އިންޑިއާ އާއި ބަންގްލަދޭޝްގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިއްޖެ

ބަންގްލަދޭޝްގައި ދޮންކެޔޮ ވިއްކާ މީހަކު ފެންގަނޑުގެ ތެރެއިން ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

ބަންގްލަދޭޝްގައި ދޮންކެޔޮ ވިއްކާ މީހަކު ފެންގަނޑުގެ ތެރެއިން ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

ސިލްހެތް، ބަންގްލަދޭޝް (މޭ 21) - އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝް އާއި އިންޑިއާގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އެތައް މިލިއަން ބަޔަކު ހާލުގައި ޖެހި، 57 މީހުން މަރުވެއްޖެ އެވެ.

ފާއިތުވި 20 އަހަރު ތެރޭގައި ބަންގްލަދޭޝްގެ އިރުއުތުރުގައި ދިމާވި އެންމެ ބޮޑު ފެންބޮޑުވުމާ އެކު ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ ގެދޮރި ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ސިލްހެތް ސަރަހައްދުގެ ސަރުކާރުގެ ޗީފް އެޑްމިނިސްޓްރޭޓަރު މުޝައްރަފު ހުސެން ވިދާޅުވީ ބާރަކް ކޯރު ފުރިގެން ބަންޑުންވެ، ޒަކިގާންޖްގައި 100 އަށް ވުރެ ގިނަ އަވަށް އެއްކޮށް ފެންބޮޑުވެފައިވާ ކަމަށެވެ.

"ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް ގާތްގަނޑަކަށް ދެ މިލިއަން މީހުން ހާލުގައި ޖެހިފައިވޭ،" މިދިޔަ ހަފްތާގައި 10 މީހުން މަރުވިކަން ފާހަގަކުރައްވަމުން އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ބޮޑެތި ސަރަހައްދުތަކާއި އަވައްޓެރި އިންޑިއާގެ ބައެއް ހިސާބުތަކުގައި އާއްމުކޮށް ވެސް ވިއްސާރަ މޫސުމުގައި ފެންބޮޑުވެ އެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި ފެންބޮޑުވުން އަވަސްވެ، ކުރިއަށް ވުރެ ހާލަތު ގޯސް ވާން މެދުވެރިވެފައި ވަނީ މޫސުމީ ބަދަލުގެ ސަބަބުންނެވެ.

އިންޑިއާގެ ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީތަކުން ބުނީ ފާއިތުވި ހަފްތާގައި އެ ގައުމުގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް އަދި ހޮނު އެޅުން ފަދަ ހާދިސާތަކުގައި 47 މީހުން މަރުވި ކަމަށެވެ.

ބަންގްލަދޭޝްގެ ބޯޑަރާ ޖެހިގެން އޮންނަ އައްސާމް ސްޓޭޓުން އެކަނިވެސް 14 މީހުން މަރުވި އެވެ. އެ ސްޓޭޓުން ބުނީ ފެންބޮޑުވުމުގެ އަސަރު 3،200 އަވަށާއި 850،000 މީހުންނަށް ކޮށްފައިވާ ކަމަށެވެ. ގެދޮރަށް ގެއްލުން ލިބުމުގެ ސަބަބުން 90،000 އެއްހާ މީހުން ތިބީ ވަގުތީ ހިޔާތަކުގަ އެވެ.

އައްސާމްގެ ހުޅަނގުން އޮންނަ ބިހާރް ސްޓޭޓުގައި 33 މީހުން މަރުވެ، 40 މީހުންނަށް އަނިޔާވި އެވެ. ފާއިތުވި ހަފްތާގެ ކުރީކޮޅު ބިހާރް ސްޓޭޓަށް އާދަޔާ ހިލާފަށް ހޫނު ގަދަވެ، ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox