ދިދަ ބޭނުން ކުރުމުގައި މުއަސަސާތަކުން އަމަލުކުރާނެ އުސޫލެއް ކަނޑައަޅައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުސޫލެއް މިއަދު ކަނޑައަޅުއްވައިފި އެވެ.

ސަރުކާރުގެ މުއައްސަސާތަކުން ގައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތައި ދިދައިގެ ހުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުމެއް ނުކުރެވޭނެ އެވެ.

ރައީސް އޮފީހުން ނެރުނު އުސޫލުގައި ބުނެފައި ވަނީ ސަރުކާރުގެ އިމާރާތްތަކުގަ އާއި ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމުގޮތެއްގައި ބޭނުންކުރަންވީ ދިދައިގެ މިންތައް ވެސް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.

އަދި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި ހެނދުނު 6:00އިން ހަވީރު 6:00އަށް ދިދަ ނަގައިފައި ހުންނަންވާ މުއައްސަސާތައް ވަނީ ބަޔާންކޮށްފަ އެވެ.

ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމުގޮތެއްގައި ބޭނުންކުރަންވާނީ، އަންނަނިވި މިންތަކުގެ ތެރެއިން، އެ ތަނަކަށް ނުވަތަ އެ ކަމަކަށް އެންމެ އެކަށީގެންވާ ބޮޑު މިނެއްގައި ހަދައިފައި ހުންނަ ދިވެހި ގައުމީ ދިދައެވެ.

ރަސްމީ ކަންކަމުގައި ބޭނުންކުރަންޖެހޭ ދިދައިގެ މިންތައް:

(ހ) 270 ސެންޓިމީޓަރު ދިގު، 180 ސެންޓިމީޓަރު ފުޅާ

(ށ) 180 ސެންޓިމީޓަރު ދިގު، 120 ސެންޓިމީޓަރު ފުޅާ

(ނ) 135 ސެންޓިމީޓަރު ދިގު، 90 ސެންޓިމީޓަރު ފުޅާ

(ރ) 60 ސެންޓިމީޓަރު ދިގު، 40 ސެންޓިމީޓަރު ފުޅާ

(ބ) 45 ސެންޓިމީޓަރު ދިގު، 30 ސެންޓިމީޓަރު ފުޅާ

(ޅ) 36 ސެންޓިމީޓަރު ދިގު، 24 ސެންޓިމީޓަރު ފުޅާ

(ކ) 30 ސެންޓިމީޓަރު ދިގު، 20 ސެންޓިމީޓަރު ފުޅާ

(އ) 24 ސެންޓިމީޓަރު ދިގު 16 ސެންޓިމީޓަރު ފުޅާ

އެ އުސޫލުގައި ބުނީ، އެތަންތަނުގައި ދިދަ ނަގާފައި ހުންނަ އިރު، އަނދިރި ވަގުތުތަކުގައި ދިދަ ބަހައްޓަންވާނީ، ރީތިކޮށް ދިދަ ފެންނާނޭހެން ދިދައަށް އަލިކޮށްފަ ކަމަށެވެ.

24 ގަޑިއިރު ގައުމީ ދިދަ ނަގާފައި ހުންނަންޖެހޭ ތަންތަން:

(ހ) ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

(ށ) ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު

(ނ) ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދިރިޅުއްވާ ރަސްމީ ގެކޮޅު

(ރ) ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު

(ބ) ދިވެހި ފުލުހުންގެ ހިދުމަތުގެ މައި މަރުކަޒު

(ޅ) މެދުކެނޑުމެއް ނެތި 24 ގަޑިއިރު ހިދުމަތް ދޭ ސަރުކާރުގެ މުއައްސަސާތައް

އެހެން ކޮންމެ މުއައްސަސާއެއްގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިވެހި ގައުމީ ދިދަ ނަގައިފައި ހުންނަން ޖެހެ އެވެ.

ސަރުކާރުގެ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާ، އެއް އިމާރާތެއްގައި ހުންނަނަމަ، އެ އިމާރާތެއްގައި ނަގާނީ އެއް ދިދަ އެވެ.

"ދިވެހި ގައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ގައުމީ ދިދަ ހުންނަންވާނީ، އެ ދިދައެއްގެ ކަނާތްފަރާތުގަ އެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ، އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ. ބޭރު ގައުމުތަކުގެ އިއްޒަތްތެރީން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަންކަމުގައި ދިދަ ބޭނުންކުރުން މީގެ ތެރެއިން އިސްތިސްނާވާނެ،" ރައީސް އޮފީހުގެ އުސޫލުގައިވެ އެވެ.

އެހެން ގައުމެއްގެ ދިދަ ނަގާނެ ސޫލުތައް:

  1. ދިވެހި ދިދައާއެކު ކައްތިރިކޮށް އެހެން ގައުމެއްގެ ގައުމީ ދިދަ ނެގޭނީ، އެ ގައުމަކީ މިނިވަން ގައުމެއް ކަމަށްވާނަމަ
  2. ދިވެހި ގައުމީ ދިދަ އެހެން ދިދައަކާ ނުވަތަ ދިދަތަކަކާ އެއްވަލެއްގައި ނުވަތަ އެއް ފަށެއްގައި ނަގާނަމަ، ދިވެހި ގައުމީ ދިދަ ހިމެނޭ ދިދަފަތި ހުންނަންވާނީ، އެންމެ މަތީގައި
  3. ދިވެހި ސަރުކާރުން ގަބޫލުކުރާ ބައިނަލްއަގުވާމީ ޖަމާއަތެއްގެ ދިދައާއެކު ދިވެހި ދިދަ ނަގާ ތަންތާނގައި ދިވެހި ދިދަ ހުންނަންވާނީ، އެ ނޫން ދިދަތަކާ އެއް އުސްމިނެއްގައި އަދި އެ ދިދަތަކާ އެއް މިނަކަށް

މީގެ އިތުރުންވެސް ދިވެހި ދިދަ ބޭނުން ކުރެވިދާނެ އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox