ޑިންގީގެ އިންޖީނު ވަގަށް ނެގުމުން މާޔޫސްވެފައި ހުއްޓައި އިއްސޭ އަށް ލައްވައިލީ 'ލައްކައެއް'ގެ ނަސީބެއް

"އަދަދު" އަށް އިއްސޭ އިންޓަވިއު ދެނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އަދަދު" އަށް އިއްސޭ އިންޓަވިއު ދެނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގޮނޑިއަށް އަރާމުވެލަމުން އެންމެ ފުރަތަމަ ވެސް އިސްމާއިލް މުހައްމަދު (އިއްސޭ)ގެ ވާހަކަ ފަށައިގަތީ މާ ދުރުގެ ހަނދާނަކުންނެވެ. ސްރީ ލަންކާ އާއި ރާއްޖޭން އެކުވެގެން ހޯސްޓްކުރި، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ދިވެހިން ކާމިޔާބުކުރި ގޮތުގެ ވާހަކަ އެވެ. ނޭޕާލް ކޮޅަށް ގްރޫޕް ސްޓޭޖުގައި ގަލޮޅު ދަނޑުގައި ދެ ލަނޑު ޖަހައި، އެ ފޯމުގައި ކުރިއަށް ގޮސް، ރާއްޖެ އަށް ސަރަހައްދީ ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދައިދިން ގޮތެވެ. އެ ތާރީހީ މުބާރާތުގައި މޮޅު ހުނަރު ދެއްކި ރާއްޖެ ޓީމުގެ ހަލުވި ވިންގް، އިއްސޭ އަކީ އެއީ ކަން ރޭކާލީ ދެނެވެ. ނަމުން އެކަނި ތައާރަފުދީ ނިންމާލުމުގެ ބަދަލުގައި، ފުރުސަތުން ފަހިކޮށްދިން ހާއްސަ ވަގުތުކޮޅުގައި ނަމާ ގުޅިފައިވާ އެންމެ ފަހުރުވެރި މާޒީ އާއި ކާމިޔާބީ އިއްސޭ ހިއްސާކުރީ އެވެ.

އެކަމަކު، އޭނާ ދައްކަން އައިސް އެ އިނީ އެވާހަކައެއް ނޫނެވެ. މާޔޫސްވެ، ގޮތް ހުސްވެފައި ހުއްޓައި އަތުގައި ބޮޑު ނަސީބެއް ހިފައި ދިރިއުޅުމަށް އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ އެވެ.

ރެޑްވޭވް ރޯދަސޭލް 2022ގެ އެއް ވަނަ ނަސީބުވެރިޔާ އަށް ހޮވިގެން 100،000 ރުފިޔާގެ ބޮޑު އިނާމު ލިބުނީ އިއްސޭ އަށެވެ.

"ރޯދަ ފެށެން ހަތަރު ދުވަހަށް ވެފައި އޮއްވައި ހުސް ވަގުތު މަސް ބާނަން ދާން ބޭނުންކުރި 19 ފޫޓުގެ ޑިންގީގައި އަޅާފައި ހުރި ސާޅީސް ހޯސްޕަވަރުގެ އިންޖީނު ވަގަށް ނެގީ،" އެތައް ދުވަހެއް ވަންދެން ފައިސާ އެއްކޮށްގެން ކުރި ބޮޑު ހަރަދެއް އަތުން ބީވެގެން ދިޔަގޮތާއި ލަކީޑްރޯ އަކުން މޮޅުވެގެން ދޮޅުމަސް ވެސް ނުވެ އެ ގެއްލުން ފޫބައްދަން ލިބުނު ނަސީބުގެ ރުފިޔާކޮޅު ލައްވާލި ގޮތުގެ ވާހަކަ އިއްސޭ ފެށި އެވެ.

އިއްސޭ މަހަށް ފުރަނަ ބޭނުންކުރި ޑިންގީ. އޭގައި އަޅާފައި ހުރި އިންޖީނު ބަޔަކު ވަގަށް ނެގި --- ފޮޓޯ: އިއްސޭ
އިއްސޭ މަހަށް ފުރަނަ ބޭނުންކުރި ޑިންގީ. އޭގައި އަޅާފައި ހުރި އިންޖީނު ބަޔަކު ވަގަށް ނެގި --- ފޮޓޯ: އިއްސޭ

އިއްސޭ މަހަށް ފުރަނަ ބޭނުންކުރި ޑިންގީ. އޭގައި އަޅާފައި ހުރި އިންޖީނު ބަޔަކު ވަގަށް ނެގި --- ފޮޓޯ: އިއްސޭ

ވިލިނގިލީ ފަޅުގައި އޮތް ޑިންގީގެ އިންޖީނު މަދުކަން އިއްސޭއަށް އެނގުނީ އޭނާގެ ގާތުގައި މީހަކު އެ ވާހަކަ ބުނުމުންނެވެ. އޭތި ހޯދަން ފޭސްބުކްގައި ޕޯސްޓް ޖަގައިގެންވެސް ލިބޭ ގޮތެއް ނުވިއެވެ.

އެ އަށް ފަހު މަހަށް ނުފުރި މާޔޫސްކަމުގައި ހުއްޓައި ލިބުނީ މާ އުފާވެރި ހަބަރެކެވެ. ރާއްޖޭގެ އެންމެ ބޮޑު ސުޕަމާކެޓް ޗެއިން، ރެޑްވޭވްގެ ރޯދަ ސޭލް އަށް ހުށަހެޅި 200،000 އަށް ވުރެ ގިނަ ކޫޕަންގެ ތެރެއިން އެންމެ އަގުހުރި އިނާމު އޭނާއަށް ލިބުނު ހަބަރެވެ.

ވަގަށް ނެގި އިންޖީނަށްވުރެ މާ މޮޅު، އެ އަށް ވުރެ މާ ބާރަށް ދުވާ އިންޖީނެއް ޑިންގީގައި އެޅުމުގެ ފުރުސަތު އޭނާ އަށް މިހާރު ފަހިވެއްޖެ އެވެ.

"ލަކީޑްރޯ ނަސީބު ލައްވައި ފުރަތަމަ ފަހަރު، ލިބުނީ އެންމެ ބޮޑު އިނާމު"

އެންމެ ފުރަތަމަ އިއްސޭ ރެޑްވޭވަށް ދިޔައީ ވެސް އެހެން ފިހާރައަކުން ގެއަށް ބޭނުންވާ އައިސް އަލަމާރިއެއް ބެލުމަށް ފަހު އެ ގަންނަން ނިންމައިގެން ހުރެ އެވެ. ނަމަވެސް، އޭނާގެ ނިންމުން ބަދަލުވީ ރެޑްވޭވުން އެއަށް ވުރެ މާ ރަނގަޅު އައިސް އަލަމާރިއެއް ފެނުމުންނެވެ.

"އަގު ވެސް ރަނގަޅު. ވަގުތުން އެކަން ނިންމާލައިފިން. އޭތި ގަތީ އެތަނުން،" އިއްސޭ ޝައުގުވެރިކަމާ އެކު ކިޔައިދިނެވެ.

އޭތި ގަތުމަށް ފަހު ރޯދައާ ދިމާކޮށް ގެއަށް ބޭނުންވާ ސާމާނު ގަންނަން ވެގެން އެހެން ފިހާރައަކުން ބައެއް ސާމާނަށް އޭނާ ފައިސާ ވެސް ދެއްކި އެވެ. އެކަމަކު، އެ އެއްޗެހި އެ ފިހާރައިން ނުލިބުމުން އޭނާއަށް އަނބުރާ ފައިސާ ދިނީ އެވެ. އެހިސާބުން އަނެއްކާ ވެސް އިއްސޭ ގޮސް ވަނީ ކުރީގެ ޝާޕް ފިހާރަ ހުރި ގޯޅީގައި ހުންނަ ރެޑްވޭވަށެވެ.

"މާ ރީތި އަލަމާރިއެއް އެތާ ހުރީ، ހުދު ކުލައިގެ ބޭނުންވާ ވައްތަރުގެ. އެވެސް ގަތީ އެތަނުން. އެނދު ވެސް ގަތީ އެތަނުން،" ވިލިމާލޭގައި އޭނާ ދިރިއުޅޭ ފްލެޓަށް އެއްޗެހި ގަތް ގޮތް ކިޔައިދެމުން އިއްސޭ ބުންޏެވެ.

އެ ވިޔާފާރި ކޮށްގެން އިއްސޭއަށް ލިބުނު 60 ކޫޕަން ފުރީ ވެސް އޭނާއެއް ނޫނެވެ. އޮފީހުގައި އެކުގައި މަސައްކަތްކުރާ ކުއްޖެކެވެ. ކޫޕަންތައް ލާން އެ ކުއްޖާ ވެސް ހުރީ ހަނދާން ނެތިފަ އެވެ.

ސޭލްގެ އެންމެ ފަހު ދުވަހު އެ ކުއްޖާއަށް ގުޅާފައި ވެސް އިއްސޭ ބުނީ ކޫޕަންތައް ނުލި ނަމަވެސް ހެޔޮ ކަމަށެވެ. ވިލިނގިލީގައި ހުރެފައި ކޫޕަންތައް ފޮއްޓަށް ލާން އޭނާ ދާން ބޭނުން ނުވީ އެވެ. އެކަމަކު އޭނާގެ އެކުވެރިޔާ ޕްރޮމޯޝަން ނިމުމުގެ ކުރިން ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލްގައި ހުރި ފޮއްޓަށް ކޫޕަންތައް ލި އެވެ.

އުންމީދު ނުކޮށް ހުއްޓައި ނަސީބުވެރިން ހޮވިއިރު އެއްވަނައިގައި ހޮވުނީ ކޫޕަންތައް ނުލާން ހުރި އިއްސޭ އެވެ. އޭނާ އޭރު އޮތީ ވެސް ނަސީބުވެރިޔަކަށް ހޮވިއްޖެނަމަ ގަންނާނީ އިންޖީނެއް ކަމަށް އޮފީސް ކުދިން ކައިރީގައި ބުނެފަ އެވެ.

"ޕްރޮމޯޝަން ވެސް ރަނގަޅު. އެހެން ތަންތަނަށް ވުރެ އަގުވެސް ހެޔޮ. ކޮލިޓީ ވެސް ރަނގަޅު. މަށަށް ވަރަށް ރީތި އެތަނުގައި ތިބި އެއްޗެހި،" ރެޑްވޭވަށް ތައުރީފް ކުރަމުން އެންމެފަހުން ބޭއްވި ވެޓެރަންސް ލީގުގެ މޮޅު ކުޅުންތެރިޔާ އިއްސޭ "އަދަދު"އަށް ކިޔައިދިނެވެ.

ޖުމްލަ 100،000ރ. ގެ ފައިސާގެ އިނާމެއް އިއްސޭ އަށް ލައްވާލިއިރު "ފޫހި" ރޯދަމަހަކަށް ފަހު އޭނާ މިހާރު އަނެއްކާ ވެސް ތައްޔާރަށް ހުރީ އިނާމު ލިބުމުން އާ އިންޖީނެއް ގަނެ، ޑިންގީގައި އަޅައިގެން މަހަށް ފުރާށެވެ.

"ހިތަށް އެރީ އެއްވެސް މީހަކަށް ދެރަ ގޮތެއް ނުވާނެއޭ،" އޭނާގެ އަތުގައި ހިފި ނަސީބާ ގުޅޭގޮތުން ދެކޭ ގޮތް ހާމަކުރަމުން އިއްސޭ ކިޔައިދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox