ފަހަތުން އަރައި މޮޅުވެ މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކޮށްފި

May 22, 2022, 5:56 PM
ފަހަތުން އަރައި މޮޅުވެ މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކޮށްފި

މެންޗެސްޓާ (މެއި 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަސް މިނިޓް ތެރޭ ތިން ގޯލު ޖަހައި، ފަހަތުން އަރައި އެސްޓަން ވިލާ 3-2 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ދެ ވަނައިގައި އޮތް ލިވަޕޫލުން ވެސް ފަހަތުން އަރައި 3-1 އިން ވުލްވްސް ބަލިކުރިއިރު، މިރޭ ސިޓީ އަށް މޮޅުނުވެވުނު ނަމަ ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އެކަމަކު، ސިޓީން މޮޅުވެ، އެއް ޕޮއިންޓުގެ ފަރަގުން ލީގު ކާމިޔާބުކުރިއިރު، މިއީ ފަސް އަހަރު ތެރޭ އެ ޓީމުން ލީގު ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ. އަދި ޖުމްލަ އެކު ސިޓީން ވަނީ އަށް ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ސިޓީ އެއް ވަނައިގައި ނިންމާލީ 93 ޕޮއިންޓާ އެކު އެވެ. ލިވަޕޫލަށް ދެ ވަނަ ލިބުނީ 92 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި ނިންމީ 2-1 އިން ވަޓްފޯޑް ބަލިކުރި ޗެލްސީ އެވެ. ޗެލްސީ އަށް ލިބުނީ 74 ޕޮއިންޓެވެ. ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ކަށަވަރުކުރީ ޓޮޓެންހަމް ހޮޓްސްޕާސް އިންނެވެ. ޓޮޓެންހަމުން މިރޭ 5-0 އިން ނޮރިޗް ސިޓީ ބަލިކުރިއިރު، ޓޮޓެންހަމަށް ވަނީ 71 ޕޮއިންޓް ލިބިފަ އެވެ.

ފަސް ވަނައިގައި ނިންމި އާސެނަލާއި ހަ ވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑް އަންނަ ސީޒަނުގައި ކުޅޭނީ ޔޫރޮޕާ ލީގެވެ. އާސެނަލް އަށް ލިބުނީ 69 ޕޮއިންޓެވެ. އާސެނަލް ވަނީ މިރޭ ފަހަތުން އަރައި 5-1 އިން އެވަޓަން ބަލިކޮށްފަ އެވެ. ޔުނައިޓެޑް ވަނީ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވެފަ އެވެ. ޔުނައިޓެޑަށް ލިބުނީ 58 ޕޮއިންޓެވެ.

ހަތް ވަނައިގައި ނިންމައި، ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ޔުއެފާ ކޮންފަރެންސް ލީގަށް ކޮލިފައިވެފަ އެވެ. ވެސްޓް ހޭމް މޮޅުވިނަމަ، ޔުނައިޓެޑް ކޮންފަރެންސް ލީގަށް ވެއްޓޭނެ އެވެ. މިރޭ، ބްރައިޓަން ދަނޑުގައި ފުރަތަމަ ވެސްޓް ހޭމް އިން ލީޑުނެގި ނަމަވެސް 3-1 އިން ބަލިވީ އެވެ. މި ނަތީޖާއާ އެކު ވެސްޓް ހޭމް ހަތް ވަނައިގައި އޮތީ 56 ޕޮއިންޓް ހޯދައިގެންނެވެ.

ސިޓީ ދަނޑުގައި މިރޭ ފުރަތަމަ ހާފުގައި އެސްޓަން ވިލާ އިން ލީޑުނެގީ މެޓީ ކޭޝް ބޮލުން ޖެހި ގޯލުންނެވެ. ސިޓީން ލަނޑެއް ޖަހަން ކުރިއަށް ޖެހިގެން ކުޅެނިކޮށް، މެޗުގެ 75 ވަނަ މިނިޓްގައި ފިލިއްޕޭ ކުޓީނިއޯ އެސްޓަން ވިލާގެ ލީޑުފުޅާކޮށްދިނެވެ.

ސިޓީން ނަތީޖާ އަނބުރާލީ ޖެހިގެން އައި ފަސް މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. ސިޓީގެ ފުރަތަމަ ގޯލު ޖެހީ ބަދަލަކަށް އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގަ އެވެ. ރަހީމް ސްޓާލިން ނެގި ހުރަހަކުން އިލްކާއި ގުންޑޮގާން ބޯޅަ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އޭރިއާބޭރުން ރޮޑްރީ ޖެހި ގޯލުން ސިޓީން ނަތީޖާ ހަމަހަަމަކުރިއިރު، ސިޓީ މޮޅުކޮށްދިން ގޯލު ގުންޑޮގާން ޖެހީ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުންނެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އެ ޓީމުން މެޗު ފަށައިގެން ހަމަޖެހިނުލެވެެނިސް ވުލްވްސްގެ ޕެޑްރޯ ނެޓޯ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދިނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަޑިއޯ މާނޭ ލިވަޕޫލަށް އެއްވަރުކޮށްދިނެވެ. ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަަހަރަށް ލީޑުނަގައިދިނީ މުހައްމަދު ސަލާހު އެވެ. ލިވަޕޫލްގެ ފަހު ގޯލު ޖެހީ ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން އެންޑްރިއު ރޮބަޓްސަން އެވެ.

މި ފަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވީ، އެންމެ ފުލަށް ދިޔަ ނޮރިޗް ސިޓީ އާއި ވަޓްފޯޑްގެ އިތުރުން މިރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން ބަލިވި ބާންލީ އެވެ. ލީޑްސް ޔުނައިޓެޑް ސަލާމަތްވީ މިރޭ ރަށުންބޭރުގައި ބްރެންޓްފޯޑް އަތުން 2-1 އިން މޮޅުވެގެންނެވެ. ލީޑްސް މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގަ އެވެ.

ޕްރިމިއާ ލީގުގެ އިންޑިވިޖުއަލް ޓްރޮފީ އަށް ބަލާއިރު، އެންމެ ގިނަ ގޯލު ޖެހި ރަން ބޫޓު ލިބުނީ 23 ގޯލު ޖެހި ސަލާހު އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ސޮން ހެއުން މިން އަށެވެ. އެންމެ މޮޅު ކީޕަރުގެ އެވޯޑް ދިނީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އާއި ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް އަށެވެ. ދެ ކީޕަރުން ވެސް ވަނީ 20 މެޗު ގޯލެއް ނުވައްދައި ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox