އާޖެންޓީނާގެ ތަރި ޓެވޭޒް ކުޅުން ހުއްޓާލައިފި

Jun 5, 2022, 6:40 AM
އާޖެންޓީނާގެ ތަރި ޓެވޭޒް ކުޅުން ހުއްޓާލައިފި

ބީނޯޒް އެރީޒް (ޖޫން 5) - ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގައި ވިދާލި އާޖެންޓީނާގެ ތަޖުރިބާކާރު ފޯވަޑް ކާލޮސް ޓެެވޭޒް ކުޅުން ހުއްޓާލައިފި އެވެ.

ޓެވޭޒް ކުޅުން ހުއްޓާލިއިރު، ފާއިތުވި އަހަރެއްހާ ދުވަހު އޭނާ ހުރީ ކްލަބެއް ނެތިފަ އެވެ. އެންމެ ފަހުން ޓެވޭޒް ،38، ކުޅުނީ އާޖެންޓީނާގެ ބޮކާ ޖުނިއާސް އަށެވެ.

"އަހަރެން ކުޅުން ހުއްޓާލަން ނިންމައިފިން. އެއީ މިހާރު ޔަގީންކަމެއް،" އާޖެންޓީނާގެ އެމެރިކާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ޓެވޭޒް ބުންޏެވެ. "ކުޅުންތެރިއެއްގެ ގޮތުގައި އަހަރެން ހުރިހާ އެއްޗެއް ދިނިން. އެއީ ލިބޭ ހިތްހަމަޖެހުމަކީ."

ޓެވޭޒް ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ދެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. ގައުމީ ޓީމަށް ޖުމްލަ 76 މެޗު ކުޅުނު ޓެވޭޒް އަކީ 2004 ވަނަ އަހަރު އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ހޯދި އާޖެންޓީނާ ޓީމުގެ ކުޅުންތެރިއެކެވެ.

ޓެވޭޒް ކެރިއަރު ފަށައި، އަދި ކެރިއަރު ނިންމާލީ ވެސް ބޮކާ ޖޫނިއާސް އަށް ކުޅުމަށް ފަހު އެވެ. ބޮކާ ޖޫނިއާސްއާ އެކު އޭނާ ވަނީ 2003 ވަނަ އަހަރު ކޮޕާ ލިބެޓަޑޯރަސް ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ފަހުން އިންގްލެންޑާއި އިޓަލީގައި ވެސް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ފުޓްބޯޅަ ކެރިއަރު ޔޫރަޕަށް ބަދަލުކޮށް ޓެވޭޒްގެ އެންމެ ފުރަތަމަ މަންޒިލަކީ 2006 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމްގަ އެވެ. އޭގެ އަހަރެއް ފަހުން އޭނާ މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވި އެވެ. ޔުނައިޓަޑާ އެކު އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އަދި 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.

ބޮކަ ޖޫނިއާސް މެޗެއްގެ ތެރެއިން ޓެވޭޒް.--- ފޮޓޯ: އޭއެފްޕީ

އޭގެ ފަހުން މެންޗެސްޓާ ސިޓީ އަަށް ބަދަލުވެ، އެ ކްލަބާ އެކު ވެސް ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. އަދި އިޓަލީ ޔުވެންޓަސްއާ އެކު، އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކުރި އެވެ.

ޓެވޭޒް ބުނީ އޭނާ ކުޅުން ހުއްޓާލަން ނިންމި އެންމެ ބޮޑު ސަބަބަކީ، އޭނާގެ ބައްޕަ ސެގުންޑޯ ޓެވޭޒް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަރުވުމުން ލިބުނު ހިތާމައާ ގުޅިގެން ކަމަށެވެ. އުފަން ދަރިއަކަށް ނުވިޔަސް، ޓެވޭޒް އުމުރުން ވަރަށް ހަގު އިރުން ފެށިގެން، އޭނާ ބަލައި ބޮޑުކުރީ އޭނާގެ މަންމަގެ ދައްތަ އާއި އޭނަގެ ފިރިމީހާ ކަމަށްވާ ސެގުންޑޯ އެވެ.

މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސެގުންޑޯ މަރުވީ ކޮޑިވް ޖެހިގެނެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން، އާއިލީ ސަބަބުތަކާ ގުޅިގެން ޓެވޭޒް ވަނީ ބޮކާ ޖޫނިއާސް އިން ވަކިވެފަ އެވެ.

"އަހަރެން ކުޅުން ހުއްޓާލަން ނިންމި އެންމެ ބޮޑު ސަބަބަކީ އަހަރެންގެ އެންމެ ބޮޑު ސަޕޯޓަރު ކަމަށްވާ އަހަރެންގެ ބައްޕަ ވަކިވެގެންދިއުން. އެހިސާބުން، ފުޓްބޯޅަ ކުޅުމުގެ ރޫހު ގެއްލިއްޖެ. އަހަރެން ކުޅޭތަން ބަލަން (ބައްޕަ) އަންނަން ފެށީ އަހަރެންގެ އުމުރުން އެންމެ އަށް އަހަރުގައި،" ޓެވޭޒް ބުންޏެވެ.

ޗައިނާ ސުޕަ ލީގުގައި މިހާތަނަށް އެއް އަހަރު ތެރޭ ކްލަބަކަށް ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ހޯދީ ޓެވޭޒް އެވެ. އެ ގޮތުން 2016 އިން 2018 އަށް ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ޓެވޭޒް ކުޅުނީ އަހަރަކު މުސާރައިގެ ގޮތުގައި 40 މިލިއަން ޑޮލަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox