ޝަހުބާންގެ އިސްތިއުފާއަށް ގޮވާލައި ނުވަ މެންބަރަކު ގަރާރެއް ނެރެފި

މީޑިއާ ކައުންސިލްގެ ބައެއް މެންބަރުން މަޖިލީހުގެ ކޮމިޓީގައި: ޝަހުބާންގެ އިސްތިއުފާއަށް ގޮވާލައި ނުވަ މެންބަރަކު ގަރާރެއް ނެރުނު - ފޮޓޯ: ހުސައިން ޝަޔާހް

މީޑިއާ ކައުންސިލްގެ ބައެއް މެންބަރުން މަޖިލީހުގެ ކޮމިޓީގައި: ޝަހުބާންގެ އިސްތިއުފާއަށް ގޮވާލައި ނުވަ މެންބަރަކު ގަރާރެއް ނެރުނު - ފޮޓޯ: ހުސައިން ޝަޔާހް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި އެ ކައުންސިލްގެ ނުވަ މެންބަރުންގެ ސޮޔާއެކު މިއަދު ގަރާރެއް ނެރެފި އެވެ.

ޝަހުބާން އާއި އޭނާގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏަކަށް މަނީ ލޯންޑަގެ ތުހުމަތު ކުރެވިގެން ޝަހުބާން ފުލުހަށް ހާޒިރު ކުރި މައްސަލާގައި އެމްއެމްސީގެ މެންބަރުން ނެރުނު ގަރާރުގައި ވަނީ އެއީ ގިނަ ނޫސްވެރިންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

ދިވެހި މީޑިއާތަކުގެ ބެލެނިވެރި މުއައްސަސާގެ އިސް ފަރާތަކަށް މިފަދަ ބޮޑު ތުހުމަތެއް ކުރެވުމުން މަގާމުން އިސްތިއުފާ ދޭން ކައުންސިލްގެ މެންބަރުން މީގެ ކުރިން އޭނާއަށް މުހުލަތެއް ދިން ކަމަށާއި އެ މުހުލަތު ވެސް މިހާރު ހަމަވެފައިވާ ކަމަށް އެ ގަރާރުގައިވެ އެވެ.

ފަނަރަ މެންބަރުން ތިބޭ އެ ކައުންސިލްގެ އަޣުލަބިއްޔަތު މެންބަރުން ޝަހުބާން މަގާމުން އިސްތިއުފާ ދޭން ގޮވާލި ނަމަވެސް, ކައުންސިލްގެ ގާނޫނުގައި އޮންނަ ގޮތުން މެންބަރަކު ވަކި ކުރެވެނީ މަދުވެގެން 10 މެންބަރުންގެ ތާއިދު އޮވެގެންނެވެ.

ބައެއް ގާނޫނީ ބޭފުޅުންގެ ނަޒަރުގައި ޝަހުބާންގެ މަގާމު މިހާރު ވެސް ވަނީ ހުސްވެފަ އެވެ. އެއީ ގާނޫނުގައި ބަޔާން ކުރާ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި މުޖުތަމައުގެ އަހްލާގީ އާންމު މިންގަނޑުގައި އުޅުން ހިމެނޭތީ, އެ ޝަރުތު އޭނާގެ ކިބައިން އުނިވެފައިވާތީ އެވެ.

ނަމަވެސް މެންބަރު ކަމުގެ ޝަރުތެއް ގެއްލިއްޖެނަމަ ދެން އަމަލު ކުރާނެ ގޮތެއް އެ ގާނޫނުގައި ނެތެވެ. އަދި ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ގެންދެވޭނެ އުސޫލުތަކެއް ވެސް ގާނޫނުގައި ލިޔެފައެއް ނެތެވެ.

ގާނޫނުގައި ހުރި ބާގަނޑުތަކާ ގުޅޭ ގޮތުން ކައުންސިލްގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ އެކު ވެސް މަޝްވަރާ ކޮށްފަ އެވެ. އެ ކޮމިޓީން އެދުނީ އެޓާނީ ޖެނެރަލް އޮފީހުގެ ގާނޫނީ ލަފައެއް އެ ކަމުގައި ހޯދުމަށެވެ.

ގާނޫނުގައި އޮންނަ ގޮތުގެ މަތިން ޝަހުބާން މެންބަރު ކަމުން ވަކިކުރަން މީގެ ކުރިން ކައުންސިލްގައި ވޯޓަށް ވެސް އަހާފައިވެ އެވެ. ނަމަވެސް އެ ވޯޓުގައި ޝަހުބާން ވަކިކުރަން ލިބުނީ އަށް ވޯޓެވެ. އޭނާ ވަކި ނުކުރަން ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ.

މި މައްސަލާގައި ޝަހުބާން ވިދާޅުވަނީ އެފަދަ ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި އޭނާއަކީ އެ ކުންފުނީގެ "ސްލީޕިން ޕާޓްނާ" އެއް ކަމުން ކުންފުނީގެ އެއްވެސް ކަމެއްގައި އަމަލީ ގޮތުން ބައިވެރި ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އިސްތިއުފާ ދެއްވާނީ ދައުވާއެއް އުފުލައިފިނަމަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox