ޒިޔަދަމްގެ މަރު: ދައުވާ ލިބޭ ޝަނޫންގެ ބަލި ހާލަތާ ހުރެ ހުލާސާ ބަޔާން މިއަދު ވެސް ނީއްވުނު

ޒިޔަދަމްގެ މަރު: ދައުވާ ލިބޭ ޝަނޫންގެ ބަލި ހާލަތާ ހުރެ ހުލާސާ ބަޔާން މިއަދު ވެސް ނީއްވުނު

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި ދައުވާ އުފުލިފައިވާ މުހައްމަދު ޝަނޫންގެ ބަލި ހާލަތު ހުރި ގޮތުން ޝަރީއަތުގެ އަޑުއެހުމުގައި އިންނަން އުނދަގޫވާތީ މައްސަލައިގެ ހުލާސާ ބަޔާން އިއްވަން އަންނަ މަހު އަޑުއެހުމެއް ބާއްވަން މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު މިއަދު ނިންމަވައިފި އެވެ.

ޒިޔަދަމް މަރާލާފައި ވަނީ މީގެ ހަ އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް، އޭނާގެ ކަރަށާއި ބުރަކަށްޓަށް އަދި ފަލަމަސްގަނޑަށް މަސްކަނޑާ ވަޅިއަކުން ހަމަލާދީގެންނެވެ.

އެންމެ ފުރަތަމަ އޭނާގެ ފަލަ މަސްގަނޑަށް ވަޅި ޖެހުމުން، އެ ހަމަލާއިން ސަލާމަތްވުމަށް ދުވެފައި ދަނިކޮށް، ދެ މީހެއް އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ މަރާލާފައިވާ ކަމަށް ދައުވާގައި ބުނެފައި ވެއެވެ. އެ ދެ މީހުންނަކީ އެ ރަށަށް ނިސްބަތްވާ އަލީ ސިފާމް އާއި ޝަނޫން ކަމަށް ދައުވާގައިވެ އެވެ.

ސިފާމް އާއި ޝަނޫންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭގެ އިތުރަށް ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ހަ އަހަރުވީ މައްސަލަ މީގެ ކުރިން ތިންހަތަރު ގާޒީން ބަލާފައިވާއިރު، މިހާރު މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ އިސްމާއީލް ޝަފީއު ވަނީ މައްސަލަ ވީހާވެސް އަވަހަށް ނިންމަން މަސައްކަތް ކުރައްވައިފަ އެވެ. ހެކި ނެގުމުގެ މަރުހަލާ ނިންމައި ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާއަށް ގެންދެވުނެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވެސް ދައުލަތުން ހުލާސާ ބަޔާން އިއްވަން ފެށި ނަމަވެސް މައްސަލައަށް ގާޒީ އެ ދުވަހު ކަނޑައެޅުއްވި ވަގުތު ހަމަވިއިރު ވެސް ހުލާސާ ބަޔާން އިއްވައި ނުނިމެ އެވެ. ދެން އެ ކަމަށް ތާވަލުކޮށް އަޑުއެހުން ކެންސަލް ވެގެން ވެސް ދިޔަ އެވެ.

މިއަދުގެ އަޑުއެހުމުގައި ޝަނޫން ވަނީ އޭނާގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސާ ކަމާއި ބޭރަށް ހިންގާތީ ވެސް ޝަރީއަތުގައި އިންނަން އުނދަގޫ ކަމަށް ބުނެފަ އެވެ.

ސިފާމްގެ ވަކީލުން ދެން ވަނީ އޭނާގެ ބައި އެކަނި މިއަދު އިއްވަން އެދިފަ އެވެ. ނަމަވެސް ދައުލަތުން ބުނީ ހުލާސާ ބަޔާން ތައްޔާރު ކޮށްފައި ވަނީ ދެ މީހުންގެ ބައި ވެސް އެއްކޮށް ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.

އެހެންވެގެން ދެ މީހުންނަށް ވެސް އެކުގައި ހަމަހަމަ ފުރުސަތު ދޭން ވެގެން ގާޒީ ނިންމެވީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ނިންމައިފަ އެވެ. އެއީ ހޮނިހިރު ދުވަހެކެވެ.

މައްސަލަ ހިނގައި ދިޔަ ގޮތް

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއް ބުނާ ގޮތުން ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށް ވެއެވެ. އަދި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އެނގޭ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނާ ގޮތުން ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގެ ތެރެއިންނެވެ.

އެ ގޭގެ ބަދިގެއިން އޭނާގެ ހަށިގަނޑު ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރު ވެސް ހެކިވެރިޔާ ހުރި ކަމަށާއި ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކުރި ކަމަށް ހެކިބަސް ދެމުން އޭނާ ކިޔައިދިނެވެ. އަދި ޝަނޫނުގެ ސޯޓުގަ އާއި އަތުގައި އެވަގުތު ލޭ ހުރިތަން ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox