އެމްއެމްސީގެ ރައީސްކަމުން ސަހުބާން އެންމެ ފަހުން އިސްތިއުފާ ދެއްވައިފި

އެމްއެމްސީގެ މެމްބަރުން-- ފޮޓޯ: އެމްއެމްސީ

އެމްއެމްސީގެ މެމްބަރުން-- ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމުން ސަހުބާން ފަހުމީ ވަކިކުރަން އެ ކައުންސިލްގެ ބައެއް މެމްބަރުން ދެފަހަރެއްގެ މަތިން ކުރިން މަސައްކަތް ނާކާމިޔާބުވި ނަމަވެސް އޭނާ އެންމެ ފަހުން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޝަހުބާން އާއި އޭނާގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏަކަށް މަނީ ލޯންޑަގެ ތުހުމަތު ކުރެވިގެން ޝަހުބާން ފުލުހަށް ހާޒިރު ކުރި މައްސަލާގައި އެމްއެމްސީގެ މެންބަރުން ނެރުނު ގަރާރުގައި ބުނީ އެއީ ގިނަ ނޫސްވެރިންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

ސަހުބާން ވަނީ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާދެއްވިކަން "އަދަދު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އޭނާއަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން އަމިއްލަ ނަފްސާއާއި އާއިލާގެ ރައްކާތެރި ކަމަށް ކަމަށެވެ.

"އަޅުގަނޑުގެ ރިޔާސަތަށް ދަހިވެރިތިވެފައި ތިބި ބަޔަކު ކުރި މަސައްކަތުގެ ތެރެއިން އަޅުގަނޑުގެ އަމިއްލަ ނަފްސުގެ ރައްކާތެރިކަން މިއަދު ގެއްލިފައިވާ ކަމަށް ގަބޫލުކުރެވޭތީ އަޅުގަނޑު އިސްތިއުފާ ދިނީ،" ސަހުބާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުވެސް އޭނާ އެ މަގާމުން ވަކި ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.

އެ މަގާމުގައި ހުންނަވައިފި ނަމަ، ކައުންސިލްގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ނުގެންދެވި ކައުންސިލްގެ މަސައްކަތް ހުއްޓިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ވެސް ނުބޭއްވިދާނެކަމުގެ ބިރު ހީވެފައިވާތީ އިސްތިއުފާ ދެއްވީ ކަމަށް ވެސް ސަހުބާން ވިދާޅުވި އެވެ.

މީހުން ފަލީހަތް ކުރުމަކީ މިއަދު ރާއްޖޭގައި ވަރަށް ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް ކުށެއްގެ ތުހުމަތުވާހާ މީހަކު މަގާމުން އިސްތިއުފާ ދިނުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިފަދަ އެތައް ސަބަބުތަކަކަށްޓަކައި ދިވެހި ނޫސްވެރިންނަށާއި މީޑިއާ ކައުންސިލަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އޭނާ އިސްތިއުފާ ދެއްވުން ކަމަށް ގަބޫލުކުރައްވާތީ އިސްތިއުދާ ދެއްވީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަހުބާނަށް ކުރެވޭ ތުހުމަތު

ސަހުބާނާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަލްހާން ފަހުމީ ވަނީ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކިޔާ ކުންފުންޏެއް މެދުވެރިކޮށް އާއްމުންގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ކުރިޔަށް ގެންގޮސްފަ އެވެ.

މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު، އެމްއެމްއޭ އިން ނުސީދާކޮށް ކިންގްސް ފޮރެކްސްއާ ދެކޮޅަށް ބަޔާން ނެރެ، ބީއެމްއެލްގައި ހުޅުވާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އެކައުންޓްތައް ފްރީޒް ކުރީ، ކުޑަ މުއްދަތެއްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައިގެން ބޮޑު ފްރޯޑެއް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ސަހުބާނާއި އަލްހާނު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox