ކަޝްމީރުގެ މިނިވަން ކަމަށް ވަކާލާތު ކުރާ ލީޑަރު އުމުރަށް ޖަލަށް ހުކުމްކޮށްފި

ކަޝްމީރުގެ މިނިވަން ކަމަށް ވަކާލާތު ކުރާ ޔާސިން މާލިކް (މ). -- ފޮޓޯ: އޭއެފްޕީ

ކަޝްމީރުގެ މިނިވަން ކަމަށް ވަކާލާތު ކުރާ ޔާސިން މާލިކް (މ). -- ފޮޓޯ: އޭއެފްޕީ

ސްރީނަގަރް، އިންޑިއާ (މޭ 25) - ކަޝްމީރުގެ މިނިވަން ކަމަށް ވަކާލާތު ކުރާ ލީޑަރު އަދި ކުރީގެ ހަނގުރާމަވެރިޔާ ޔާސިން މާލިކް ޓެރަރިޒަމްގެ މައްސަލައެއްގައި އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު މާލިކް ވަނީ ހަނގުރާމަވެރި ހަރަކާތްތައް ހުއްޓާލައި، ސުލްހަވެރިކަމާ އެކު ކަޝްމީރު "މިނިވަން ކުރަން" ކެމްޕެއިނެއް ފަށާފަ އެވެ.

ކަޝްމީރު އޮންނަނީ 1947 ވަނަ އަހަރުން ފެށިގެން އިންޑިއާ އާއި ޕާކިސްތާނުން ދެ ފަޅިކޮށްފަ އެވެ. ދެ ގައުމުން ވެސް މުޅި އެ ސަރަހައްދު އެއްކޮށް ބޭނުންވެ އެވެ.

Advertisement

ޓެރަރިޒަމާއި ޓެރަރިޒަމަށް ފަންޑު ކުރުމުގެ ތުހުމަތުގައި 2019 ވަނަ އަހަރު ހައްޔަރު ކުރި އުމުރުން 56 އަހަރުގެ މާލިކް ހުންނަނީ އިންޑިއާގެ ޖަލުގަ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވީ މިދިޔަ ހަފްތާގަ އެވެ. ޓެރަރިޒަމާ ދެކޮޅު އިންޑިއާގެ އެންމެ ބޮޑު އިދާރާ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން އެދުނީ މަރުގެ އަދަބު ދިނުމަށެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ އުމުރަށް ޖަލަށް ލުމަށެވެ.

"އަޅުގަނޑުމެންގެ ލީޑަރު އުމުރަށް ޖަލަށް ލުމުން ދެން އަޅާނެ ފިޔަވަޅަކާ މެދު މިއަދު ބައްދަލުވުމެއް އޮންނާނެ،" ޖައްމު އެންޑް ކަޝްމީރް ލިބެރޭޝަން ފްރަންޓް (ޖޭކޭއެލްއެފް) ގެ ވައިސް ޗެއާމަން ހަވާޖާ ސައިފުއްދީން ބުންޏެވެ.

"އަޅުގަނޑުމެންގެ ގްރޫޕުން ދިޔައީ ކަޝްމީރް މައްސަލައަށް ހައްލު ހޯދަން އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރަމުން. އެކަމަކު މިއަދު އަނެއްކާވެސް، އިންޑިއާގެ ހުދުމުހުތާރު އިޖުރާއަތުތަކުގެ ދަށުން ޔާސިން މާލިކް އުމުރަށް ޖަލަށް ލުމުން، ކަޝްމީރްގެ ރައްޔިތުންނަށް އަލުން ހަތިޔާރު ނަގަން އެބަ މަޖުބޫރުވޭ."

ހުކުމް އިއްވުމާ ދިމާކޮށް ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އެތައް ހާސް ބަޔަކު މަގުތަކަށް އެއްވެ، މާލިކް މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލި އެވެ.

އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގެ ބޮޑު ހިސާބަކުން އިންޓަނެޓް ކަނޑާލައި، މާލިކްގެ ސަޕޯޓަރުން މަގުތަކަށް ނުކުތުމުން، ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ.

ކަޝްމީރް މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާންއާ ދެމެދު ހަނގުރާމަތަކެއް ކޮށްފައިވެ އެވެ. އިންޑިއާއިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކު ބޭނުން ވަނީ ޕާކިސްތާނުގެ ދަށަށް ބަދަލުވާން ނުވަތަ މިނިވަންކަން ހޯދުމަށެވެ.

ކަޝްމީރުގެ ރައްޔިތުންގެ އެ މަސައްކަތަށް އަހަރުތަކެއް ވެފައިވާ އިރު، އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ. އިންޑިއާއިން ތުހުމަތު ކުރަނީ ހަމަލާތައް ދިނުމަށް ހިތްވަރުވީ އެހީވަނީ ޕާކިސްތާނުން ކަމަށެވެ.

ޔާސިން މާލިކްއަކީ ކާކު؟

އޭނާގެ މަސައްކަތް ފެށިގެން އައީ ކިޔަވަން އުޅުނު އިރު އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. އޭނާއަކީ އިންޑިއާއިން ކޮންޓްރޯލް ކުރާ ސަރަހައްދު ދޫކޮށް، ޕާކިސްތާނުން ކޮންޓްރޯލް ކުރާ ސަރަހައްދަށް ގޮސް، އަސްކަރީ ތަމްރީން ހޯދި ހަނގުރާމަވެރިންގެ ތެރެއިން އެކަކެވެ. އޭގެ ފަހުން ޖޭކޭއެލްއެފްގެ އިސް ކޮމާންޑަރުގެ ގޮތުގައި އެނބުރި ދިޔައީ 1989 ވަނަ އަހަރު އެވެ.

އެ އަހަރު މާލިކްގެ ލީޑާޝިޕްގެ ދަށުން ޖޭކޭއެލްއެފްގެ މެމްބަރުން ވަނީ ކަޝްމީރަށް ނިސްބަތްވާ އިންޑިއާގެ އޭރުގެ ހޯމް މިނިސްޓަރު މުފްތީ މުހައްމަދު ސައީދުގެ ދަރިކަނބަލުން ރަހީނުކޮށްފަ އެވެ. ރަހީނު ކުރުމަށް ފަހު ދޫކޮށްލީ ޖަލުގައި ތިބި ޖޭކޭއެލްއެފްގެ އިސް ފަސް މެމްބަރުން މިނިވަން ކުރުމުންނެވެ.

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އާއި ޔާސިން މާލިކް.
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އާއި ޔާސިން މާލިކް.

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އާއި ޔާސިން މާލިކް.

އިންޑިއާ ސިފައިން އެންމެ ފުރަތަމަ މާލިކް ހައްޔަރު ކުރީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން ގިނަ އަހަރުތައް އޭނާ ހޭދަކުރީ ތަފާތު ޖަލުތަކުގަ އެވެ. މާލިކް ތުހުމަތު ކުރާ ގޮތުގައި އިންޑިއާގެ ފުލުހުންނާއި ސިފައިން ވަނީ ލާއިންސާނީ ގިނަ އަނިޔާތަކެއް ދީފަ އެވެ.

ޖޭކޭއެލްއެފްގެ ވެރިޔާގެ ގޮތުގައި އުޅުމަށް ފަހު، 1994 ވަނަ އަހަރު މާލިކް ނިންމީ ހަނގުރާމަވެރި ގޮތްތައް ދޫކޮށްލައި "ގާންދީ" ފަދައިން ސުލްހަވެރި ގޮތްތަކެއް އިހްތިޔާރު ކުރުމަށެވެ. އޭގެ ފަހުން ޖޭކޭއެލްއެފްގެ ޗެއާމަންގެ ގޮތުގައި ކެމްޕެއިން ކުރަމުން ދަނީ ކަޝްމީރުގެ އަމިއްލަ މިނިވަން ކަމަށެވެ.

އިންޑިއާގެ ސަރުކާރުތަކުން އެކި ފަހަރު މަތިން މާލިކްއާ އެކު މަޝްވަރާކޮށްފައިވެ އެވެ. އެގޮތުން އެންމެ ފަހުން ތިއްބެވި ދެ ބޮޑު ވަޒީރުން ވެސް އޭނާއާ އެކު މަޝްވަރާ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox