ތިން ބާވަތަށް ކުނިވަކިކުރުން – ދީނީ ނަޒަރެއް

ތިން ބާވަތަށް ކުނި ވަކިކޮށް ޖަމްބޯ ބޭގަށް އަޅާފައި - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ތިން ބާވަތަށް ކުނި ވަކިކޮށް ޖަމްބޯ ބޭގަށް އަޅާފައި - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުކާލެވޭ އެކި ބާވަތުގެ ކުންޏަކީ، ތިމާގެ ވަށައިގެން އޮތް މާހައުލަށް އެންމެ ގެއްލުންލިބޭ ވަސީލަތްކަމާމެދަކު ދެބަހެއް ނެތެވެ. ކުނީގެ ސަބަބުން ގައުމުތަކަށް ދިމާވަމުން އައި ބޮޑެތި ނުރައްކާތެރިކަން ހައްލުކުރުމަށް އެކި ބާވަތުން ތަފާތު މަޝްރޫއުތައް ހިންގި، ބައެއް ކަންކަން ވަރަށް ބޮޑެތި ކާމިޔާބީގެ ގޮތުގައި ފާހަގަކުރެވެމުން ދެ އެވެ. ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނޭ ގޮތަކަށް ބަދަލުކުރުމުގެ މަސައްކަތް، ނުވަތަ ރިސައިކަލް ކުރުމުގެ ގޮތްތަކަކީ މިޒަމާނުގައި އެކި ގައުމުތަކުގައި ކާމިޔާބުކަމާއެކު އެކި ސިފައިގައި ކުރަމުން އަންނަ ކަމެކެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ކުނިމެނޭޖްކުރުމާބެހޭ ގަވާއިދަށް ގެނެވުނު ފަސް ވަނަ އިސްލާހު ލާޒިމުކުރަނީ ގޭބިސީ ތަކުގައި އުފެދޭ ކުނި އުކާލަން ހަވާލުކުރުމުގެ ކުރިން، ތިން ބާވަތަކަށް ކުނި ވަކިކުރުމަށެވެ. އެކަމާ ގުޅިގެން ފާޅުކުރާ ކަންބޮޑުވުންތަކާއި، ޖަހާ ޖޯކުތަކާއި ކުރަހާ ކާޓޫނުތަކަކީ ބައެއް މީހުންނަށް މި ހަފްތާގެ މުނިފޫހިފިލުވުމުގެ އައިޓަމެވެ. ބައެއް މީހުންގެ ހުރީ ސީރިއަސް ކަންބޮޑުވުންތަކެކެވެ. ކޮންމެޔަކަސް، ނިމެމުން މިދާ ހަފުތާގެ ހޫނު މައުޟޫއުއަކީ އެއީ އެވެ. އެމައުޟޫގައި ޝަރުއީގޮތުން ގަލަން ހިންގާލުމަކީ އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމަކަށް ވީ އެހެންވެގެންނެވެ. މިއީ އެއްގޮތަކަށްވެސް ކުނިމެނޭޖްކުރުމާ ބެހޭ ފަންނީ ދިރާސާއެއް ނޫނެވެ. އެ މައުޟޫގައި ވެސް، މިފަދަ ހުކުރު ދުވަހެއްގައި ދީނީ ފިކުރު ތާޒާކޮށްލުމަށް ބޭނުންވާނެ މިންވަރެއް ބަޔާންކޮށްލުމީ އަޅުގަނޑުގެ މި ލިޔުމުގެ މަގުސަދެވެ.

ސައްހަ މަގުން ރިވާވެފައި ވެ އެވެ. މާތް ނަބިއްޔާ ހިންގަވާފައި ވަޑައިގަންނަވަނިކޮށް މަރުވެފައިވާ ބަކައްޓެއް މަގުމައްޗަށް އެއްލާލެވިފައިވަނިކޮށް ފެނިވަޑައިގަތެވެ. އެހިނދު ހަދީސް ކުރެއްވި އެވެ. މިއީ ކާކުގެ އެއްޗެއް ހެއްޔެވެ؟ ދެންނެވުނެވެ. ތިޔައީ މައިމޫނާގެ އެއްޗެކެވެ. ދެން ހަދީސް ކުރެއްވި އެވެ. އެކަމަނާ އޭގެ ހަންގަނޑު ބޭނުން ނުކުރައްވަނީ ކީއްވެ ހެއްޔެވެ؟ އެބަޔަކު ދެންނެވި އެވެ. އެއީ މުޅަ އެއްޗެކެވެ. ހަދީސްކުރެއްވި އެވެ. މާތް ﷲ ހަރާންކުރެއްވީ މުޅަތަކެތި ކެއުމެވެ. (އެތަކެތިން ބޭނުން ހިފޭ ބައިބައި ބޭނުންކުރުން ނަހީވެގެން ނުވެ އެވެ.)

މި ހަދީސް އެތައް މަގަކުން އެތައް ގޮތަކަށް ރިވާވެގެން ވެ އެވެ. ބައެއް ރިވާޔަތުގައި އޭގެ ހަންގަނޑު ސާފުކޮށްގެން ތިޔަބައިމީހުން އެއިން ފައިދާ ލިބިނުގަންނަނީ ކީއްވެތޯ މާތް ނަބިއްޔާ ސުވާލުކުރެއްވިކަމަށް ވާރިދުވެފައި ވެ އެވެ. ކޮންމެއަކަސް މިހަދީސްފުޅުން އައި އިރުޝާދު ސާފެވެ. މިއީ ރިސައިކަލްކުރުމުގެ އިލްމު ހުރި ދިމަދިމާގައި ކުނިމެނޭޖްކޮށް އެއިން ފައިދާ ލިބިގަތުމަށް އޮތް ސާފު ނަބަވީ އިރުޝާދެކެވެ.

ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެ އެވެ. ހިނގުން ހުއްޓިފައިވާ ފެންގަނޑަށް ކުޑަކަމުދިއުން މާތް ނަބިއްޔާ ނަހީކުރެއްވި އެވެ. މި ހަދީސް އެކި އިބާރާތުން ތަފާތު ގޮތްގޮތަށް ރިވާވެފައި ވެ އެވެ. އެކަން މަނާކުރެއްވުމުގެ ހިކުމަތްތަކާބެހޭގޮތުން އިލްމުވެރިން ވިދާޅުވެފައިވަނީ، އެއީ އެފެންގަނޑަށް އެގޮތަށް ކުޑަކަމުދިއުމުގެ ސަބަބުން އުފެދިގެން ހިނގައިދާނެ ބަލިމަޑުކަމާއި އެހެނިހެން ގެއްލުންތަކުން އިންސާނުން ސަލާމަތްކުރުމެވެ. ހުއްޓިފައިވިޔަސް އޮތް ފެންގަނޑެއް އިތުރަށް ނަޖިސްކޮށް މުޑުދާރު ނުކުރުމެވެ. މި ހަދީސަކީ ހަމައެކަނި ހުއްޓިފައިވާ ފެންގަނޑަށް ކުޑަކަމުދިއުމުގެ ހުކުމް ދެނެގަންނަން އޮތް ބަސްފުޅަކަށްވުރެ މާނަފުން އިރުޝާދުތަކެކެވެ. ހުއްޓިފައިވާ ފެންގަނޑަކީ ގިނަ ފަހަރަށް މާ ތާހިރު އެއްޗަކަށް ނުވާނެ އެވެ. އެކަމަކު ވެސް އެފެންގަނޑަށް ކުޑަކަމުދިއުން މަނާކުރެވުމުން ދޭހަވާ އެއް ކަމަކީ، ކުނި ކޮންމެ އެއްޗެއް އިތުރަށް ނަޖިސްކުރުމަކީ އަދި އޮތް ކަމެއް ނޫންކަމެވެ. ނުވަތަ ކުނީގެ ކޮންމެ ބާވަތެއް އެއްކޮށްލުމަކީ އޮތް ކަމެއް ނޫންކަމެވެ. އަދި އެކަމުން ނުކުންނާނެ ނުރަނގަޅު ނަތީޖާތައް ހުއްޓުވުމަށް މި ހަދީސުން އިރުޝާދު ލިބެ އެވެ. އާދޭހެވެ. ހުއްޓިފައިވާ ކޮންމެ ފެންގަނޑަކީ ފެން ބޯން ކަމުދާ ފެންގަނޑަކަށް ނުވެދާނެ އެވެ. އެކަމަކު އެހެން ކިތަންމެ ބޭނުމެއް އެފެންގަނޑުން ކުރުމަށް އެދޭ މީހާ، އޭގެ ކުރިން އެފެންގަނޑު ކައިރިއަށް އައި މީހުން އެފެންގަނޑަށް ކުޑަކަމު ގޮސްފައި އޮތުމަކަށް ހަމަ ގައިމު ނުއެދޭނެ އެވެ. އެފަދަ ކަމަކުން ބަލިމަޑުކަމަކަށް މެނުވީ ވާގިވެރިއެއް ނުވެވޭނެ އެވެ.

އެހެން ހަދީސެއްގައި މާތް ނަބިއްޔާ އިރުޝާދުދެއްވަނީ، ލައުނަތްހުރި ތިން ކަންތަކުން ދުރުވެގަތުމަށެވެ. އެހިނދު މާތް ނަބިއްޔާއަށް ދެންނެވުނީ އެއީ ކޮން ކަންތައްތަކެއްތޯ އެވެ؟ ހަދީސްކުރައްވާފައިވަނީ މީސްތަކުން ފެން ހޯދާން ދާ ދިމަދިމާއަށާއި، ހިނގާބިނގާވާ ތަންތަނަށާއި ހިޔާލިބިގަންނަ ތަންތަނަށް ބޮޑުކަމު ނުދިއުމަށެވެ.

މިޒަމާނުގައި މީސްތަކުން ހިޔާލިބިގަންނަން ދާ ޕާކްތަކާއި ފެން ހޯދާން ދާ ދިމަދިމާއާއި ހިނގާބިނގާވެ އުޅޭ މަގުތަކުގައި ހާއްސަ ފާހާނާ ބަރިތައް ބެހެއްޓިފައި ހުންނަކަން އެނގެ އެވެ. މިބީދައިން އެޒަމާނުގައިވެސް އެފަދަ ތަނެއްގެ ކައިރީ އެފަދަ ކަމަކަށް ހާއްސަކުރެވިފައިވާ ތަނެއްގައި ތާހިރުވުމަށް ކަމެއް ކުރުމަކީ މިހަދީސުން މަނާކޮށްފައިވާ ކަމެއް ނޫނެވެ. މިފަދަ ހަދީސްތަކުން ވަރަށް ސާފުކޮށް އިރުޝާދު ލިބެނީ ކުންޏަކީ ކޮންމެ ކޮންމެ ތާކަށް އަޅައިގެން ވާނެ އެއްޗެއް ނޫންކަމެވެ. އަދި ކުނި ނައްތާލުމަށް މަސައްކަތްކުރުމުގައި ވީވަރަކުން ތިމާގެ ފުށުން އަނެކާއަށް ލިބިދާނެ އުނދަގުލާމެދު ތިމާ ސަމާލުވެހުރުމަށް އިސްލާމްދީން އިރުޝާދުދީފައިވާ މިންވަރުގެ ބޮޑުކަމެވެ.

އަލްބަޤަރާ ސޫރަތުގެ 222 ވަނަ އާޔަތުގެ ނިމުމުގައިވާ ޖުމުލައަށް ތަންކޮޅެއް ފުން ނަޒަރެއް ދެމާތޯ އެވެ. "...ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންނާއި ސާފުތާހިރުވެގަންނަ މީހުންދެކެ މާތް ﷲ ލޯބިވެވޮޑިގެން ވެ އެވެ." ތައުބާވުމާއި ސާފުތާހިރުވުމާ ގުޅުވާފައި އޮތީ، ތައުބާވުމަކީ ނަފުސުތައް ތާހިރުވުމުގެ މާނައިގައި އޮތްކަމަކަށްވާތީ އެކަންޏެއް ނޫނެވެ. ތައުބާވުމަކީ އޭގެ ޒާތުގައި ސަވާބުލިބޭ ކަމެކެވެ. އާދޭހެވެ. ރިސައިކަލްކުރުމުގެ މާނަ އެކުލެވިފައިވާ ގޮތުންކުރެވޭ ހެޔޮ އަމަލެކެވެ. ސާފުތާހިރުކަމާއި އެގޮތުން ވެސް ގުޅެ އެވެ.

މާތް ﷲ ލޯބިވެވޮޑިގެންވާ ކަމެއްގައި މުއުމިނުން ތިބޭންވީ ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ.

ރިސައިކަލް ކުރުމުގެ މާނަ އެކުލެވިފައިވާ ތައުބާގެ ނަމުން ނަންދެވުނު ސޫރަތުގެ 71 ވަނަ އާޔަތެވެ. މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުންނަކީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެމީހުން ހެޔޮކަންތަކަށް އަމުރު ކުރެ އެވެ. އަދި އެމީހުން ނުބައިކަންތައް މަނާ ކުރެ އެވެ. އަދި އެމީހުން ނަމާދު ގާއިމުކޮށް، ޒަކާތްދީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ވެ އެވެ. އެމީހުންނަށް ﷲ ރަހުމަތް ލައްވާނެ އެވެ. ހަމަކަށަވަރުން، ﷲ އީ އަޒީޒްވަންތައް ހަކީމްވަންތަ ރަސްކަލާނގެ އެވެ."

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތަށް ކުނި ވަކިކޮށްލުމަކީ ބޮޑު މަސައްކަތެއް ނޫނެވެ. ބޮޑު ހަރަދެއް ހިނގާ ކަމެއްވެސް ނޫނެވެ. އަޅުގަނޑުމެން ކުރާންވީ ކަމަކީ ކަމުގެ ސީރިއަސްކަން، ފަންނީ އަދި ދީނީ ނަޒަރުންވެސް ވިސްނުމެވެ. ފަންނީ ބޭބޭފުޅުންގެ ރައުޔަށް ބަލާއިރު، މިކަމުގައި ހުރި މާއްދީ އަދި އިޖުތިމާއީ ފައިދާތައް ގިނަގުނަ އެވެ. ދީނީ ވިސްނުމަކުން ބަލާއިރު، މަތީގައި ބަޔާންކުރެވިފައި އެއޮތީ ދީން ބުނެދޭ މަގެވެ. އެހެންވީމާ، ގަވާއިދުގައިވާ ގޮތުގެ މަތީން އަމަލުކޮށް، މުޖުތަމައުގެ ހެވަށްޓަކައި އަލަށް މި އެޅޭ ފިޔަވަޅުގައި އިސްތިސްނާއެއް ނެތި ހުރިހާ ބޭފުޅުންމެ ބައިވެރިވުމަކީ އަޅުގަނޑުގެ ނަސޭހަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox