ތަމަޅައިންގެ ބަޔަކު ޑިއޭގޯ ގާސިއާގައި ހިފަހައްޓާފައި ތިބޭތާ އަށް މަސް، ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފި

އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގަމުން އަންނަ ޑިއޭގޯ ގާސިއާ --- ފޮޓޯ: ޔޫއެސް ނޭވީ/އޭޕީ

އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގަމުން އަންނަ ޑިއޭގޯ ގާސިއާ --- ފޮޓޯ: ޔޫއެސް ނޭވީ/އޭޕީ

އެމެރިކާ އަދި އިނގިރޭސި ވިލާތް ގުޅިގެން އަސްކަރީ މަރުކަޒެއް ހިންގަމުން އަންނަ ޑިއޭގޯ ގާސިއާގައި ހިފަހައްޓާފައި ތިބި ސްރީ ލަންކާގެ ތަމަޅައިންގެ ބަޔަކު ސިޔާސީ ހިމާޔަތް ދިނުމަށް ގޮވާލައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޑިއޭގޯ ގާސިއާގައި 89 ތަމަޅައިން ހިފަހައްޓާފައި އެބަ ތިއްބެވެ. އެމީހުން ހިފެހެއްޓީ ކެނެޑާ އިން ސިޔާސީ ހިމާޔަތް ހޯދުމުގެ އުންމީދުގައި ބޯޓެއްގައި ފުރައިގެން ދަނިކޮށް އިންޑިއާ ކަނޑުންނެވެ. އެ ބޯޓަށް މައްސަލަތަކެއް ދިމާވި ފަހުން ކަނޑުމަތިން އިނގިރޭސި ސިފައިން އެ މީހުން ހުއްޓުވުމަށް ފަހު ގެންދިޔައީ ޑިއޭގޯ ގާސިއާށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 3، އިން ފެށިގެން އެ މީހުން ތިބީ އެ މަރުކަޒުގައި ހިފަހައްޓާފަ އެވެ. އެހެން ގައުމަކަށް ދެވޭނެ ދުވަހެއް އަދި އެތަނުގައި އެމީހުން ބައިތިއްބާނެ ދުވަހެއް އަންގާފައެއް ނުވެ އެވެ. އޭގެ ތެރޭގައި 20 ކުޑަކުދިން ވެސް ހިމެނޭއިރު ބައެއް މީހުން ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފަ އެވެ.

ހަތް މީހަކު އެ ހަޅުތާލުގައި ބައިވެރިވެފައިވާއިރު އެމީހުން ޑިމާންޑު ކުރަމުން ދަނީ އަލުން އަނބުރާ އެ މީހުން ލަންކާއަށް ނުވަތަ އިންޑިއާއަށް ފޮނުވާ ނުލުމަށެވެ. އަދި، އިނގިރޭސިވިލާތް ނޫން އެހެން ގައުމަކުން ސިޔާސީ ހިމާޔަތް ދިނުމަށެވެ.

ޑިއޭގޯ ގާސިއާގައި ވެސް އެ މީހުން ހިފަހައްޓާފައި ތިބީ އެއްވެސް ވަރަކަށް މިނިވަންކަމެއް ނުލިބޭ ގޮތަށް ކަމަށް ބުނެ އޭގެ ތެރެއިން ބައެއް މީހުންގެ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހިމާޔަތް ހޯދުމަށް މަސައްކަތްކުރަމުންދާ 89 މީހުންގެ ތެރެއިން 81 މީހަކު ތަމްސީލުކުރާ އިނގިރޭސި ލޯ ފާމުން ވަނީ ރެފީއުޖީންނާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން އެމީހުންނަށް ހިމާޔަތް ދިނުމަށް އިނގިރޭސި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކުރުމަށް ގޮވާލާފަ އެވެ.

ހަމައެހެންމެ، ބައެއް މީހުންނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ކުރެވޭނެ ގޮތެއް ވެސް ޑިއޭގޯ ގާސިއާގައި ނެތުމަކީ ވެސް އެ މީހުންގެ ކަންބޮޑުވުމެކެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ބަހްރައިންގައި ފަރުވާ ދިނުމަށް ފަހު އަލުން އަނބުރާ ގެންދިޔައީ ހަމަ ޑިއޭގޯ ގާސިއާއަށެވެ.

އިނގިރޭސި ސަރުކާރުން "އަލްޖަޒީރާ" އަށް ބުނެފައިވާ ގޮތުގައި އެ އެންމަނަށް ވެސް އެއްވެސް ހުރަހެއް ނެތި އާއިލާއަށް ގުޅުމަށް ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނުތަކާއި އެއްގޮތަށް އެ މީހުންނާ މެދު އަމަލުކުރުމަށް އދ. ގެ ރެފިއުޖީންގެ އޮފީހުން ވަނީ އިނގިރޭސި ސަރުކާރަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox