ފިލިޕީންސްގެ ވޯޓުލާ މަރުކަޒެއްގައި ތިން ގާޑުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ފިލިޕީންސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ އިރު ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނާއި ސިފައިން ގުޅިގެން. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ އިރު ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނާއި ސިފައިން ގުޅިގެން. -- ފޮޓޯ: އޭއެފްޕީ

ޑަވާއޯ، ފިލިޕީންސް (މޭ 9) - ފިލިޕީންސްގެ އިންތިހާބުގެ ވޯޓުލުން ހޯމަ ދުވަހު ފަށައިގެން ކުރިއަށް ދަނިކޮށް، ދެކުނުގެ ހިސާބެއްގައި ހުރި ވޯޓުލާ މަރުކަޒެއްގެ ތިން ސެކިއުރިޓީ ގާޑުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

ފިލިޕީންސްއަކީ ބަޑި ގެންގުޅުމުގެ ފަސޭހަ އުސޫލުތަކެއް އޮންނަ ގައުމެކެވެ. އިންތިހާބުތަކާ ދިމާކޮށް އާއްމުކޮށް ހަމަނުޖެހުން ހިނގާ ކަމަށް ފާހަގަކުރެވުނު ނަމަވެސް، މި ފަހަރުގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރިކޮށް ކަމަށް ފުލުހުން ކުރިން ބުންޏެވެ.

ސެކިއުރިޓީ ގާޑުންގެ ގަޔަށް ބަޑި ޖަހައި މަރާލީ މިންޑަނާއޯ ރަށުގެ ބުލުއަން މުނިސިޕަލިޓީގެ ވޯޓުލުން ހޯމަ ދުވަހު ހެނދުނު ފެށިތާ ކުޑައިރުކޮޅެއް ފަހުންނެވެ. އެ ތަނަކީ ޓެރަރިސްޓުންނާއި ހަތިޔާރު ހިފައިގެން އުޅޭ ގްރޫޕްތައް ގިނަ ތަނެކެވެ.

އެ ތަނުގެ ކުރީގެ މޭޔަރު އިބްރާހިމް މަންގުޑަޑަޓޫ ވިދާޅުވީ ބަޑި ޖަހަން ފެށުމާ އެކު ވޯޓުލާން ކިޔުގައި ތިބި މީހުން ސަލާމަތް ވާން ދުވި ކަމަށެވެ. ހަމަލާގައި ހަތަރު ވަނަ ގާޑަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަރުޖަމާނު މޭޖާ ރޯލްޑަން ކުންޓޮންގް ވިދާޅުވި އެވެ.

އާދީއްތަ ދުވަހުގެ ރޭ ޑާތޫ އުންސޭ މުނިސިޕަލިޓީގެ ވޯޓުލާ މަޒުކަޒެއްގެ ބޭރުގައި ފަސް ގްރެނޭޑް ވެސް ގޮއްވާލާފައިވެ އެވެ. އެ ހަމަލާގައި ނުވަ މީހުންނަށް އަނިޔާވި އެވެ.

އެ ހަމަލާދިންތާ އިރުކޮޅެއް ފަހު، އަވައްޓެތި ޝަރީފް އަގުއަކް މުނިސިޕަލިޓީގައި ވެސް ގްރެނޭޑެއް ގޮއްވާލި އެވެ. ނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. އެ ދެ އަވަށަކީ ވެސް މަގުއިންޑަނާއޯ ޕްރޮވިންސްގެ ދެ އަވަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނަކު ވިދާޅުވީ އެ ހަމަލާތަކާ އިންތިހާބާ ގުޅުމެއް އޮތްތޯ ބަލަމުންދާ ކަމަށެވެ.

ނައިބު ރައީސް ކަމަށް ވާދަކުރައްވާ ސާރާ ޑުޓާޓޭ ވިދާޅުވީ ހަމަނުޖެހުމުގެ ސަބަބުން އާއްމުން ވޯޓުލާން ފަސްނުޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިންޑަނާއޯގެ ޑަވާއޯ ސިޓީގެ ކުރީގެ މޭޔަރު ސާރާއަކީ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދަރިކަނބަލުންނެވެ.

ރައީސްކަން ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ކުރީގެ ޑިކްޓޭޓަރު ފާޑިނަންޑް މާކޯސްގެ ދަރިކަލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox