ޝަހުބާން އިނުމުން އެމްއެމްސީ ޖަލްސާ ދޫކޮށް މެމްބަރުން ނުކުމެއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖަލްސާއެއް: މި ކައުންސިލުގައި ތިއްބަވަނީ 15 މެމްބަރުން. -- ފޮޓޯ: މޯލްޑިވްސް މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖަލްސާއެއް: މި ކައުންސިލުގައި ތިއްބަވަނީ 15 މެމްބަރުން. -- ފޮޓޯ: މޯލްޑިވްސް މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންްސިލު(އެމްއެމްސީ) އިން މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ދޫކޮށް ހުރިހާ މެމްބަރުން މިއަދު "ވޯކް އައުޓް" ކޮށްފި އެވެ.

މެންބަރުން ޖަލްސާ ދޫކުރީ ކިންގްސް ފޮރެކްސްގެ ނަމުގައި ހިންގި ކަމަށް ބުނާ ޕޮންޒީ ސްކީމްގައި ބައިވެރިވުމުގެ ތުހުމަތުކުރެވޭ އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ. ޝަހުބާންއަކީ އެ ކުންފުނީގެ އެއް ހިއްސާދާރެވެ.

މިއީ އެމްއެެމްސީން ދޭ މީޑިއާ އެވޯޑުގެ އުސޫލު ފާސްކުރަން ބޭއްވި ޖަލްސާއެކެވެ. އެކަމަކު 10 މެމްބަރުން ބައިވެރިވި ޖަލްސާއިން ސަހުބާން ފިޔަވައި ބާކީ ތިބި ނުވަ މެމްބަރުން ވަނީ ޖަލްސާ ދޫކޮށް ވަޑައިގެންފަ އެވެ.

ޖަލްސާ ދޫކުރަން ނިންމެވި ސަބަބާ ގުޅިގެން މީޑިއާ ކައުންސިލުގެ ބޭފުޅަކު ނަން ނުޖަހާ ގޮތަށް "އަދަދު" ނޫހަށް ވިދާޅުވީ ޖަލްސާއިން "ވޯކް އައުޓް" ކުރަން ނިންމީ މެމްބަރުންގެ އިތުބާރު ނެތް ރައީސަކު ހުންނެވި ޖަލްސާއެއްގައި ބައިވެރިވާން ބޭނުން ނުވާތީ ކަމަށެވެ.

"ހުރިހާ މެމްބަރުން ވެސް ޖަލްސާ ދޫކޮށް ވަޑައިގެންނެވީ އިތުބާރު ނެތް ވާހަކަ ދެންނެވުމަށް ފަހު" އޭނާ ވިދާޅުވި އެވެ.

އިތުބާރު ނެތް ވާހަކަ އެ ވިދާޅުވަނީ، ޝަހުބާން މަގާމުގައި ބަހައްޓަން ފެނޭތޯ މިދިޔަ އާދިއްތަ ދުވަހު ނެގި ވޯޓާ ގުޅުވަ އެވެ. ކުއްލި ޖަލްސާއެއް ބާއްވާ ނެގި ވޯޓުގައި އަށް މެމްބަރަކު ވޯޓުލީ އޭނާގެ މަގާމުން ދުރުކުރާށެވެ. މަގާމުގައި ބަހައްޓަން ވޯޓު ދެއްވީ ހަތަރު މެމްބަރުންނެވެ.

އެމްއެމްސީގެ ގަވާއިދުތައް ހުންނަ ގޮތުން، ރައީސް މަގާމުން ދުރުކުރަން އެ ކައުންސިލުގެ 15 މެމްބަރުންގެ ތެރެއިން 10 މެމްބަރުންގެ ވޯޓު ބޭނުންވެ އެވެ.

މި ނޫހާ ވާހަކަދެއްކި އެމްއެމްސީގެ މެމްބަރު ވިދާޅުވީ، ނުރަސްމީކޮށް ވެސް ޝަހުބާން ގާތު އިސްތިއުފާދެއްވުމަށް ފަހު އެހެން ބޭފުޅަކަށް ފުރުސަތު ދެއްވަން އެދިވަޑައިގެންފައިވާ ކަމަށެވެ. މި މައްސަލައަށް އަވަސް ހައްލެއް ލިބިދާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ އުއްމީދު އެބައޮތް ކަމަށެވެ.

"އަލިމަގެއް ފެންނާނެ ކަމުގެ އުއްމީދު އެބައޮތް" އޭނާ ވިދާޅުވި އެވެ.

ޖިނާއި މައްސަލައެއްގައި ބޮޑު ތުހުމަތެއް ކުރެވުނު ނަމަވެސް އިސްތިއުފާ ދޭނެ ކަމުގެ އިޝާރާތެއް މިހާތަނަށް ޝަހުބާން ނުދެއްވަ އެވެ.

މި މައްސަލައިގައި ސަހުބާންގެ އިތުރުން ތުހުމަތުކުރަނީ އޭނާގެ ބޭބެ ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީއަށެވެ. އެކަމަކު ދެ ބޭފުޅުން ވެސް ވަނީ ހުރިހާ ތުހުމަތަކަށް އިންކާރުކޮށް، އެއްވެސް ބަޔަކަށް އޮޅުވާލާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox