ލަންކާގެ ހާލަތު ވަރަށް ގޯސް، ނުރައްކާތެރި ހަމަނުޖެހުންތައް ކޮންޓްރޯލް ނުވެ ތަންތަނުގައި ހުޅުޖަހަނީ

May 9, 2022, 3:55 PM
މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވީ ރާޖަޕަކްސައަށް ތާއީދުކުރާ މީހުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިނުމުން. އެއާއެކު އެ ގައުމުގެ އެކި ސިޓީތަކުގައި އަންނަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގަމުން --- ފޮޓޯ:

މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވީ ރާޖަޕަކްސައަށް ތާއީދުކުރާ މީހުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިނުމުން. އެއާއެކު އެ ގައުމުގެ އެކި ސިޓީތަކުގައި އަންނަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގަމުން --- ފޮޓޯ:

ކޮލޮމްބޯ، ސްރީލަންކާ (މޭ 9) - ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިންނަށް އޭނާގެ ސަޕޯޓަރުން މިއަދު ހެނދުނު ހަމަލާ ދިނުމާއި ގުޅިގެން މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެ އެ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ.

މިއަދު ހެނދުނު އޭއެފްޕީން ވަނީ ދަގަނޑު ހޮޅިބުރި އާއި ލަޓިބުރި ފަދަ ތަކެތި ބޭނުންކޮށްގެން ރައީސް އޮފީސް ބޭރުގައި ޓެންޓު ޖަހައިގެން ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދިޔަ ރައްޔިތުންނަށް ގޮތަބަޔާގެ ސަޕޯޓަރުން ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.

އެއަށްފަހު، ސަރުކާރަށް ތާއިދުކުރާ މީހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތައް އުފެދި ބައެއް ތަންތަނުގައި ވަނީ ހުޅުޖަހާފަ އެވެ. އޭގެ ތެރޭގައި ވެރިކަންކުރާ އެސްއެލްޕީޕީގެ މަޖިލިސް މެމްބަރުންގެ ގެތައް ހިމެނެ އެވެ. ކުރީގެ ކެބިނެޓު ވަޒީރުން ވެސް އޭގެ ތެރޭގައި ހިމެނޭއިރު އެމީހުން ދުއްވާ ވެހިކަލްތަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.

އެސްއެލްޕީޕީގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަމަރަކީރިތި އަތުކޮރަލާ ވަނީ މިއަދުގެ ހަމަނުޖެހުންތަކުގެ ތެރެއިން މަރުވެފަ އެވެ. ލަންކާގެ މީޑިއާތައް ބުނާ ގޮތުން އޭނާގެ ކާރުގައި ދިޔަ އޭނާއާއެކު ދިޔަ ބަޔަކު މުޒާހަރާގެ ބައިވެރިން ގަޔަށް ބަޑި ޖެހުމަށްފަހު އެތަނުން ފިލަން އޭނާ ދިޔައީ ކައިރީގައި ހުރި އިމާރާތަކަށެވެ.

އަދި، އެތައް ބަޔަކު އެ އިމާރާތް ވަށައިލުމުން ގަޔަށް ބަޑި ޖަހައި އޭނާ އަމިއްލައަށް މަރުވީ ކަމަށް ލަންކާގެ ފުލުހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ އަދި ރައީސް ގޮތަބަޔާގެ ބައްޕަ ޑީއޭ ރާޖަޕަކްސަގެ ހަނދާނުގައި ހަދާފައި ހުރި ބިނާއެއް ވެސް ވަނީ ބިމާ ހަމަކޮށްފަ އެވެ.

ލަންކާގެ އިދިކޮޅު ޕާޓީތަކުންނާއި މުޒާހަރާގެ ބައިވެރިން ގެންދަނީ އިސްތިއުފާ ދެއްވި މަހިންދަ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. އޭނާގެ ރަސްމީ ގެކޮޅު ކައިރީގައި ވެސް ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އެ މީހުން ގެންދަނީ ގޭޓު ވައްޓާލައި އެތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ.

މި ހަމަނުޖެހުންތައް ހުއްޓުވުމަށް ލަންކާގެ ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ކަރުނަ ގޭހާއި ޕްރެޝަރުގައި ފެން ޖަހައިގެން ވެސް މުޒާހަރާތައް މައިތިރި ނުކުރެވި ހަމަނުޖެހުންތަކަށް ވަނީ ބަދަލުވެފަ އެވެ.

މިހާތަނަށް މި ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މަރުވި މީހުންގެ ޔަގީން އަދަދެއް މިހާތަނަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައެއް ނުވެ އެވެ.

މުޅި ސްރީ ލަންކާގައި މާދަމާ ހެނދުނު 10 ޖަހަންދެން ކާފިއު އިއުލާނުކޮށްފައިވާއިރު މިއަދު ކޮލޮމްބޯގައި ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު ހިންގަން އޮތީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox