މާލީ ތާށިކަމުން އަރައިގަނެ އެޗްޑީސީގެ ސާފު ފައިދާ އަނެއްކާވެސް ބިލިއަނުން މައްޗަށް

ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް: ހުޅުމާލޭގެ އިތުރުން އެޗްޑީސީން ދަނީ ޖީއެމްއައިޒީއެލްއާ ހަވާލުވުމަށް ފަހު ތިލަފުއްޓާއި ގުޅިފަޅުގެ ޑިވެލޮޕްމަންޓުގެ ކަންކަން ކުރަމުން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް: ހުޅުމާލޭގެ އިތުރުން އެޗްޑީސީން ދަނީ ޖީއެމްއައިޒީއެލްއާ ހަވާލުވުމަށް ފަހު ތިލަފުއްޓާއި ގުޅިފަޅުގެ ޑިވެލޮޕްމަންޓުގެ ކަންކަން ކުރަމުން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

އާމްދަނީ އާއި ފައިދާ ކުޑަ ދެ އަހަރަށް ފަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސާފު ފައިދާ އަނެއްކާވެސް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެޗްޑީސީގެ މިދިޔަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް 8.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 822.3 މިލިއަން ރުފިޔާއަށް ވުރެ 966 ޕަސެންޓުގެ އިތުރުވުމެކެވެ.

އެޗްޑީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބިން ވިއްކައިގެންނެވެ. ވޭތުވި އަހަރުތަކުގައި ވެސް އާމްދަނީ އާއި ފައިދާ އެންމެ ބޮޑީ ބިން ވިއްކި އަހަރުތަކުގަ އެވެ. މިދިޔަ އަހަރަކީ ވެސް މިގޮތުން ބިން ވިއްކައިގެން ބޮޑު އާމްދަނީއެއް ލިބުނު އަހަރެކެވެ.

މިދިޔަ އަހަރު އެޗްޑީސީން ވިއްކާލި ބިންތަކުގެ ތެރޭގައި ހުޅުމާލޭ ފޭސް ޓޫގައި ސޯޝަލް ހައުސިން ޔުނިޓުތައް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށާއި މިކްސްޑް ރެޒިޑެންޝަލް މޮޑެލްއަށް މަތީ ފަންތި އާއި މެދު ފަންތީގެ ހައުސިން ޔުނިޓުތައް ތަރައްގީކުރަން ޕްރައިވެޓް ޑިވެލޮޕަރުންނަށް ވިއްކާލި ބިންތަކުގެ އިތުރުން ކޮމާޝަލް ބޭނުންތަކަށް ވިއްކާލި ބިންތައް ހިމެނެ އެވެ.

ހައުސިން ޔުނިޓު އަޅަން ބިންތައް ގަތް ޕްރައިވެޓް ޑިވެލޮޕަރުން

  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) - ބްލޫ ހޭވަން
  • އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - އެސްޖޭ ކްރީކް
  • ސާސޭ ގްލަޓް ޖޮއިންޓް ވެންޗާ ޕްރައިވެޓް ލިމިޓެޑް - 114 ހައުސިން ޔުނިޓު
  • ފެޑޯ ޕްރައިވެޓް ލިމިޓެޑް - 53 ހައުސިން ޔުނިޓު

އާމްދަނީއަށް އައި އިތުރުވުމާ އެކު އެޗްޑީސީގެ ޖުމްލަ ފައިދާ އާއި ސާފު ފައިދާ ވަނީ އިތުރުވެފަ އެވެ. އެގޮތުން، ވިޔަފާރި ކުރުމުގެ ހަރަދުތަކަށް ކެނޑުމަށްފަހު ޖުމްލަ ފައިދާއަށް 1.5 ބިލިއަން ރުފިޔާ ލިބުނެވެ. މީގެ ތެރެއަށް އިތުރުވި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ އާއި އިންވެސްޓުމަންޓު ފައިދާއިން ހަރަދުތައް ކެނޑުމަށް ފަހު އެ ކުންފުންޏަށް ސާފު ފައިދާވީ 1.1 ބިލިއަން ރުފިޔާ އެވެ.

ކުންފުނީގެ ވިޔަފާރި ރަނގަޅު ވުމާ ގުޅިގެން އެޗްޑީސީގެ މާލީ ހާލަތު ވަނީ ބޮޑުތަނުން ރަނގަޅުވެފަ އެވެ. އެގޮތުން، ކުންފުނީގައި ހުރި ފައިސާ ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފަ އެވެ. އޮޑިޓުން ދައްކާ ގޮތުގައި މާލީ އަހަރު ފެށިއިރު 130 މިލިއަން ރުފިޔާގައި ހުރި އެ ކުންފުނީގެ "ކޭޝް އެންޑް ކޭޝް އިކުއިވެލަންޓްސް" ވަނީ އަހަރުގެ ނިޔަލަށް 722.3 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ކޭޝް ފްލޯ ރަނގަޅުވުމުގެ ފަހަތުގައި އެޗްޑީސީން އަހަރުގެ ތެރޭގައި ލޯނުތައް އަނބުރާ ދައްކަން ކުންފުނީގެ ފައިސާއިން ހަރަދުކުރުމުގެ ބަދަލުގައި ސަރުކާރުން ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ނެގި ލޯނަކުން ހަރަދުކުރުން ވެސް ފާހަގަކޮށްލެވެ އެވެ. އެޗްޑީސީން ލޯނު ދައްކަން މިިދިޔަ އަހަރު ހަރަދުކުރި 1.12 ބިލިއަން ރުފިޔާގެ ތެރެއިން 1.11 ބިލިއަން ރުފިޔާ އަދާކުރި މި ލޯނުންނެވެ.

މާލީ ހާލަތު ރަނގަޅުވި ނަމަވެސް ކުންފުނިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހިޔާ ފްލެޓުތައް އަޅަން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އާއި ކްރެޑިޓް ސުއިސް ބޭންކް ސިންގަޕޯ ބްރާންޗުން ނަގާފައިވާ ލޯނުތަކެވެ.

އޮޑިޓު ރިޕޯޓުން ފެންނަ ގޮތުގައި ހިޔާ ފްލެޓުތައް ހަދަން ނެގި ލޯނުގެ ތެރެއިން އައިސީބީސީން ނަގާފައިވާ 5.6 ބިލިއަން ރުފިޔާގެ ލޯނު ރީފަައިނޭންސް ކުރަން ފަސް ފަހަރެއްގެ މަތިން އަދި ކްރެޑިޓް ސުއިސް ނެގި 999 މިލިއަން ރުފިޔާގެ ލޯނު ރީފައިނޭންސް ކުރަން ދެ ފަހަރެއްގެ މަތިން ފިނޭންސުން ލޯނު ނަގާފައިވެ އެވެ.

މި ލޯނުތައް އަނބުރާ ދެއްކުން ގޮންޖެހުމަކަށްވީ އެހާތަނަށް އެއިން އެއްވެސް ފްލެޓަކުން ކުލި އާމްދަނީ ނުލިބޭތީ އެވެ. ނިމުނު އަހަރުގެ ޖުލައި މަހުން ފެށިގެން މީހުން އާބާދުވާން ފެށި މި ފްލެޓުތަކުން ކުލި ނަގަން ފެށީ ކުލި ނުދައްކާ މުއްދަތު އެކި ފަހަރު މަތިން ދައްމާލުމަށް ފަހު، މި އަހަރުގެ އޭޕްރީލުން ފެށިގެންނެވެ.

މި ނޫނަސް އެޗްޑީސީން ގިނަ އަދަދަކަށް ލޯނު ނަގާފައި އެބަހުއްޓެވެ. އެކަމަކު ކުންފުންޏަށް ލިބޭ އާމްދަނީ އާއި ކުންފުނީގައި ހުރި މުދަލުގެ އަގަށް ބަލާއިރު، ކުރު މުއްދަތުގައި އުނދަގޫތަކެއް ހުރި ނަމަވެސް ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox