މަގުކޮނުމުގެ މަޝްރޫއުތަކުން އާސާރީ ބިނާތަކަށް ގެއްލުންވާ ކަމުގެ ޝަކުވާ ލިބޭ: އީޕީއޭ

ރަށެއްގައިވާ އާސާރީ ސަރަހައްދެއް. އާސާރުތަކަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް އީޕީއޭއިން މިއަދު ބުނި. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ރަށެއްގައިވާ އާސާރީ ސަރަހައްދެއް. އާސާރުތަކަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް އީޕީއޭއިން މިއަދު ބުނި. ފޮޓޯ: އާއިމް ޒަމީރު/އަދަދު

މަގުކޮނުމުގެ މަޝްރޫއުތަކުގެ ސަބަބުން ވަޅުލެވިފައި ހުންނަ އާސާރީ ބިނާތަަކަށް ގެއްލުން ވަމުންދާ ކަމަށް އެންވާރްމެންޓް ފްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ ތެރެއިން، މަގުކޮނުން ހިމެނޭ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދާއިރު ވަޅުލެވިފައިވާ ސާރީ ބިނާތަކަށާއި ތަކެއްޗަށް ގެއްލުން ލިބެމުންދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

އެފަދަ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް ބިން ކޮންނަމުންދާއިރު ފެންނަ ވަޅުލެވިފައި ހުންނަ އާސާރީ ބިނާތަކަށް ރައްކާތެރިވުމަށާއި އެފަދަ ތަކެތި ފެނިންޖެނަމަ، ވަގުތުން އެކަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް އެންގުމަށްވެސް އީޕީއޭން ވަނީ އެދިފަ އެވެ.

"ހެރިޓޭޖް މިނިސްޓްރީން ލަފާދޭ ގޮތަށް އެތަކެއްޗާއިމެދު އަމަލު ކުރެއްވުމަށް ދަންނަވަން.،" އީޕީއޭން ބުންޏެވެ.

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި އީޕީއޭން ތިމާވެށީގެ ކްލިއަރެންސް ލިބިގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރުމުގައި ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާއި އަދި އެހެނިހެން ގާނޫނާއި ގަވައިދުތަކާއި ހިލާފު ނުވާނެހެން މަސައްކަތްތައް ކުރުމަށްވެސް އީޕީއޭން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އާސާރުތަކަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ކަމަށް ބުނެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވެސް ދާދި ފަހުން ބަޔާނެއް ނެރުނެވެ. މިދިޔަ އޭޕްރިލްމަހު އެ މަރުކަޒުން ނެރުނު ބަޔާނުގައި ބުނީ ބައެއް ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު ތަރިކަތަކަށް ކޮށްފާނެ އަސަރު ނުބަލާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ތަންތަނާ ގުޅޭ މަސައްކަތްތައް ކުރުމުގައި އެ މަރުކަޒުން ހޯދަން ޖެހޭ ހުއްދަ ނުހޯދާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް ކަންތައް ކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭރު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox