ހުލާސާކޮށް މަޖިލިސް: މިނިސްޓަރު އަސްލަމަށް ގޯސްވީ ރިޕޯޓްކުރި ގޮތް!

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ މެމްބަރުން ސުވާލުކުރެއްވި އެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ސުވާލަށް ޖަވާބު ދެއްވި މިނިސްޓަރަކަށް މިހާރު ވެވަޑައިގެންފައިވާ އަަސްލަމާ މިދިޔަ ހަފްތާގައި ވެސް މެމްބަރުންގެ ސުވާލުތައް އަމާޒުކުރި އެވެ.

މީގެ ކުރިން ސުވާލުކުރި ފަހަރުތައް ފަދައިން މިއަދު ވެސް ބައެއް މެމްބަރުންގެ ނުރުހުމާއި އުނދަގޫ ސުވާލުތައް އަސްލަމާ ކުރިމަތިވެވަޑައިގެންނެވި އެވެ. އެއާ އެކު މިނިސްޓަރު ވެސް މިއަދު ވާހަކަތައް ބައްޓަން ކުރެއްވީ ވަރަށް ބޮޑަށް ދިފާއުއަށް އަމާޒުކުރައްވައިގެންނެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު މަޖިލީހުގައި ބޭއްވި ޖަލްސާގައި މެމްބަރެއްގެ ސުވާލަށް އަސްލަމް ދެއްވި ޖަވާބަކާ ގުޅިގެން މީހުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައި ވާއިރު އޭނާ މިއަދު ވިދާޅުވީ އެ ދުވަހު ދެއްކެވި ވާހަކަ މީޑިއާގައި "އެކި ގޮތް ގޮތަށް" ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ވާހަަކަ އެކި ގޮތްގޮތަށް ޓިކް ޓޮކްގައި އުޅޭކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތިން ހަތަރު އާޓިކަލް އަޅުގަނޑު ވެސް ކިޔައިފިން، ދެން އެހެން ނަމަވެސް އެހެން އަދި މީޑިއާގައި އާޓިކަލެއްގައި އޮންނަ އެއްޗަކަށް ރެސްޕޮންޑްކުރުމަކީ އަޅުގަނޑު ކޮށްއުޅޭ ކަމަކަށް ނުވާތީ އެކަމެއް އަޅުގަނޑު ނުކުރަން،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 26 މެމްބަރުން (ފެށި އިރު)
  • ވީގޮތެއް ނޭނގޭ: 61 މެމްބަރުން

މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައާ ގުޅިގެން އަމާޒުވި ފާޑުކިއުންތަކާ މެދު އޭނާ ނުރުހުން ފާޅުކުރެއްވި އިރު މިއަދުގެ ޖަލްސާގައި އޭނާގެ ދިފާއުގައި މަޖިލީހުގެ ރިޔާސަތުން، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ.

ދުވަހުގެ ފޮޓޯ

ދުވަހުގެ ކޯޓޭޝަން

މިއީ އަޅުގަނޑުމެން ވިސްނުންތެރިކަމާ އެކީގައި ތިބެންވީ ވަގުތެއް. އަޅުގަނޑު ދެކޭ ގޮތުގައި ޕްރޮޖެކްޓްތައް މަޑުޖައްސައިލުމަކީ ބޭނުންތެރި ކަމެއް--ރައީސް މުހައްމަދު ނަޝީދު

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދަވަން މިނިސްޓަރު އަސްލަމް މަސައްކަތްކުރައްވާ ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.

އަސްލަމާ މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅުވައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ގޮތުން ހިންގާ މަޝްރޫއުތައް މިވަގުތު މަޑުޖައްސައިލަން ޖެހޭ ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ މާލީ ހާލަތާއި ދުނިޔޭގެ ކަންކަމަަށް ބަދަލުތަކާ ހެދި އެވެ.

"މިއީ އަޅުގަނޑުމެން ވިސްނުންތެރިކަމާ އެކީގައި ތިބެންވީ ވަގުތެއް. އަޅުގަނޑު ދެކޭ ގޮތުގައި ޕްރޮޖެކްޓްތައް މަޑުޖައްސައިލުމަކީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕްރޮޖެކްޓްތައް މަޑުޖައްސައިލާ ވާހަކަ ދައްކަން ދައްކަން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރަށް ވެސް ދަތިވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެ ވާހަކަ އެމަނިކުފާނު ވިދާޅުވާން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މީކީއެއް ބާރަށް، ކޮންކްރީޓްގެ ޕްރޮޖެކްޓްތައް ހިންގާވީ ވަގުތު ކަމަކަށެއް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

ދުނިޔޭގެ އިގުތިސާދަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ ތެލުގެ އަގު އުފުލެމުން ދިއުމެވެ. އިގުތިސޯދީ މައްސަލަތަކުގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ އަވަށްޓެރި ސްރީލަންކާއަށް މެދުވެރިވެފައިވާ މައްސަލަތަކެވެ.

އަސްލަމާ ސުވާލުކުރުމުގެ އިތުރުން މިއަދުގެ ޖަލްސާގައި އޮތީ ސަރުކާރުން ހުށަހަޅާފައިވާ، ކުނި މެނޭޖްކުރުމުގެ ބިލުގެ ބަހުސްކުރުމާއި ދަނގެތި ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމު ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބަހުސެވެ. އެ ދެ ބަހުސްގައި ވެސް ބައިވެރިވެވަޑައިގެންނެވީ މަދު މެމްބަރުން ތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox