އާ ކޭބަލެއް އަޅައި، ކަރަންޓު ކެނޑުމުގެ މައްސަލަ ސްޓެލްކޯއިން ހައްލުކޮށްފި

ސްޓެލްކޯ: ހަލާކުވި ކޭބަލްގެ ބަދަލުގައި އާ ކޭބަލެއް މިހާރު ވަނީ ވަޅުލާފައި-- އަދަދު ފައިލް ފޮޓޯ

ސްޓެލްކޯ: ހަލާކުވި ކޭބަލްގެ ބަދަލުގައި އާ ކޭބަލެއް މިހާރު ވަނީ ވަޅުލާފައި-- އަދަދު ފައިލް ފޮޓޯ

މާލޭގައި ކަރަންޓް ފޯރުކޮށްދޭ މައި ކޭބަލަކަށް (ފީޑަރަކަށް) ދިމާވި މައްސަލަ ހައްލުކުރުމަށް އާ ކޭބަލެއް އަޅައި، ކަރަންޓު ކެނޑުމުގެ މައްސަލަ މާލެއަށް ކަރަންޓު ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހައްލުކޮށްފި އެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ފަތިހު، 10 ސަބްސްޓޭޝަނަކަށް ކަރަންޓް ފޯރުކޮށްދޭ މައި ކޭބަލެއް ހަލާކުވެ، މުޅި މާލެއިން ކަރަންޓު ކެނޑުނެވެ. ސްޓެލްކޯއިން ބުނީ މައްސަލަ ހައްލު ކުރަން އެޅި އާ ކޭބަލް ސަބްސްޓޭޝަނާ ގުޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.

"މި ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ގެއްލުންވެފައިވާ ކޭބަލްގެ ބަދަލުގައިއަލަށް އަޅާފައިވާ ކޭބަލް ސަބްސްޓޭޝަނާއި ގުޅާލައި، އެނާޖައިޒް ކުރުމަށް މިއަދު ހަވީރު 4:00ގައި ގާކޮށި ފްލެޓްތައް ހިމެނޭ ސަރަހައްދުން 20 މިނެޓަަށް ކަރަންޓު ކެނޑިގެންދާނެ،" ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ހަލާކުވި ކޭބަލްގެ ބަދަލުގައި އާ ކޭބަލެއް ވަޅުލާން ސްޓެލްކޯއިން ނިންމީ މަރާމާތު ކުރުމަކީ ރިސްކު އޮތް ކަމަކަށް ވާތީ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox