ފިލިޕީންސްގެ އިންތިހާބުން ކުރި ހޯއްދެވީ ކުރީގެ ޑިކްޓޭޓަރުގެ ދަރިކަލުން

ފިލިޕީންސްގެ އިންތިހާބުން ކުރި ހޯއްދެވި ފާޑިނަންޑް މާކޯސް ޖޫނިއާ. -- ފޮޓޯ: ރޮއިޓާޒް

ފިލިޕީންސްގެ އިންތިހާބުން ކުރި ހޯއްދެވި ފާޑިނަންޑް މާކޯސް ޖޫނިއާ. -- ފޮޓޯ: ރޮއިޓާޒް

މެނީލާ، ފިލިޕީންސް (މޭ 10) - ފިލިޕީންސްގެ ރިޔާސީ އިންތިހާބުން ކުރި ހޯއްދެވީ ކުރީގެ ޑިކްޓޭޓަރު ފާޑިނަންޑް މާކޯސްގެ ދަރިކަލުން ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ފާޑިނަންޑް "ބޮންގްބޮންގް" މާކޯސް ޖޫނިއާ ވަނީ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯއްދަވާފަ އެވެ. އެންމެ ކައިރިން ވާދަކުރެއްވި ލެނީ ރޮބްރޭޑޯއަށް ވުރެ ދެ ގުނަ އިތުރަށް މާކޯސް ޖޫނިއާއަށް ވޯޓު ލިބުނެވެ.

އިންތިހާބުގައި ވޯޓުލީ މީހުންގެ ތެރެއިން 16 މިލިއަން މީހުން ތާއީދު ކުރީ މާކޯސް ޖޫނިއާ އަށެވެ.

ފިލިޕީންސްގައި ރައީސް އާއި ނައިބު ރައީސް ހޮވަނީ ވަކިންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންނެވީ މިހާރު ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދަރިކަނބަލުން އަދި ޑަވާއޯ ސިޓީގެ ކުރީގެ މޭޔަރު ސާރާ ޑުޓާޓޭ އެވެ.

ފިލިޕީންސްގައި ކުރިން ވެރިކަން ކުރެއްވި ފާޑިނަންޑް މާކޯސްގެ ސަރުކާރުގައި ހުދުމުހުތާރު ސިފަތައް ގިނަ އެވެ. ކޮރަޕްޝަން އިތުރުވެ، ރައްޔިތުންގެ އިންގިލާބަކުން އެ ސަރުކާރު ބަދަލު ކުރީ 1986 ވަނަ އަހަރު އެވެ.

ބައްޕާފުޅުގެ ވެރިކަން ކުރިއަށް ދިޔަ ގޮތާ ދެކޮޅަށް މާކޯސް ޖޫނިއާ ދުވަހަކު ވެސް ވާހަކަ ދައްކަވާފައެއް ނުވެ އެވެ. އެއާ ހިލާފަށް، ރިޔާސީ ކެމްޕެއިންގައި ވެސް އޭނާ ތަކުރާރުކޮށް މަސައްކަތް ކުރެއްވީ ބައްޕާފުޅުގެ ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ އިރު، ދާއިމީ ނަތީޖާ އިއުލާނު ކުރާނީ މޭ 28 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، މާކޯސް ޖޫނިއާގެ ސަޕޯޓަރުން ދަނީ މަގުތަކަށް ނުކުމެ އުފާ ފާޅު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox