އިންޑިއާއިން ހަކުރު އެކްސްޕޯޓް ކުރުން ލިމިޓްކޮށްފި

އިންޑިއާއިން ކާބޯތަކެތީގެ އެކްސްޕޯޓްއާ ގުޅޭ ފިޔަވަޅުތަކެއް އަޅަމުން ދަނީ އެ ގައުމުގެ އެތެރޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީން ކުރުމަށް ކަމަށް ބުނޭ. -- ފޮޓޯ: ފައިނޭންޝަލް އެކްސްޕްރެސް

އިންޑިއާއިން ކާބޯތަކެތީގެ އެކްސްޕޯޓްއާ ގުޅޭ ފިޔަވަޅުތަކެއް އަޅަމުން ދަނީ އެ ގައުމުގެ އެތެރޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީން ކުރުމަށް ކަމަށް ބުނޭ. -- ފޮޓޯ: ފައިނޭންޝަލް އެކްސްޕްރެސް

ނިއު ދިއްލީ، އިންޑިއާ (މޭ 25) - އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓް ކުރިތާ މާ ގިނަސް ދުވަސްތަކެއް ނުވަނީސް ހަކުރު އެކްސްޕޯޓް ކުރުން ވެސް ލިމިޓުކޮށްފި އެވެ.

އިންޑިއާއިން ބުނީ ހަކުރު އެކްސްޕޯޓް ކުރުން ލިމިޓު ކުރީ، އެ ގައުމުގެ އެތެރޭގައި ހަކުރުގެ ދަތިކަން ކުރިމަތިވެދާނެތީ ސަޕްލައި ރައްކާތެރި ކުރުމަށް ކަމަށެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަކުރު އުފައްދާ އަދި ބްރެޒިލްއަށް ފަހު ދެ ވަނައަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓް ކުރާ ގައުމެވެ.

އެ ގައުމުގެ ސަރުކާރުން އަންގާރަ ދުވަހު ބުނީ އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް އެކްސްޕޯޓް ކުރެވޭނީ 10 މިލިއަން ޓަނުގެ ހަކުރު ޝިޕްމަންޓްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"މިގޮތަށް ނިންމީ އިންޑިއާގެ އެތެރޭގައި ހަކުރުގެ ސަޕްލައި ހުންނާނެކަން ޔަގީންކޮށް އަގު އެއްވަރެއްގައި ހިފެހެއްޓުމަށް،" ކާބޯތަކެއްޗާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ކުރިން އެނެލިސްޓުން އަންދާޒާ ކުރި ގޮތުގައި މި އަހަރުގެ ތެރޭގައި ހަކުރުގެ އެކްސްޕޯޓް ރެކޯޑް މިންވަރަށް މަތި ވާނެ އެވެ. މިހާތަނަށް ނުވަ މިލިއަން ޓަނުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، 7.8 މިލިއަން ޓަން މިހާރު ވެސް އެކްސްޕޯޓްކޮށްފައިވެ އެވެ.

އިންފްލޭޝަނާޢި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބުނެ، މޭ މަހުގެ މެދު ތެރޭގައި އިންޑިއާއިން ވަނީ ސަރުކާރުގެ ހުއްދަ ނެތި ގޮދަން އެކްސްޕޯޓް ކުރުން ވެސް މަނާކޮށްފަ އެވެ. އެ ނިންމުމާ އެކު ދުނިޔޭގެ މާކެޓުގައި ކާބޯތަކެތީގެ އަގު އިތުރަށް އުފުލުނެވެ.

އިންޑިއާގެ އިތުރުން، އޭޝިއާގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ އެތެރޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން އިންޑޮނީޝިއާއިން ޕާމް އޮއިލް އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަނާ ކުރިއިރު، މެލޭޝިއާއިން ވަނީ ކުކުޅު އެކްސްޕޯޓް ކުރުން މަނާކޮށްފަ އެވެ.

ކާބޯތަކެއްޗާ ގުޅިގެން މިފަދަ ފިޔަވަޅުތަކެއް ގައުމުތަކުން އަޅަން ފެށީ ރަޝިއާގެ ސިފައިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަން ފެށުމުންނެވެ.

ކޮވިޑް ބަލިމަޑުކަމުގެ އަސަރުން ގައުމުތައް ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް، ޔޫކްރެއިންގައި ހަނގުރާމަ ފެށުމުން، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލެން ފެށި އެވެ. އެހެންވެ، ކާބޯތަކެތީގެ އެކްސްޕޯޓް ލިމިޓް ނުކުރުމަށް ވެސް ބޮޑެތި ގައުމުތަކުން ގޮވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox