މޫސުމީ ބަދަލާ ގުޅިގެން ވަނުއަޓޫގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ވިހިވިހި ވަނަ އަހަރު ވަނުއަޓޫއަށް އެރި ތޫފާނެއްގައި ބޮޑެތި ގެއްލުންތައް ލިބުނު. -- ފޮޓޯ: އޭއެފްޕީ

ވިހިވިހި ވަނަ އަހަރު ވަނުއަޓޫއަށް އެރި ތޫފާނެއްގައި ބޮޑެތި ގެއްލުންތައް ލިބުނު. -- ފޮޓޯ: އޭއެފްޕީ

ސިޑްނީ، އޮސްޓްރޭލިއާ (މޭ 28) - މޫސުމީ ބަދަލާ ގުޅިގެން ވަނުއަޓޫއަށް ކުރާ އަސަރުތަކުން ރައްކާތެރިވުމަށް 1.2 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ކަނޑައަޅައި، މޫސުމީ ބަދަލާ ގުޅޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ވަނުއަޓޫ އަކީ ޕެސިފިކް ކަނޑުގައި އޮންނަ ކުޑަ، ޖަޒީރާ ގައުމެކެވެ. ރާއްޖެއާ އެއް ގޮތަށް، ވަނުއަޓޫއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމެވެ.

ހުކުރު ދުވަހު ޕާލިމެންޓުގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ބޮބް ލޯމޭން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ އަސަރުތައް ވަރުގަދަވުމުން ޕެސިފިކް ސަރަހައްދަށް މިހާރު ވެސް ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރިމަތިވި ދެ ތޫފާނަކާއި އާދަޔާ ހިލާފަށް ހޫނުގަދަވި ދުވަސްވަރެއް ފާހަގަކުރެއްވި އެވެ.

"މިހާރު ވެސް ދުނިޔެ މާ ބޮޑަށް ހޫނު، ނުރައްކާތެރި ވެއްޖެ. އަޅުގަނޑުމެން މިހާރު ވެސް މި ތިބީ ނުރައްކަލަށް ހުށަހެޅިފައި، ނުރައްކާ އޮތީ މުސްތަގްބަލުގައެއް ނޫން،" ލޯމޭން ވިދާޅުވި އެވެ.

މޫސުމީ ބަދަލާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޕާލިމެންޓްގެ ހުރިހާ މެމްބަރުން ތާއީދު ކުރެއްވި އެވެ. މީގެ ކުރިން އިނގިރޭސިވިލާތް، ކެނެޑާ އަދި ފިޖީ ފަދަ ގައުމުތަކުން ވެސް މޫސުމީ ބަދަލާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވެ އެވެ.

މޫސުމީ ބަދަލުގެ ސަބަބުން ކުރާ އަސަރާ ގުޅޭ ގާނޫނީ ލަފަޔެއް ހޯދުމަށް ވަނުއަޓޫ އިން އދ. ގެ އެންމެ މަތީ ކޯޓަށް ދާން މިދިޔަ އަހަރު ނިންމި އެވެ. އެހެންކަމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ އެ މަސައްކަތާ ގުޅިގެން ކަމަށް ބެލެވެ އެވެ.

ވަނުއަޓޫގެ އަމާޒަކީ މޫސުމީ ބަދަލުގެ ސަބަބުން އުފެދިފައިވާ ކާރިސާގެ ބޮޑުކަން ދުނިޔޭގެ އެންމެ މަތީ ގާނޫނީ އިދާރާ މެދުވެރިކޮށް ހާމަކުރުމެވެ.

ނަމަވެސް އެ ކޯޓުން ނެރޭ ގާނޫނީ ލަފަޔަކީ އެއަށް އަމަލު ކުރުން ކޮންމެހެން މަޖުބޫރު އެއްޗެއް ނޫނެވެ. ނަމަވެސް ވަނުއަޓޫ އިން އުއްމީދު ކުރަނީ އެ ލަފާގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ މުސްތަގްބަލަށް ބޭނުންވާ ބައިނަލްއަގްވާމީ ގާނޫނުތައް ހެދުމުގެ މޫސުމީ ބަދަލުން އިންސާނީ ހައްގު ގެއްލޭ ގޮތުގެ މައްޗަށް ބަލާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox