އދ. ގެ އޮފިޝަލްގެ ދަތުރާ އެކު ދޮގު މައުލޫމާތު ހުއްޓޭނެ ކަމަށް އުއްމީދު ކުރަން: ޗައިނާ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް އޮފިޝަލް މިޝޭލް ބެޝެލެޓް. -- ފޮޓޯ: އޭއެފްޕީ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް އޮފިޝަލް މިޝޭލް ބެޝެލެޓް. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (މޭ 24) - އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ ޗައިނާއަށް ކުރައްވާ ދަތުރުގެ ސަބަބުން އެ ގައުމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރުން ހުއްޓޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.

ވާންގް ޔީ އާއި މިޝޭލް ބެޝެލެޓް ހޯމަ ދުވަހު ބެއިޖިންގައި ބައްދަލުކުރެއްވި އެވެ. ޗައިނާ ފޮރިން މިނިސްޓްރީން ބުނީ ބެޝެލެޓްގެ ދަތުރުގެ ސަބަބުން ޗައިނާއާ ބެހޭ ދޮގު މައުލޫމާތު ހަގީގަތް ހާމަވެ، އެކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރުމުގެ ޝައުގު ވާންގް ޔީ ފާހަގަކުރެއްވި ކަމަށެވެ.

ވާންގް ވިދާޅުވީ މައިނޯރިޓީންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި އާއްމު ރައްޔިތުންގެ ފުރާނަ ރައްކާތެރި ކުރުމަކީ ޗައިނާ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ދެ ކަންތައް ކަމަށެވެ.

"ބައިނަލްއަގްވާމީ ގޮތުން އިންސާނީ ހައްގުތައް ކުރިއަރުވަން ބޭނުން ނަމަ، އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ޖެހޭނީ އިންސާނީ ހައްގުތައް ސިޔާސީ ކުރުން ހުއްޓާލަން،" އޭނާ ވިދާޅުވި އެވެ.

ބެޝެލެޓްގެ ހަ ދުވަހުގެ ދަތުރުގައި ޝިންޖިއާންގެ އުރުމްގީ އަދި ކަޝްގަރް ސިޓީއަށް ވަޑައިގަންނަވާނެ އެވެ. މިއީ އދ. ގެ އިސް އޮފިޝަލަކު 2005 ވަނަ އަހަރަށް ފަހު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއަށް ތުހުމަތު ކުރެވޭ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ އުއިގާ ދަރިކޮޅުގެ މުސްލިމުން ޝިންޖިއާންގެ ރެފިއުޖީ ކޭމްޕުތަކުގައި ބަންދުކޮށްފައިވެ އެވެ. ނަމަވެސް ޗައިނާއިން ތުހުމަތު ދޮގުކޮށް ބުނަނީ އެއީ ހުޅަނގުން "މި ގަރުނުގައި ހެދި އެންމެ ބޮޑު ދޮގު" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox