ގޮދަން ފުށް އެކްސްޕޯޓް ކުރުން މަނާ ކުރުމުން އިންޑިއާއަށް ފާޑުކިޔުން

އިންޑިއާގެ ދަނޑުވެރިން މަސައްކަތުގައި. -- ފޮޓޯ: ވަން އިންޑިއާ

އިންޑިއާގެ ދަނޑުވެރިން މަސައްކަތުގައި. -- ފޮޓޯ: ވަން އިންޑިއާ

ސްޓުޓްގާޓް، ޖަރުމަނު (މޭ 14) - އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓް ކުރުން މަނާ ކުރުމާ އެކު، ސިނާއީ ގޮތުން އެންމެ ކުރި އަރާފައިވާ ގައުމުތައް ހިމެނޭ ޖީ7 އިން ފާޑުކިޔައިފި އެވެ.

"ހުރިހާ އެންމެން މުދާ އެކްސްޕޯޓް ކުރުން މަނާކޮށް، މާކެޓުތައް ބަންދު ކުރަން ފަށައިފި ނަމަ މި ކާރިސާ އިތުރަށް ގޯސް ވާނެ،" ޖަރުމަނުގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޗެމް އޮޒްޑެމިރް ވިދާޅުވި އެވެ.

އާދަޔާ ހިލާފަށް ހޫނު ގަދަވެ، އުފެއްދުންތެރިކަން ދަށްވެފައި ވާތީ، ސަރުކާރުގެ ހުއްދަ ނެތި ގޮދަން ފުށް އެކްސްޕޯޓް ކުރުން އިންޑިއާއިން މަނާ ކުރީ ހޮނިހިރު ދުވަހު އެވެ.

އިންޑިއާއަކީ ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނައިން ގޮދަން ފުށް އުފައްދާ ގައުމެވެ. އެ ގައުމުން ބުނީ އުފެއްދުންތެރިކަން ދަށްވުމާއި ޔޫކްރެއިން ހަނގުރާމައާ ހެދި ދުނިޔޭގެ މާކެޓުގައި އަގު އުފުލުން ފަދަ ކަންކަމާ ހެދި، ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

ހޮނިހިރު ދުވަހު ޖަރުމަނުގެ ސްޓުޓްގާޓްގައި އޮތް ޖީ7 ބައްދަލުވުމުގައި ޔޫކްރެއިންގެ ދަނޑުވެރުކަމާ ބެހޭ މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭނާއާ ހަވާލަދީ އޮޒްޑެމިރް ވިދާޅުވީ ޔޫކްރެއިންގެ ގުދަންތަކުގައި 20 މިލިއަން ޓަނުގެ ގޮދަން ފުށް އެބަ ހުރި ކަމަށާއި އެއީ މިހާރުން މިހާރަށް އެކްސްޕޯޓް ކުރަން ޖެހޭ ސަޕްލައި ކަމަށެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުން ކުރިން، އެ ގައުމުން ކޮންމެ މަހަކު ވެސް 4.5 މިލިއަން ޓަނުގެ ދަނޑުވެރި އުފެއްދުންތައް ބޭރު ކުރެ އެވެ.

އެއީ ދުނިޔޭގައި އުފައްދާ ގޮދަން ފުށުގެ 12 ޕަސެންޓް، ޒުވާރީގެ 15 ޕަސެންޓް އަދި ސަންފްލާވާ ތެލުގެ 50 ޕަސެންޓެވެ.

ހަނގުރާމައާ ހެދި ޔޫކްރެއިންގެ ބޮޑެތި ބަނދަރުތައް ބަންދުވެފައި ވާތީ، މިހާރު ސަޕްލައި ކުރަން ވަރަށް ދައްޗެވެ.

ޖީ7 ގައުމުތަކުން ގޮވާލީ ކާބޯތަކެތީގެ ކާރިސާއެއް އޮތް ދަނޑިވަޅެއްގައި ގޮންޖެހުންތައް ކުރިމަތި ވާނެ ފަދަ ނިންމުންތައް ނުނިންމުމަށެވެ.

"ޖީ20 ގެ މެމްބަރު ގައުމެއްގެ ގޮތުން އިންޑިއާ ޒިންމާދާރުވުމަށް އަޅުގަނޑުމެން ގޮވާލަން،" ޖީ7 ގެ ރިޔާސަތު ބަލަހައްޓަވާ ޖަރުމަނުގެ އޮޒްޑެމިރް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox