އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަވަހާރަކޮށްލުމުގައި ބައިވެރިވި މީހަކު މިނިވަންކޮށްފި

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާންދީ އަވަހާރަވީ 1991 ވަނަ އަހަރު ދިން ހަމަލާއެއްގައި. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާންދީ އަވަހާރަވީ 1991 ވަނަ އަހަރު ދިން ހަމަލާއެއްގައި. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (މޭ 18) - އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާންދީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހަކު ޖަލުން މިނިވަން ކުރަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

އުމުރުން 50 އަހަރުގެ އޭޖީ ޕެރަރިވަލަން ހައްޔަރު ކުރީ މީގެ 30 އަހަރު ކުރިންނެވެ. އޭނާއަށް ޕެރޯލް ލިބުނީ މިދިޔަ މާޗް މަހު އެވެ. ފަނޑިޔާރު އެލް ނާގޭސްވަރަ ރިޔާސަތު ބެލެހެއްޓެވި ބެންޗުން އަމުރު ކުރީ އޭނާ މިނިވަން ކުރުމަށެވެ.

ރަޖީވް ގާންދީ އަވަހާރަވީ މޭ 21، 1991 ވަނަ އަހަރު އިންޑިއާގެ ދެކުނުގައި އޮންނަ ޓަމިލް ނާޑޫ ސްޓޭޓުގައި ދިން ބޮމުގެ ހަމަލާއެއްގަ އެވެ. ޕެރަރިވަލަންގެ މައްޗަށް ސާބިތުވީ ބޮމުގައި ބޭނުން ކުރި ބެޓެރި ފޯރުކޮށްދިން ކަމަށެވެ.

Advertisement

އެ ހަމަލާ ދިނީ ސްރީލަންކާގެ ހަނގުރާމަވެރި ގްރޫޕް ލިބެރޭޝަން ޓައިގާޒް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ނުވަތަ ތަމަޅަ ޓައިގަރުންނެވެ.

އަމިއްލައަށް މަރުވެގެން ދިން އެ ހަމަލާއަކީ 1987 ވަނަ އަހަރު އިންޑިއާއިން ތަމަޅަ ޓައިގަރުންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ސްރީލަންކާ ސަރުކާރާ އެކު އެއްބަސްވުމަކަށް އައުމުން ދިން ހަމަލާއެކެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ސްރީލަންކާއަށް ފޮނުވި އެވެ. ނަމަވެސް 1،200 އަށް ވުރެ ގިނަ އިންޑިއާ ސިފައިން މަރުވުމުން، ސިފައިން އަނބުރާ ގައުމަށް ގެންދިޔަ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އެއް ވަނަ އަހަރު ޕެރަރިވަލަން ހައްޔަރު ކުރި އިރު އޭނާގެ އުމުރުން 19 އަހަރެވެ. އެންމެ ފުރަތަމަ މަރަން ހުކުމް ކުރި ނަމަވެސް، ފަހުން ނިންމީ އުމުރަށް ޖަލަށް ލުމަށެވެ.

ޕެރަރިވަލަން މިނިވަން ކުރި އިރު، މައްސަލައިގައި ކުށް ސާބިތުވި އިތުރު ހަ މީހުން އަދިވެސް ތިބީ ޖަލުގަ އެވެ.

އިންޑިއާގެ އެންމެ ޒުވާން ބޮޑު ވަޒީރުގެ ގޮތުގައި ރަޖީވް ގާންދީ އިންތިހާބުވެވަޑައިގެންނެވީ، އެމަނިކުފާނުގެ މަންމާފުޅު ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީ އޮކްޓޯބަރު 1984 ގައި އަވަހާރަކޮށްލުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox