ވަޅެއްގައި ތާށިވެފައި ހުރި ކުއްޖަކު ހަތަރު ދުވަސް ފަހުން ސަލާމަތްކޮށްފި

ރެސްކިއު ޓީމުން ބިންގަރާހެއް ކޮނެ، ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރެސްކިއު ޓީމުން ބިންގަރާހެއް ކޮނެ، ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރައިޕޫރް، އިންޑިއާ (ޖޫން 15) - އިންޑިއާގެ މެދުތެރޭ ޗައްޓިސްގަރް ސްޓޭޓުގައި ހަތަރު ދުވަސް ވަންދެން ފުން ވަޅެއްގައި ތާށިވެފައި ހުރި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކޮށްފި އެވެ.

އަންގާރަ ދުވަހު ވަޅުން ސަލާމަތް ކުރި ރާހުލް ސަހޫއަކީ އިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ހުކުރު ދުވަހު މެންދުރު ގޭގެ ގޯތި ތެރޭގައި ކުޅެން އުޅެނިކޮށް އޭނާ ވެއްޓުނީ 80 ފޫޓު ފުން ވަޅަކަށެވެ.

އެ ކުއްޖާ ސަލާމަތް ކުރުމުގެ ގޮތުން ވަޅު ކައިރިން ބިން ގަރާހެއް ކޮނުމުގައި ސިފައިންނާއި ކާރިސާތަކާ ބެހޭ އޮފީހުގެ މުވައްޒަފުން ހަރަކާތްތެރިވި އެވެ.

"ހުރިހާ އެންމެންގެ ދުއާ އާއި ރެސްކިއު ޓީމުގެ ބުރަ މަސައްކަތާ އެކު ސަހޫ ސަލާމަތް ކުރެވިއްޖެ،" ޗައްޓިސްގަރްގެ ޗީފް މިނިސްޓަރު ބުޕޭޝް ބާގެލް ޓްވިޓާ މެދުވެރިކޮށް ވިދާޅުވި އެވެ.

ސަހޫގެ ގެ ހުންނަ ޑިސްޓްރިކްޓް އޮފީހުގެ އޮފިޝަލް ޖީތެންދްރަ ޝުކްލާ ވިދާޅުވީ "ކުއްޖާ ދިރި ހުރި ނަމަވެސް ވަރަށް ބޮޑަށް ވަރުދެރަވެފައިވާ" ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށް ވަނީ "ސުޕާ ސްޕެޝަލިޓީ" ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.

"ވަޅުގެ ތެރެއިން ހަރުފައެއް ފެނުނު ނަމަވެސް، އެ ކުއްޖާ ވަނީ ނަމޫނާ ހިތްވަރު ދައްކައި އޮޕަރޭޝަން ކުރިއަށް ދިޔަ އިރު ހަމަޖެހިގެން އެއްބާރުލުންދީފައި،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލުން ބުނީ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސް އެޅުނީ މޫސުން ގޯސްވުމާއި، ވިހަގަދަ ހަރުފަ އަދި ވެލިގަނޑުން ނިކުތް އެހެން ސޫފާސޫފީގެ ސަބަބުން ކަމަށެވެ.

ޖާންގްޖިރް ޑިސްޓްރިކްޓުގެ ފުލުހުންގެ ވެރިޔާ ވިޖޭ އަގްރަވާލް އޭއެފްޕީއަށް ވިދާޅުވީ އޮޕަރޭޝަންގެ ތެރޭގައި ކުއްޖާގެ ހާލަތާއި ހަރަކާތްތައް މޮނީޓާ ކުރަން ކެމެރާއެއް ބޭނުން ކުރި ކަމަށެވެ.

"އެ ކުއްޖާގެ އަޑު އިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އިތުރު ގޮންޖެހުމާ ކުރިމަތިވި،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ސަހޫއަށް ސާފު ވައި ފޯރުކޮށްދިނީ އޮކްސިޖަން ހޮޅިއެއްގެ އެހީގައި ކަމަށާއި ބިންގަރާސް ކޮނުމުގައި އުނދަގޫވީ ވެލިގަނޑުގައި ބޮޑެތި ގާ ގިނަކަމުން ކަމަށެވެ.

އިންޑިއާގެ ދަނޑުވެރި އަވަށްތަކުގައި ފުން، ހަނި ވަޅުތައް ގިނައިން ހުންނަ އިރު، އެފަދަ ވަޅުތަކަށް ކުޑަކުދިން ވެއްޓި ވަރަށް ގިނައިން ހިތާމަވެރި ހާދިސާތައް ހިނގަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އުތުރު ޕަންޖާބް ސްޓޭޓްގައި ހަތަރު ދުވަސް ވަންދެން ހިންގި އޮޕަރޭޝަނަކަށް ފަހު އުމުރުން ދެ އަހަރުގެ ކުއްޖަކު ވަޅުން ނެގި އިރު އޮތީ މަރުވެފަ އެވެ.

ހަމަ އެ އަހަރު ހަރްޔާނާ ސްޓޭޓުގައި ދޮޅު އަހަރުގެ ކުއްޖަކު ދެ ދުވަސް ވަޅެއްގައި ތާށިވެފައި ހުއްޓައި ކާމިޔާބުކަމާ އެކު ސަލާމަތް ކުރި އެވެ. -- އޭއެފްޕީ --

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox