ބާންލީ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިނުމުގެ ޒިންމާ ކޮމްޕެނީ އަށް؟

May 26, 2022, 4:03 AM
ބާންލީ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިނުމުގެ ޒިންމާ ކޮމްޕެނީ އަށް؟

ބާންލީ (މެއި 26) - މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ބާންލީ އަލުން ލީގަށް ޕްރޮމޯޓްވުމަށް ކުރާ މަސައްކަތުގައި އެ ޓީމުން ކޯޗެއް ހޯދަން ޖެހިފައިވާއިރު، އެ ޓީމުން ފާލަރާ ކޯޗުންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަތް އަހަރަށް ފަހު ބާންލީ ޕްރިމިއާ ލީގުން ރެލިގޭޓްވީ ލީގުގެ ފަހު ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވުމުންނެވެ. ބާންލީ އަށް 10 އަހަރު ދުވަހު ކޯޗުކޮށްދިން ޝޯން ޑައިޝް ވަނީ މިދިޔަ އޭޕްރީލް މަހު މަގާމުން ވަކިކޮށްފަ އެވެ.

އޭގެ ފަހުން ވަގުތީ ކޯޗެއްގެ ގޮތުގައި ބާންލީ އަށް އިރުޝާދުދިނީ މައިކް ޖެކްސަން އެވެ. ނިސްބަތުން ރަނގަޅު މަސައްކަތެއް ޖެކްސަން ކުރި ނަމަވެސް އެ ޓީމު ރެލިގޭޓްވުމުން ސަލާމަތް ނުކޮށްދެވުނެވެ.

ސިޓީ އަށް 11 އަހަރު ކުޅެދިން ކޮމްޕެނީ، ވަނީ 2019 ވަނަ އަހަރު ކުޅުންތެރިއަކާ ކޯޗެއްގެ ވަޒީފާއާ އެކު އަލުން އަންޑަލެކްޓަށް ބަދަލުވެފަ އެވެ. ފުލް ޓައިމް ކޯޗެއްގެ ގޮތުގައި 2020 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މި ސީޒަނުގެ ނިޔަލަށް އަންޑަލެކްޓަށް ކޮމްޕެނީ ކޯޗުކޮށްދިނެވެ.

ބެލްޖިއަމް ލީގުގެ ތިން ވަނަ އަށް އަންޑަލެކްޑް ދިޔައިރު، އެ ޓީމު ވަނީ ބެލްޖިއަމް ކަޕް ފައިނަލުން ބަލިވެފަ އެވެ. އުމުރުން 36 އަހަރުގެ ކޮމްޕެނީ ވަނީ ބެލްޖިއަމްގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އަންނަ ހަފްތާގައި ކޮމްޕެނީ އާއި ބާންލީއާ ދެމެދު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox