އޭޝިއަން ކަޕް ހޯސްޓްކުރުމުގެ ފުރުސަތު ޖަޕާނަށް ދެނީ: ރިޕޯޓް

May 18, 2022, 7:57 AM
އޭޝިއަން ކަޕް ހޯސްޓްކުރުމުގެ ފުރުސަތު ޖަޕާނަށް ދެނީ: ރިޕޯޓް

ޓޯކިއޯ (18 މެއި) - ކޮވިޑް-19އާ ގުޅިގެން އޭޝިއަން ކަޕް ހޯސްޓް ނުކުރަން ޗައިނާ އިން ނިންމުމާ ގުޅިގެން، އެ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ޖަޕާނަށް ދިނުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

އަންނަ އަހަރުގެ ޖޫން/ޖުލައި ގައި ޗައިނާގެ 10 ސިޓީއެއްގައި އޭޝިއަން ކަޕް ބޭއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އެ މުބާރާތް ނުބޭއްވޭނެކަން އެ ގައުމުން އިއުލާންކުރީ މިދިޔަ ހަފުތާގަ އެވެ. ޗައިނާ އިން މުބާރާތް ހޯސްޓް ނުކުރުމަށް ނިންމީ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭޝިއަން ގޭމްސް ވެސް ވަނީ ފަސްކޮށްފަ އެވެ.

ޗައިނާގެ ނިންމުމާ ގުޅިގެން، 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ބާއްވާނެ ގައުމެއް ކަނޑައެޅުމަށް އޭއެފްސީން މަސައްކަތް ކުރަމުންދާއިރު، ޖަޕާނާށް އެ ފުރުސަތު ދިނުމަށް އޭއެފްސީން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

ޖަޕާން ފުޓްބޯލް އެސޯސިއޭޝަންގެ ޗެއާމަން ކޯޒޯ ޓަޝީމާ ވިދާޅުވީ އޭޝިއަން ކަޕް ހޯސްޓްކުރުމުގެ ފުރުސަތު ޖަޕާނަށް ދިނުމަށް ޝައުގުވެރިވާ ކަމަށް އޭއެފްސީން ބުނެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

"ހަމަ ޔަގީނުން ވެސް، ވަރަށް ވެސް އުފާވެރިކަމަކަށް ވާނެ އޭޝިއަން ކަޕް ހޯސްޓްކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ،" ޓަޝީމާ ވިދާޅުވި އެވެ.

ޖަޕާނުގައި އެންމެ ފަހުން އޭޝިއަން ކަޕް ބޭއްވީ 1992 ވަނަ އަހަރެވެ. އޭގެ ފަހުން، 2002 ވަނަ އަހަރު ދެކުނު ކޮރެއާއާ ގުޅިގެން ފީފާ ވޯލްޑް ކަޕް ވަނީ އެ ގައުމުގައި ބާއްވައިފަ އެވެ.

ކޮވިޑް-19ގެ އުނދަގޫ ހާލަތުގެ ތެރޭގައި މިދިޔަ އަހަރު ޖަޕާނުން ވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އޮލިމްޕިކްސް އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ 2020 ވަނަ އަހަރު ކަމުގައި ވިޔަސް، އޭގެ އެއް އަހަރު ފަހަތަށް ފަސްކުރަން ޖެހުނީ ކޮވިޑާ ހެދި އޭރު މުޅި ދުނިޔޭގެ އެކި ހަރަކާތްތައް ހުއްޓިފައި އޮތުމާއި ދަތުރުފަތުރުކުރުމުގެ ކަންކަން އެންމެ ރައްކާތެރިކަމާ އެކު ކަށަވަރުވެފައި ނެތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox