ހުޅުމާލޭ ޗެނަލް ޕާކުގައި އޯވާވޯޓާ ރެސްޓޯރަންޓެއް އަޅާނެ ބަޔަކު ހޯދަނީ

ހުޅުމާލޭ ފޭސްވަންގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކުގައި ހުންނަ އޯވާވޯޓާ ފެސިލިޓީތައް. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލޭ ފޭސްވަންގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކުގައި ހުންނަ އޯވާވޯޓާ ފެސިލިޓީތައް. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ކޯރާ ދިމާލުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ތަރައްގީކުރަމުން އަންނަ ޗެނަލް ޕާކު ސަރަހައްދުގައި އޯވާވޯޓާ ރެސްޓޯރަންޓެއް އަޅާނެ ބަޔަކު ހޯދަން އެ ކޯޕަރޭޝަނުން އިއްޔެ އިއުލާނުކޮށްފި އެވެ.

މިކަމަށް ޝައުގުވެރިވާ މީހުން ޕްރޮޕޯސަލް ހުށަހަޅަން ދައުވަތުދީ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުގައި މި ޕާކު ހުންނަނީ ފޭސް ޓޫ އަތިރިމައްޗާ ދިމާލަށެވެ. މިތަން އެއްގަމާ ގުޅުވާލަން ބޭނުންކުރާނީ މިހާރު ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ވޯޓާ ވިލާ އާއި މޫދުގައި ހުންނަ އެހެން އިމާރާތްތަކަށް ދާން ބޭނުންކުރާ ކަހަލަ ރޭމްޕެކެވެ.

ހުޅުމާލޭ އޯވާ ވޯޓާ ރެސްޓޯރަންޓު ތަރައްގީކުރަން ފުރުސަތު ދޭން ނިންމާފައިވަނީ އެންމެ މަތިން އެކުއިޒިޝަން ކޮސްޓާއި ކުލި ހުށަހަޅާ ފަރާތަކަށެވެ. އޭގެ އިތުރުން ވިޔަފާރި ޕްރޮޕޯސަލް އަށާއި ތަޖުރިބާއަށް ބަލާނެ އެވެ.

އޯވާވޯޓާ ރެސްޓޯރަންޓު އަޅާ ސަރަހައްދު: މިއީ ދެ ފިޔަވަހި ގުޅޭ ކޯރު ހުންނަ ޗެނަލް ޕާކާ ދިމާލުގައި އަޅާ ތަނެއް. --
އޯވާވޯޓާ ރެސްޓޯރަންޓު އަޅާ ސަރަހައްދު: މިއީ ދެ ފިޔަވަހި ގުޅޭ ކޯރު ހުންނަ ޗެނަލް ޕާކާ ދިމާލުގައި އަޅާ ތަނެއް. --

އޯވާވޯޓާ ރެސްޓޯރަންޓު އަޅާ ސަރަހައްދު: މިއީ ދެ ފިޔަވަހި ގުޅޭ ކޯރު ހުންނަ ޗެނަލް ޕާކާ ދިމާލުގައި އަޅާ ތަނެއް. --

މިއީ ފެނުން މަތީގައި އަޅާ ރެސްޓޯރަންޓެއް ކަމުން ކެފޭ/ރެސްޓޯރަންޓު ވިޔަފާރިތަކުގެ އިތުރުން ސްވިމިން ޕޫލް އޮޕަރޭޓަރުންނާއި ކުޅިވަރު ފެސިލިޓީތައް އޮޕަރޭޓުކުރާ ވިޔަފާރިތަކަކީ ވެސް މިކަމުގެ ތަޖުރިބާ ހުރި ވިޔަފާރިތަކުގެ ގޮތުގައި ބަލައިގަންނަ ގޮތަށް އެޗްޑީސިން ވަނީ ނިންމާފަ އެވެ.

ހުޅުމާލޭގައި އަޅާ އޯވާވޯޓާ ރެސްޓޯރަންޓުގެ މުހިންމު މައުލޫމާތު

  • ޖާގަ - 10،519 އަކަފޫޓު
  • ކުލި - ފުރަތަމަ ފަސް އަހަރު އަކަފޫޓަކަށް މަދުވެގެން 25ރ.
  • އެކުއިޒިޝަން ކޮސްޓު - މަދުވެގެން 180،000ރ.
  • ބިޑް ސެކިޔުރިޓީ - 500،000ރ.
  • މުޅި ޕްރޮޖެކްޓަށް ހިނގާނެ ކަމަށް ލަފާކުރާ ހަރަދު - 22.4 މިލިއަން ރުފިޔާ

އޯވާ ވޯޓާ ރެސްޓޯރަންޓު އަޅަން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި 21 އެވެ. މިއީ ސުންގަޑި ނަމަވެސް އަންނަ މަހުގެ 6 އިން ފެށިގެން އޮންލައިންކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.

ހުޅުމާލޭގައި ތަރައްގީކުރާ ފުރަތަމަ އޯވާވޯޓާ ރެސްޓޯރަންޓެއް ނޫން

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ހުޅުމާލޭގައި މިގޮތަށް ފެނުން މަތީގައި ތަރައްގީކުރާ ފުރަތަމަ އޯވާވޯޓާ ތަނެއް ނޫނެވެ. މީގެ ކުރިން ފޭސް ވަންއިން މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމަންޓް ރިއަލްޓީއަށް ރެކްރިއޭޝަނަލް ވޯޓާ ތީމް ޕާކެއް އަޅަން ދިން ބިމާ ދިމާލުގައި އޯވާވޯޓާ ތަނެއް އެބަހުއްޓެވެ.

ހުޅުމާލޭ ވޯޓާ ތީމް ޕާކު: މިއީ އަމިއްލަ ބަޔަކަށް ހުޅުމާލޭން ދީފައިވާ އެންމެ ބޮޑު ބިން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ހުޅުމާލޭ ވޯޓާ ތީމް ޕާކު: މިއީ އަމިއްލަ ބަޔަކަށް ހުޅުމާލޭން ދީފައިވާ އެންމެ ބޮޑު ބިން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލޭ ވޯޓާ ތީމް ޕާކު: މިއީ އަމިއްލަ ބަޔަކަށް ހުޅުމާލޭން ދީފައިވާ އެންމެ ބޮޑު ބިން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

މި މަޝްރޫއަކީ 2017 ގައި ފަށާ ގިނަވެގެން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބުނި މަޝްރޫއެކެވެ. އެކަމަކު އިމާރާތްތަކުގެ ސްޓްރަކްޗަރަލަ މަސައްކަތް ނިންމުމަށް ފަހު ޕްރޮޖެކްޓު އޮތީ ހުއްޓިފަ އެވެ. އަދި މިއަދާ ހަމައަށް ޕްރޮޖެކްޓު ނިމޭނެ ކަމުގެ އެއްވެސް އަލިމަގެއް ނުފެނެ އެވެ.

މައްސަލަ ބޮޑުވެފައިވާ މި ޕްރޮޖެކްޓާ ގުޅޭ ބައެއް މައްސަލަތައް ސިވިލް ކޯޓުގައި ވެސް ހިނގަމުން އެބަދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox