ސިޑިން ވައްޓާލި ވާހަކައަކީ ދޮގެއް ކަމަށް ޑެޕްގެ ކުރީގެ ލޯބިވެރިޔާ ކޭޓް މޮސް ބުނެފި

ސުޕާމޮޑެލް ކޭޓް މޮސް ވީޑިއޯ މެދުވެރިކޮށް ހެކިބަސް ދެނީ. -- ފޮޓޯ: އޭއެފްޕީ

ސުޕާމޮޑެލް ކޭޓް މޮސް ވީޑިއޯ މެދުވެރިކޮށް ހެކިބަސް ދެނީ. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (މޭ 25) - ހޮލީވުޑްގެ އެކްޓަރު ޖޮނީ ޑެޕް އާއި އިނގިރޭސި ސުޕާމޮޑެލް ކޭޓް މޮސް މީގެ އަހަރުތަކެއް ކުރިން ރައްޓެހިވެގެން އުޅުނު އިރު، ކޭޓް ސިޑިން ވައްޓާލި ކަމަށް ބުނާ ވާހަކަ އޭނާ ކޯޓުގައި ހެކިބަސްދެމުން ދޮގުކޮށްފި އެވެ.

ކޭޓް ސިޑި މަތީގައި ހުއްޓައި ފަހަތުން ކޮއްޕާލައި ވައްޓާލި ކަމަށް އެންމެ ފުރަތަމަ ބުނީ ޖޮނީ ޑެޕްގެ އަންހެނުން، އެކްޓްރެސް އެމްބާ ހާޑް އެވެ. ކޯޓުގައި ހެކިބަސްދެމުން އެމްބާ ބުނެފައި ވަނީ އެއީ ތަފާތު ދެ މީހަކު އޭނާ ކައިރީގައި ބުނި ވާހަކައެއް ކަމަށެވެ.

އުމުރުން 58 އަހަރުގެ ޑެޕް އޭނާގެ ކުރީގެ އަންހެނުންނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ވޮޝިންޓަން ޕޯސްޓުގައި އެމްބާގެ ނަމުގައި ޝާއިއު ކުރި ލިޔުމެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެ ލިޔުމުގައި އުމުރުން 36 އަހަރުގެ އެމްބާ ބުނެފައި ވަނީ އޭނާއަކީ ޖިންސީ އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށެވެ. ޑެޕް އާއި އެމްބާ ވަރިވިތާ ދެ އަހަރު ފަހުން ޝާއިއު ކުރި ލިޔުމުގައި ޑެޕްގެ ނަން ފާހަގަކޮށްފައި ނެތް ނަމަވެސް، އޭގެ ސަބަބުން އަބުރު ގެއްލި މާލީ ގެއްލުން ލިބުނު ކަމަށް ޑެޕް ބުނެ އެވެ.

ބުދަ ދުވަހުގެ ރޭގެ އަޑުއެހުމުގައި، ލަންޑަންގައި ހުރެ ވީޑިއޯ މެދުވެރިކޮށް ހެކިބަސްދެމުން ކޭޓް މޮސް ބުނީ ޑެޕް އޭނާ ސިޑިން ވައްޓާނުލާ ކަމަށާއި ދުވަހަކު ވެސް އެފަދަ ކަމެއް ޑެޕްގެ ފަރާތުން ކުރިމަތި ނުވާ ކަމަށެވެ.

"އަހަރެން ކޮއްޕާލައި، އަހަރެންގެ ގައިގައި ފައިން ޖަހައި، ސިޑިން އެއްލާލައި، އެކަހަލަ އެއްވެސް ކަމެއް އޭނާ ނުކުރޭ،" ކޭޓް ބުންޏެވެ.

ކޭޓް ބުނީ އޭނާ އާއި ޑެޕް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 1994 އިން 1998 އަށް ކަމަށެވެ. ސިޑިން ވައްޓާލި ކަމަށް ބުނާ ހާދިސާ ޖެމެއިކާގެ ރިސޯޓެއްގައި ހިނގައި ދިޔަ ގޮތް ކިޔައިދިނުމަށް ޑެޕްގެ ވަކީލުން ބުދަ ދުވަހުގެ އަޑުއެހުމުގައި ކޭޓްގެ ކިބައިން އެދުނެވެ.

"އަހަރުމެން ކޮޓަރިން ނިކުންނަނީ އޭރު، ޖޮނީ ދިޔައީ އަހަންނަށް ވުރެ ކުރިން. އޭރު އޮތީ ވަރަށް ބޮޑަށް ވާރޭ ވެހިފައި. ކޮޓަރިން ނުކުންނަނިކޮށް، ސިޑިން ކައްސާލައިގެން އަހަރެން ވެއްޓި ބުރަކައްޓަށް އަނިޔާވީ."

"އަހަރެން ހަޅޭއްލަވައި ގަތީ ކުއްލިއަކަށް ވީ ގޮތެއް ނޭނގުނީމަ އަދި ބުރަކައްޓަށް ވަރަށް ތަދުވާތީ. އޭނާ ދުވެފައި އައިސް އަހަރެން އުފުއްލާލައިގެން ކޮޓަރިއަށް ގެންގޮސް ސިއްހީ ފަރުވާ ހޯދައިދިނީ."

އެމްބާ ހާޑްގެ ވަކީލުން ވަނީ ކޭޓްއާ ސުވާލު ކުރަން ލިބުނު ފުރުސަތު ދޫކޮށްލާފަ އެވެ.

މީގެ ކުރިން އެމްބާ އާއި ޑެޕް ވެސް ހެކިބަސް ދީފައިވާ އިރު، ކައިވެނީގައި ކަންކަން ހިނގައި ދިޔަ ގޮތާ ގުޅޭ ގޮތުން ދެ މީހުން ދެއްކީ ވަރަށް ތަފާތު ވާހަކަތަކެވެ.

އެމްބާ ބުނެފައި ވަނީ ޑެޕްއަކީ ރަލާއި މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރި މީހެއް ކަމަށާއި އޭގެ ސަބަބުން ވާނުވާ ނޭނގޭ ހިސާބަށް ގޮސް، ވަރަށް ގިނަ ފަހަރު ހަސަދަވެރިވެ ރުޅިގަދަވާ ކަމަށެވެ.

އެ ވާހަކައަށް ބާރު ދިނުމުގެ ގޮތުން އެމްބާގެ ފަރާތުން ހެކިބަސް ދިނުމަށް ޑެޕްގެ ކުރީގެ ލޯބިވެރިޔާ އަދި ކުރީގެ އެކްޓްރެސް އެލެން ބާކިން މިދިޔަ އާދީއްތަ ދުވަހު އަޑުއެހުމުގައި ބައިވެރިވި އެވެ. އޭނާ ބުނީ ޑެޕްއަކީ ވަރަށް ހަސަދަވެރިވާ "ކޮންޓްރޯލް ކުރާ" މީހެއް ކަމަށެވެ.

ޑެޕް ހެކިބަސް ދެމުން ބުނީ އެމްބާއަކީ ވަރަށް ގިނައިން މޫޑު ބަދަލުވެ ރުޅިގަދަވާ މީހެއް ކަމަށެވެ. އެމްބާގެ ބަހުގެ ހަމަލާތަކާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ވަރަށް ގިނައިން ކުރިމަތިވި ކަމަށް ބުންޏެވެ. އެކަން ސާބިތު ކުރުމަށް ގިނަ އޯޑިއޯތަކެއް ކޯޓުގައި ޕްލޭކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox