އިންޑިއާގެ އުތުރަށް އާދަޔާ ހިލާފަށް ހޫނު، ދެކުނަށް ބޯކޮށް ވާރޭ ވެހެނީ

އިންޑިއާގެ ދެކުނަށް ބޯކޮށް ވާރޭ ވެހޭތީ ހިނގި ހާދިސާތަކުގައި މިހާތަނަށް 10 މީހުން ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ދެކުނަށް ބޯކޮށް ވާރޭ ވެހޭތީ ހިނގި ހާދިސާތަކުގައި މިހާތަނަށް 10 މީހުން ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ

ގުވަހަޓީ، އިންޑިއާ (މޭ 19) - އިންޑިއާގެ ދެކުނުގެ ބައެއް ހިސާބުތަކަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 10 މީހުން މަރުވެއްޖެ އެވެ.

މަރުވި މީހުންގެ ތެރޭގައި ހަތަރު އަހަރު ކުއްޖަކު ވެސް ހިމެނެ އެވެ. ބުދަ ދުވަހު މޫސުމާ ބެހޭ އިދާރާއިން ބުނީ ދެކުނުގެ ސަރަހައްދުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ އިރު، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ކުރިމަތިވެދާނެ ކަމަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ވާރޭ ވެހުމާއި ހޫނު ގަދަވުން ފަދަ ކަންކަން އާދަޔާ ހިލާފަށް ބާރުގަދަވަމުން ދަނީ ދުނިޔެ ހޫނުވުމުން ކުރިމަތިވެފައިވާ މޫސުމީ ބަދަލާ ހެދި އެވެ. ދެކުނު އޭޝިއާގައި އެކަން އިތުރަށް ގޯސް ވަނީ ބޮޑެތި މަޝްރޫއުތައް ހިންގަން ޖަންގަލިތަކުން ގަސް ކަނޑައި، ކޯރުތަކުން ފެން ދަރުވުން ހުއްޓުވާތީ އެވެ.

Advertisement

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ދިން އިންޒާރުގައި ބުނީ މޫސުމީ އަސަރުތައް އާދަޔާ ހިލާފަށް ބޮޑަށް ކުރާނެ ކަމަށެވެ. އެގޮތުން ދެކުނަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭ އިރު، އުތުރުގެ ހިސާބުތަކަށް އާދަޔާ ހިލާފަށް ހޫނު ގަދަ އެވެ.

ނިއު ދިއްލީ އާއި އުތުރުގެ އެހެން ހިސާބުތަކަށް "ހީޓްވޭވް" ކުރިމަތިވެފައިވާ އިރު، އޭގެ ސަބަބުން ފެނުގެ ދަތިކަމާއި ކަރަންޓު ކެނޑުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ނިއު ދިއްލީގެ ފިނިހޫނުމިން ވަނީ 39 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފަ އެވެ.

ދެކުނާއި އިރުއުތުރުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު، އައްސާމް، ޓެމިލް ނާޑޫ، ކަރްނާޓަކާ އަދި ކެރަލާއިން ސަމާލުވުމަށް އަންގާފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބުދަ ދުވަހު ފެންބޮޑުވުމުގެ ސަބަބުން އައްސާމް ސްޓޭޓުން އަށް މީހުން މަރުވެ، 400،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އޭގެ އިތުރުން ކަރްނާޓަކާ ސްޓޭޓުން ވެސް ދެ މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox