މަސްތާއި ގޭންގު ކުށުގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީނަފާގެ ސަބަބުތައް ޝާމިލްވޭ: ރައީސް

ރައީސް ސޯލިހު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ: މަސްތުވާތަކެއްޗާއި ގޭންގް ކުށުގައި ސިޔާސީ ނިޔަތް ޝާމިލުވާ ކަމަށް ވިދާޅުވި --

ރައީސް ސޯލިހު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ: މަސްތުވާތަކެއްޗާއި ގޭންގް ކުށުގައި ސިޔާސީ ނިޔަތް ޝާމިލުވާ ކަމަށް ވިދާޅުވި --

ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ކަމަށްވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާގެ ސަބަބުތައް ޝާމިލްވެގެންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި މިއަދު ފެށި "ވިއަވަތި" ކޮންފްރެންސް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައަކީ އެއް ގަހެއްގެ ދެ ގޮފި ކަމަށެވެ.

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އެންމެ ފުނުގައިވަނީ ރައީސް ވިދާޅުވި ގޮތުގައި އިންތިޒާމްވެ ރޭވިގެން ހިންގާ ކަންކަމެވެ. އޭގެފަހަތުގައި ސިޔާސީ ނިޔަތާއި, މާލީނަފާގެ ސަބަބުތައް ޝާމިލުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް, މި ކޮންފަރެންސްގައި މިކަމާ ގުޅޭގޮތުން، ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު, އެއީ މީގެ ހައްލު ހޯދުމުގެ މަގު ކުރުވެ، ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން," ރައީސް ވިދާޅުވި އެވެ.

މެދުރާއްޖޭގެ ރަށްތަކުގެ ކައުންސިލްގެ ރައީސުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުން ބައިވެރިވާ ކޮންފަރެންސްގައި މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި, ރާއްޖެއަށް މިވަގުތު ދެން އޮތް އެންމެ ބޮޑު އަނެއް މައްސަލައަކީ މޫސުމީ ބަދަލުތަކެވެ. ރަށް ގިރުމާއި، ފެންބޮޑުވުމާއި އުދައެރުމަކީ ކޮންމެ މީހަކު ދިރިއުޅޭ ރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަމަށެވެ.

"ތިމާވެއްޓަށް ލިބޭ ގެއްލުމާ ކުރާ ނޭދެވޭ އަސަރަކީ ހިންގޭ ތަރައްގީގެ ކޮންމެ މަޝްރޫއަކާ ގުޅިފައިވާ ކަމެއް, ތަރައްގީގެ ބޭނުމުގާ ކުރާކަމަކީ ތަރައްގީއަށް އޮތް ހުރަހަކަށް ވިޔަދީގެން ނުވާނެ, ތިޔަބޭފުޅުންގެ ވިސްނުމާ މަޝްވަރާތައް އެމަގުން ގެންގޮސްދެއްވުން އަޅުގަނޑު އެދެން, މިކަމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ކައުންސިލްތަކަށް," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި, މިއަދު ފެށޭ ކޮންފަރެންސަކީ މިފަދަ މައްސަލަތަކާ މެދު މަޝްވަރާ ކުރުމުގެ މަހައްލެކެވެ. އަދި ހައްލު ހޯދާ، ގޮތް ހޯދުމުގެ މަރުހަލާ އެވެ.

"މިވަގުތަށް ހޯދަންޖެހޭ ހުރިހާ ޖަވާބެއް ތިޔަބޭފުޅުންގެ މަޝްވަރާތަކުން ހޯއްދަވާނެ ކަމާމެދު ކުޑަވެސް ޝައްކެއް އަޅުގަނޑު ނުކުރަން, ހަމަ ޔަގީނުންވެސް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށް އަޑުއަހައިގެން މެނުވީ ދެމެހެއްޓެނިވި ހައްލެއް ހޯދޭނެ ކަމަކަށް އަޅުގަނޑު ނުދެކެން," ރައީސް ވިދާޅުވި އެވެ.

"ތިޔަބޭފުޅުންގެ މަޝްވަރާއާ ހިޔާލުފުޅުތަކުގެ ތެރެއިން ފޭދިގެން އަޅުގަނޑާ ހަމައަށް އަންނާނީ ރައްޔިތުން އެދޭ ގޮތް, އަޅުގަނޑު މިމަގާމުގައި މިހުރީ ރައްޔިތުންގެ އެދުމާ އުންމީދާ އެއްގޮތަށް އެރައްޔިތުންގެ ކަންކަން ނިންމުން ނޫން އެހެން އެއްވެސް ބޭނުމަކު ނޫން."

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox