމަށް ބެލެވެ އެވެ.

ޝާއޯގުއާންގައި ފެންބޮޑުވާނެ ކަމަށް ރަތް އެލާޓް ނެރިފައިވާ އިރު، ގުއާންގްޒީގައި އެންމެ ފަހުން މިހާ ބޮޑަށް ފެންބޮޑުވީ 2005 ވަނަ އަހަރުގައި ކަމަށް އޮފިޝަލުން ބުނެ އެވެ. މޫސުމާ ބެހޭ އިދާރާތަކުން ބުނީ ގުއާންގްޒީގެ 28 ކޯރެއް ބަންޑުންވާން ކައިރިވެފައިވާ އިރު، އަންގާރަ ދުވަހު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ޖިއާންގްޒީ ޕްރޮވިންސުން ވެސް ފެންބޮޑުވާނެ ކަމަށް ރަތް އެލާޓް ނެރިފައިވާ އިރު، ފުޖިއާންގައި 220،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

މި މަހުގެ ކުރީކޮޅު ޗައިނާގެ މެދުތެރޭގައި އޮންނަ ހުބެއި ޕްރޮވިންސްގައި ފެންބޮޑުވެ 21 މީހުން މަރުވި އެވެ. މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ޗައިނާގެ މެދުތެރޭގައި އޮންނަ ހެނާން ޕްރޮވިންސްގައި ވެސް ފެންބޮޑުވެ، 398 މީހުން މަރުވެ 10 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox