ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާ އުވާލަން ކޮމިޓީގައި އެދިއްޖެ

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ނޫސްވެރިންގެ ޖަމިއްޔާއާއި މީޑިއާ ކައުންސިލްގެ ބޭފުޅުން - ފޮޓޯ: މަޖިލީސް

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ނޫސްވެރިންގެ ޖަމިއްޔާއާއި މީޑިއާ ކައުންސިލްގެ ބޭފުޅުން - ފޮޓޯ: މަޖިލީސް

ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތް މާއްދާ ހެއްކާ ބެހޭ ބިލުން އުނިކުރުމަށް ނޫސްވެރިންގެ ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ބޭފުޅުން މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.

ބިލުގެ އެ މާއްދާއާ ގުޅިގެން މީގެ ކުރިން ވެސް އެމްޖޭއޭގެ އިތުރުން ންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަނަލުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނޫސްވެރިންނާއި ނޫސްވެރިން ތަމްސީލް ކުރާ ޖަމިއްޔާތަކުން ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، ބިލު ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިން ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ އެމްއެމްސީއާއި އެމްޖޭއޭގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ޖުޑިޝަރީ ކޮމިޓީގައި މިހާރު ކުރިއަށް ދަނީ ބިލު ދިރާސާ ކުރުމުގެ މަސައްކަތުގެ އެންމެ ފަހު ބައެވެ. ކޮމިޓީން މިހާރު ވަނީ ބިލުގެ ގިނަ މާއްދާތައް ދިރާސާކޮށް ނިމިފަ އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެމްޖޭއޭގެ މެންބަރު މުހައްމަދު ޖުނައިދު ވިދާޅުވީ މަސްދަރު ހާމަކުރުމުން އޭނާއަށް ކުރާނެ އަސަރު ކުޑަވުން ބިލުގައި ބަޔާން ކޮށްފައި އޮތަސް އެ އަސަރު ފަނޑިޔާރަށް ވަޒަން ކުރެވުމަކީ ވަރަށް ވެސް ނާދިރު ކަމެއް ކަމަށެވެ.

"މިސާލަކަށް މަސްދަރަކީ ކާކުކަން، އޭނައަކީ، ކޮންތާކު، ކޮން ވަޒީފާއެއްގައި ހުންނަ މީހެއްކަން، މި ހުރިހާ ކަމެއް ނޭނގޭ ފަނޑިޔާރު މައްސަލަ ބައްލަވާއިރު، އެހެންވީމަ އެ އުސޫލުން ބަލާއިރު ކޮލިޓޭޓިވް މިންގަނޑަކުން ވަޒަން ކުރެވޭނެ ކަމެއް ނޫން އެއީއެއް،" ޖުނައިދު ވިދާޅުވި އެވެ.

ބައެއް ގައުމުތަކުގައި އާންމުންގެ ގިނަ ބަޔަކަ ގެއްލުން ވެދާނެ ކަމަށް ބެލެވޭ ނާދިރު މަދު ހާލަތެއްގައި މަސްދަރު ހާމަކުރަން އޮންނަ ކަމަށް ޖުނައިދު ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމަށް އިތުބާރު ގެއްލިފައި އޮންނައިރު އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ ފުރުސަތު ވެސް އޮތުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ މެންބަރު މުއިއްޒު އިބްރާހީމް ވެސް ވިދާޅުވީ ނޫސްވެރިޔާއާއި މަސްދަރަށް ލިބިދާނެ ގެއްލުމަށް ރިއާޔަތްކުރަން ބިލުގެ އެ މާއްދާގައި ބަޔާން ކޮށްފައި އޮތް ނަމަވެސް އެކަން ބެލޭނެ މިންގަނޑެއް ނޯންނާނެ ކަމަށެވެ.

މީގެ ސަބަބުން ގެއްލުން ލިބޭނީ ވެސް ނޫސްވެރިޔާއަށް އެކަނި ނޫން ކަމަށާއި "ވިސްލްބްލޯ ކުރާ ފަރާތްތަކަށް ވެސް އޭގެ ގެއްލުން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެން ނޫސްވެރިންނާ ވެސް ހިއްސާނުކުރާ މަސްދަރުތަކެއް ފަނޑިޔާރަކަށް ހިއްސާ ކުރާން ނޫސްވެރިން ޖެހިލުންވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިން ވެސް ނޫސްވެރިންނާ ހިއްސާ ނުކުރާނެ އެމީހުންގެ ކޮންފިޑެންޝަލް ސޯސްތައް، އެހެން ނޫސްވެރިއަކަށް ވެސް އެކަން އެނގިއްޖިއްޔާ އެ މަސްދަރަށް ކުރިމަތިވެދާނެ ނުރައްކާ ބޮޑުވެދާނެތީ، ދެން ކިިިހިނެއްތޯ ފަނޑިޔާރަކަށް ކޮން މިންގަނޑަކުން އެ ވަޒަން ކުރެވޭނީ،" މުއިއްޒު ވިދާޅުވި އެވެ.

ހެއްކާ ބެހޭ ގާނޫނެއް ފުރަތަމަ ފަަހަރަށް އެކުލަވާލާއިރު، ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވި އެވެ.

ނޫސްވެރިންގެ މަސްދަރު ވެސް ހާމަކުރަންޖެހޭ ގޮތަކަށް ބިލުގައި ހިމަނާފައި އެ ވަނީ، އެ ނުހިމަނައިފި ނަމަ ކޮންމެ ވެސް އެހެން ބަޔަކު ހަމަހަމަކަމެއް ނެތް ކަމުގެ ޝަކުވާ ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ ކަމަށް އިންތި ވިދާޅުވި އެވެ.

އިންތި ވަނީ ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރަށް އެކަން ކުރަން ވެސް ކޮންމެ ވެސް މިންވަރެއްގެ ފުރުސަތެއް ދިނުމާ ގުޅޭ ގޮތުން އައްސަވައިފަ އެވެ. ދެ މުއައްސަސާގެ ބޭފުޅުން ވެސް ފާހަގަ ކުރެއްވީ އެ ކަމުގައި ހުރި ކަންބޮޑުވުންތަކެވެ.

ޖުމްލަ 151 މާއްދާ ހިމެނޭ އެ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިނީ ކާކުކަން ޝަރީއަތަށް ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް އެ އަކުރާ ޖެހިގެން އޮންނަ އަކުރުގައި ވަނީ އެ އިމްތިޔާޒް އިސްތިސްނާ ކުރެވިދާނެ ހާލަތެއް ބަޔާންކޮށްފަ އެވެ. ނޫސްވެރިންގެ ކަންބޮޑުވުން އޮތީ އެ މާއްދާއަށެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox