ސަރުކާރުތަކުން ކާބޯތަކެއްޗާއި ކަރަންޓުގެ ސަބްސިޑީ ދޭން އައިއެމްއެފްއިން ގޮވާލައިފި

އައިއެމްއެފްގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖިއޭވާ. -- ފޮޓޯ: ބީބީސީ

އައިއެމްއެފްގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖިއޭވާ. -- ފޮޓޯ: ބީބީސީ

ގައުމުތަކުގެ އެންމެ ފަގީރު ރައްޔިތުންނަށް ކާބޯތަކެއްޗާއި ކަރަންޓުގެ ސަބްސިޑީ ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސަރުކާރުތަކަށް ގޮވާލައިފި އެވެ.

އައިއެމްއެފްގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖިއޭވާ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހުރިހާ ގައުމެއްގައި ވެސް ދިރިއުޅުމުގެ ހަރަދު މަތިވަމުން ދާތީ ގިނަ ބަޔަކަށް ގޮންޖެހުން ދިމާވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުތަކުން ރައްޔިތުންނަށް އެހީ ފޯރުކޮށްދޭން ވާނީ "ޓާގެޓްކޮށްގެން، ސީދާ ރައްޔިތުންގެ އަތަށް ސަބްސިޑީ ދެވޭނެ ގޮތަކަށް" ކަމަށެވެ.

ގިނަ ގައުމުތަކެއްގެ ސަރުކާރުން މިހާރު ވެސް އެކި ކަންކަމަށް ސަބްސިޑީ ފޯރުކޮށްދެ އެވެ. ނަމަވެސް އެގޮތަށް ފޯރުކޮށްދޭ އެހީއިން ނުފުދޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

"އިސްކަންދޭންވީ ފުރަތަމަ ކަމަކީ އެންމެ ފަގީރު މީހުން. އެއީ ކާބޯތަކެއްޗާއި ކަރަންޓުގެ އަގު އުފުލޭތީ އެންމެ ހާލުގައި އުޅެން ޖެހޭ މީހުން،" އޭނާ ވިދާޅުވި އެވެ.

ދެ ވަނަ ކަމެއްގެ ގޮތުން އިސްކަންދޭންވީ ޔޫކްރެއިންގައި ކުރާ ހަނގުރާމައިގެ ސަބަބުން އަސަރުކޮށް "އެންމެ ބޮޑަށް ގެއްލުންވެފައިވާ" ވިޔަފާރިތަކަށް އެހީވުން ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ އެހީދޭ އިދާރާއެއް ކަމަށްވާ އައިއެމްއެފްގެ ރޯލަކީ ސަރުކާރުތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު އެއް ހަމައެއްގައި ހިފަހައްޓައި ކުރިއެރުން ހޯދޭނެ ގޮތްތައް މަގުފަހި ކުރުމެވެ.

ނަމަވެސް މި އަހަރު ކާބޯތަކެތީގެ އަގު ރެކޯޑް މިންވަރަށް މަތިވެ، ތެލާއި ގޭހުގެ އަގު ވެސް ވަރަށް ބޮޑަށް އުފުލިފައި ވާތީ، އައިއެމްއެފްގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

އެގޮތަށް ދިމާވީ ކޮވިޑް ބަލިމަޑުކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ޔޫކްރެއިންގައި ހަނގުރާމަ ފެށުމުންނެވެ. ރަޝިއާ އާއި ޔޫކްރެއިނަކީ ދަނޑުވެރި އުފެއްދުންތަކާއި ހަކަތަ އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox