ނޫސްވެރިންގެ ޖަމިއްޔާގެ ރައީސް ހޮވުމުގެ އިންތިހާބު މި މަހު 18 ގައި

 ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: ނޫސްވެރިންގެ ޖަމިއްޔާގެ ރައީސް އިންތިހާބު ކުރުން މި މަހު - ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: ނޫސްވެރިންގެ ޖަމިއްޔާގެ ރައީސް އިންތިހާބު ކުރުން މި މަހު - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް ހޮވުމަށް ބާއްވާ އެ ޖަމިއްޔާ އަހަރީ އާންމު ޖަލްސާ މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

އެމްޖޭއޭއިން ބުނި ގޮތުގައި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އެ ދުވަހުގެ ހަވީރު 3:45 ގައި ސްޓެލްކޯގެ ސެމިނާ ހޯލުގަ އެވެ. ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އެ ޖަލްސާގައި ހުޅުވާލުމަށްފަހު, އާންމު މެންބަރުންގެ ވޯޓެއް ނަގާނެ އެވެ.

އެ ޖަލްސާގައި އެ ޖަމިއްޔާގެ ރައީސް އިންތިހާބު ކުރުމަށް ނިންމީ، އެ މަގާމު މިހާރު ހުހަށް އޮތުމުންނެވެ. މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި "ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު މުހައްމަދު ހަމްދޫން އިސްތިއުފާ ދެއްވުމާއެކު އެވެ.

ޖަމިއްޔާގެ ރައީސްގެ މަގާމަށް ނޫސްވެރިޔަކު އިންތިހާބު ކުރުމުގެ އިތުރަށް ޖަމިއްޔާގެ ހިންގާ ގަވާއިދަށް ގެނައުމަށް ހިންގާ ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކަށް ވޯޓަށް އެހުން ވެސް އެ ޖަލްސާގައި އޮންނާނެ އެވެ.

ހިންގާ ކޮމިޓީން ގަވާއިދަށް ގެނައި މައިގަނޑު ބަދަލަކަށް އޮތީ ވެސް އެ ކޮމިޓީގެ އެކުލެވުމެވެ. އެގޮތުން އަންހެން ދެ މެންބަރަކު ކޮމިޓީއަށް އިންތިހާބު ކުރާނެ އެވެ. އަދި ކުރިން ކޮމިޓީގައި ތިބޭ ޖަމިއްޔާގެ ފައުންޑަރުން ވަނީ އެކުލެވުމުން އުނިކޮށްފަ އެވެ.

ކޮމިޓީން ފާސްކުރި އެކުލެވުމުގައިވާ ގޮތުން ހިންގާ ކޮމިޓީގައި ތިބޭނީ ހަތް މެންބަރުންނެވެ. އެއީ ރައީސްއާއި، ނައިބު ރައީސްއާއި، ސެކްރެޓަރީ ޖެނެރަލްއާއި، ބަޖެޓް ސެކްރެޓަރީއާއި، އާންމު މެންބަރުންގެ ތެރެއިން މެންބަރަކާއި، އާންމު މެންބަރުންގެ ތެރެއިން އަންހެން ދެ މެންބަރެކެވެ.

ހިންގާ ގަވާއިދަށް އިސްލާހު ގެންނަން އެޖެންޑާ ކޮށްފައި އޮތުމުން، އަހަރީ އާންމު ޖަލްސާ ބޭއްވޭނީ ޖަމިއްޔާގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި ބައިވެރިވެގެނެވެ. އެހެންވެ ވީހާ ވެސް ގިނަ މެންބަރުން ބައިވެރިވާން އެމްޖޭއޭއިން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox