ޕާކިސްތާނުގައި އިދިކޮޅު މުޒާހަރާއަކާ ދިމާކޮށް ގިނަ ބަޔަކު ހައްޔަރުކޮށްފި

ޕާކިސްތާނުގެ އިދިކޮޅު ސަޕޯޓަރުން މުޒާހަރާއެއްގައި. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ އިދިކޮޅު ސަޕޯޓަރުން މުޒާހަރާއެއްގައި. -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދް، ޕާކިސްތާން (މޭ 24) - ޕާކިސްތާނުގައި މަގާމުން ވަކިކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ ސަޕޯޓަރުންގެ ބޮޑު މުޒާހަރާއަކާ ދިމާކޮށް ގިނަ ބަޔަކު ހައްޔަރު ކުރަމުންދާ ކަމަށް އިދިކޮޅު ޕާޓީއިން ތުހުމަތުކޮށްފި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އިމްރާން ހާން މަގާމުން ވަކިކުރީ މިދިޔަ މަހު އެވެ. އެމަނިކުފާނު ގެންދަވަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އާ ކޯލިޝަން ސަރުކާރާ ދެކޮޅަށް ތަކުރާރުކޮށް ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ.

އިމްރާން ހާން ތުހުމަތު ކުރައްވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ "ބޭރު ގައުމެއްގެ ނުފޫޒު" އޮވެގެންނެވެ. ބުދަ ދުވަހު ބާއްވަން މަސައްކަތް ކުރާ މުޒާހަރާ ފަށަނީ ޕެޝާވަރުންނެވެ. އެ ހިސާބުން ވެރިރަށް އިސްލާމްއާބާދްއާ ހަމައަށް ހިނގާލުމެއް ބާއްވަން ރާވާފައިވެ އެވެ.

"މާދަމާ އަޅުގަނޑު ހުންނާނީ ޕާކިސްތާނުގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު ހިނގާލުމުގެ ކުރީ ސަފުގައި. މިއީ ސިޔާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން، މިއީ ޖިހާދު ކުރުން،" އިމްރާން ހާން ވިދާޅުވި އެވެ.

މުޒާހަރާއާ ގުޅިގެން ޕާކިސްތާނުގެ އެކި ހިސާބުގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު އިސްލާމްއާބާދުގެ ބޮޑެތި މަގުތަކުގައި ރޯޑްބްލޮކް ބަހައްޓާފައިވެ އެވެ. ސަރުކާރުގެ އިމާރާތްތައް ހިމެނޭ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ.

"މި މުޒާހަރާގެ ބޭނުމަކީ ގައުމު ބައިބައިކޮށް ހަމަނުޖެހުމަށް ހިތްވަރު ދިނުން،" އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުﷲ ވިދާޅުވި އެވެ.

"މި ހިނގާލުން ބާއްވަން ފުރުސަތު ދީގެން ނުވާނެ،" އިންފޮމޭޝަން މިނިސްޓަރު މަރިޔުމް އޯރަންގްޒެބް ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލުން ބުނީ އިމްރާން ހާންގެ ޕާކިސްތާން ތެހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއަށް ނިސްބަތްވާ 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ކުރީގެ އިންފޮމޭޝަން މިނިސްޓަރު ފަވާދް ޗައުދަރީ ވިދާޅުވީ ހައްޔަރު ކުރި މީހުންގެ އަދަދު 400 އަށް ވުރެ މަތި ވާނެ ކަމަށާއި މީހުން ހައްޔަރު ކުރަމުން ދަނީ އެއްވެސް ސަބަބެއް ނެތި ކަމަށެވެ.

"ރޭ ދަންވަރު 1،110 އަށް ވުރެ ގެޔަށް ފުލުހުން ވަނީ އަމުރެއް ނެތ. ގެތަކުގައި ތިބި އަންހެނުންނާއި ކުދިންނަށް ބިރު ދައްކައި ފުރައްސާރަ ކުރި،" އޭނާ ޓްވީޓް ކުރެއްވި އެވެ.

އާ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް-އެން ގެ އިސް މެމްބަރެއް ކަމަށްވާ އަތާއުﷲ ތަރާރް ވިދާޅުވީ އިދިކޮޅު ސަޕޯޓަރުން ރާވައިގެން އުޅެނީ ހަތިޔާރާ އެކު މުޒާހަރާއަށް ނުކުތުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox