ނަގަން ބުނީމަ ވެސް ނުނެގި ލަކުޑި ކެފޭތައް ބިމާ ހަމަކުރަނީ

ހުޅުމާލޭ ފޭސް ޓޫ ހިޔާ ސަރަހައްދުގައި ހުންނަ ވަގުތީ ކެފޭތައް: މިތަންތަން ނަގަން އެޗްޑީސީން މަސައްކަތްކުރާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭ ފޭސް ޓޫ ހިޔާ ސަރަހައްދުގައި ހުންނަ ވަގުތީ ކެފޭތައް: މިތަންތަން ނަގަން އެޗްޑީސީން މަސައްކަތްކުރާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަހައްދުގައި ލަކުޑި އާއި ޕެލެޓާއި އުކާލާ ސާމާނު ބޭނުންކޮށްގެން ހަދާފައި ހުރި ވަގުތީ ކެފޭތަކާއި ސްޓޯލްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގަން ފަށައިފި އެވެ.

ފްލެޓުތަކުގެ ތަޅުދަނޑިތައް މީހުންނާ ހަވާލުކުރި ދުވަހުން ފެށިގެން ހިޔާ ސަރަހައްދުން ފެންނަން ފެށި މި ކެފޭތައް ނަގަން އެޗްޑީސީން މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފުރަތަމަ މިގޮތަށް ތަންތަން ހަދައިގެން ހިދުމަތް ދޭން ފެށުމުން ވެސް އެޗްޑީސީން އެކަމާ ދެކޮޅު ހެދި އެވެ.

އެކަމަކު ހިޔާ ސަރަހައްދުގައި އޭރު އެއްވެސް ފިހާރައެއް ނެތުމުން އެތަންތަން ނުނަގާ، ޒާތެއްގެ ވަގުތީ ހުއްދައެއްގެ ދަށުން ބެހެއްޓީ އެވެ.

އެ ނިންމުން ބަދަލުކޮށް މިތަންތަން ނަގާ، ތަން ހުސްކުރަން އެޗްޑީސީން ހަފުތާއެއްގެ މުހުލަތު ދިނެވެ. އެއީ ހުސްވި އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެއިން އެއްވެސް ތަނެއްގެ "ވެރިފަރާތުން" އެތަންތަނެއް ނުނަގަ އެވެ.

މިކަމާ ރައްޔިތުންގެ ހިތްހަމަނުޖެހިގެން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އޭރު އެޗްޑީސީން ބުނީ ވަރަށް އަވަހަށް ނަގާނެ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެތަންތަން ނަގާ ހިސާބަށް ކަންކަން ދިޔައީ އަމިއްލައަށް އެތަންތަން ނަގަން ދިން ފުރުސަތުތަކަށް ތަކުރާރުކޮށް ގޮންޖަހާ، ނުނަގަން ތިބީމާ އިތުރު ގޮތެއް ނެތިގެންނެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު "އަދަދު" އަށް މިރޭ ވިދާޅުވީ އެތަންތަން ނަގަން ކުރިން ވެސް އަންގާފައިވާނެ ކަމަށާއި ނެގުމުގެ މަސައްކަތް ވެސް ކުރިއްސުރެ އައީ ކުރަމުން ކަމަށެވެ. އެ މަސައްކަތް ރޯދަމަހަށް މެދުކަނޑައިލުމަށް ފަހު އަލުން ފެށީ މިއަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތަނަށް ދާއިމީ ހައްލެއް ހޯދާނެ ގޮތެއް އިއުލާނުކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ދާއިމީ ހައްލެއްގެ ގޮތުން ކުރާނެ ކަމަކީ ކިއޯސްކްތަކެއް ބެހެއްޓުމެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެޗްޑީސީން ދަނީ އެކްސްކެވޭޓަރު ބޭނުންކޮށްގެން މިތަންތަން ބިމާ ހަމަކުރަމުންނެވެ.

ކުރިން އަންގާފައި އޮތް އެންގުންތަކާ ހިލާފުވުމާ ގުޅިގެން އިތުރު ފުރުސަތެއް ނުދީ ތަން ތަޅާލި ނަމަވެސް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ތަން ހުސްކުރާށާއި ތަނުގައި ހުރި އެއްޗެއް ވެއްޖިއްޔާ ގެންދަން އެޗްޑީސީން ފުރުސަތު ދިން ކަމަށް ވެ އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް ޖަވާބު ނުދޭތީ މިކަމާ ގުޅިގެން އެ ކޯޕަރޭޝަނުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox