ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޕްރެޝަރު ރެއާލަށް އަލެެއް ނުވާނެ، ތަށި ހޯދަން އެނގޭ: އަންޗެލޮޓީ

May 28, 2022, 5:53 AM
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ: ފައިނަލާ މެދު އުންމީދު ބޮޑު ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ: ފައިނަލާ މެދު އުންމީދު ބޮޑު ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (މެއި 28) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު، ރެއާލް މެޑްރިޑަށް މި މުބާރާތުގެ ފައިނަލުގެ ޕްރެޝަރު އަލެއް ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލުން ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު 16 ފަހަރުގެ ތެރެއިން 13 ފަހަރު ކާމިޔާބުކޮށްފަ އެެވެ. ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ހަ ފަހަރު ވެސް މޮޅުވެފަ އެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރުގެ ފައިނަލުގައި ލިވަޕޫލް އަތުން 3-1 އިން މޮޅުވި މެޗު ވެސް ހިމެނެ އެވެ. ރެއާލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ބަލިވީ ވެސް ލިވަޕޫލް އަތުންނެވެ. އެއީ 1981 ވަނަ އަހަރު ޕެރިހުގައި ކުޅުނު ފައިނަލުގައި 1-0 އިންނެވެ.

މިރޭ ޕެރިހުގައި ކުޅޭ ފައިނަލުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ ބުނީ އެ ޓީމުގައި ޗެމްޕިއަންސް ލީގުގެ ހަތަރު ފައިނަލުން މޮޅުވުމުގެ ތަޖުރިބާ ހުރި ކުުޅުންތެރިން ގިނަ ކަމަށާއި އެެހެންކަމުން މޮޅުވުމަށް އެ ނަގަން ޖެހޭ ޕްރެޝަރަށް އެ ކުޅުންތެރިން އާ ނުވާނެ ކަމަށެވެ.

"އަހަރެމެން މި ތިބީ ބޭނުންވާ މަންޒިލާ ވަރަށް ގާތުގައި. ރެއާލަށް އެނގޭނެ މި ކަހަލަ މެޗުތަކުގެ ޕްރެޝަރުގެ ތެރޭގައި ކުޅެން. ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިން އެހީވާނެ ޒުވާން ކުޅުންތެރިންނަށް، މި މެޗު މާހައުލުގައި ކޮންފިޑެންސާ އެކު ކުޅެލަން،" އަންޗެލޮޓީ ބުންޏެވެ. "މި ޓީމުގައި ތިބި ކުޅުންތެރިންނަކީ ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ހޯދި، ތަށި ކާމިޔާބުކުރަން ކުރަން ޖެހޭ މަަސައްކަތް އެނގޭ ކުުޅުންތެރިން،"

ފައިނަލް މެޗުގެ ކުރިން ބޭއްވި ފަހު ޕްރެކްޓިހުގެ ތެރެއިން އަންޗެލޮޓީ ކުޅުންތެރިންނަށް ބުނެދެނީ.

މިއީ އަންޗެލޮޓީ ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ނުކުންނަ ފަސް ވަނަ ފަހަރެވެ. މީގެ ކުރިން އަންޗެލޮޓީގެ ކޯޗުކަމުގައި އޭސީ މިލާން ވަނީ ދެ ފަހަރެއްގެ މަތިން ލިވަޕޫލާ ބައްދަލުކޮށްފަ އެވެ. އެ ގޮތުން އޭސީ މިލާން ވަނީ 2005 ވަނަ އަހަރު އިސްތަންބޫލްގައި ކުޅުނު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން ބަލިވެފަ އެވެ. އެކަމަކު، 2007 ވަނަ އަހަރު އެތަންސްގައި އޮތް ފައިނަލުގައި އަންޗެލޮޓީގެ މިލާން ޓީމު ވަނީ 2-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ.

ލިވަޕޫލުން މިރޭ ރެއާލް ބަލިކޮށްފިނަމަ ހަތް ވަނަ ޗެމްޕިއަންސް ލީގު ތަށި ލިބޭނެ އެވެ. އޭރުން މިލާނާ އެއްވަރުވާނެ އެވެ. އަންޗެލޮޓީ ބުނީ މިލާނުގެ ގިނަ ބައެއްގެ ފޯނު ކޯލު ލިބެމުން އަންނަ ކަމަށެވެ.

"މިލާނުން އެބަ އެދޭ އަހަރެން ގާތުގައި ލިވަޕޫލް ހަތް ވަނަ ތަށި ހޯދިޔަނުދެން. އަނެއްކޮޅުން، އަހަރެން މިދިޔަ ސީޒަނުގައި ހުރީ ލިވަޕޫލްގެ ވާދަވެރި އެވަޓަންގައި. އަހަންނަކީ އެވަޓަންގެ ވެސް މީހެއް، އެހެންވީމަ، ރެއާލަށް ނޫނަސް ލިވަޕޫލް ހުއްޓުވަން ޖެހޭ ބައިވަރެއް ސަަބަބު އަހަންނަށް އެބައޮތް،" އަންޗެލޮޓީ ބުންޏެވެ.

ލިވަޕޫލް އަތުން ކިއޭވްގައި 2018 ވަނަ އަހަރު ރެއާލް މޮޅުވި ފައިނަލުގައި ތަރި އަކީ ގަރެތު ބޭލް އެވެ. ބޭލް ވަނީ އެ މެޗުގައި ބެންޗުން އަރައި ދެ ގޯލު ޖަހައިފަ އެވެ. އަންޗެލޮޓީ ބުނީ ބޭލްގެ އިތުރުން އެޑެން ހަޒާޑް ވެސް މި މެޗަށް ފިޓް ކަމަށެވެ.

މެޗުގެ ކުރިން ލިވަޕޫލްގެ މުހައްމަދު ސަލާހު ވަނީ 2018 ވަނަ އަހަރުގެ ބަދަލުހިފަން ބޭނުންކަމަށް ބުނެފަ އެވެ. އެ އަށް ރެއާލްގެ ބައެއް ކުޅުންތެރިން ވަނީ ރައްދުދީފަ އެވެ.

އެ ގޮތުން ރެއާލްގެ ފުލްބެކް، ޑެނީ ކާވަހާލް ބުނީ ދެ ވަނަ ފައިނަލެއްގައި ސަލާހާއި ލިވަޕޫލް ރެއާލް އަތުން ބަލިވުން އެއީ މާ ބޮޑު ކަމަކަށް ނުވާނެ ކަމަށެެވެ. އަދި ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ ބުނީ ސަލާހުގެ އެ ވާހަކަތައް ފެނުނީ ރެއާލަށް އިހުތިރާމް ކުޑަކޮށް ކަމަށާއި އޭގެ ޖަވާބު ދޭން ދަނޑުމަތީގައި މޮޅަށް ކުޅެން ބޭނުންވާ ކަމަށެވެ.

ޕެރިހުގައި މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox