ޓެރަރިސްޓް ހަމަލާއެއްގައި މިސްރުގެ 11 ސިފައިން މަރުވެއްޖެ

މިސްރުގެ ސިފައިން. -- ފޮޓޯ: ގެޓީ އިމޭޖާޒް

މިސްރުގެ ސިފައިން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ގާހިރާ، މިސްރު (މޭ 8) - ސައިނާ ޕެނިންސޫލާ ކައިރިން އޮންނަ ސުއެޒް ކެނަލް ސަރަހައްދެއްގައި ޓެރަރިސްޓް ހަމަލާއެއް ހުއްޓުވަން އުޅުނު މިސްރުގެ 11 ސިފައިން ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.

މިއީ ސައިނާ އާއި އެ ތަން ވަށައިގެންވާ ހިސާބުތަކުގައި މިސްރުގެ ސިފައިން ޓެރަރިޒަމާ ދެކޮޅަށް ހިންގާ ދިގު އޮޕަރޭޝަނުގައި ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.

ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިސްޓުންނާ ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި ސިފައިންގެ ފަސް މީހުންނަށް އަނިޔާވި ކަމަށެވެ. އެ ޓެރަރިސްޓުންނާ ދެކޮޅު އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ.

ރައީސް އަބްދުލް ފައްތާހް އަލް ސިސީ ވަނީ ސިފައިންގެ މަރުތަކާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، ޓެރަރިޒަމް "މުލުން ލުހެލަން" ވައުދުވެވަޑައިގެންފަ އެވެ.

އުތުރު ސައިނާގެ ބައެއް މީހުން ބުނީ ހަމަލާ ހިނގީ ސުއޭޒް ކެނަލްގެ އެންމެ އިރުން އޮންނަ އިސްމާއިލިއްޔާ ޕްރޮވިންސްގެ ގަންތަރާ އަވަށުގައި ކަމަށެވެ.

އެ ތަނުގައި ސިފައިން ތިބީ ފެން ޕަމްޕު ކުރާ ފެސިލިޓީއެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށެވެ. ހަމަލާ ބަދަލު ކުރަން ފެށީ ޓެރަރިސްޓުން ސިފައިންނަށް އަމާޒުކޮށް ބަޑި ޖެހުމުންނެވެ.

ބަޑި ޖެހުމަށް ފަހު ޓެރަރިސްޓުންތައް ވަނީ އުތުރު ސައިނާގެ ސަހަރާގެ ތެރެއަށް ވަދެ ފިލާފަ އެވެ. ހޮނިހިރު ދުވަހުގެ ހަމަލާގެ ޒިންމާ އެއްވެސް ޓެރަރިސްޓް ގްރޫޕަކުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ.

މިސްރުގެ ސައިނާ ޕެނިންސޫލާގައި ޓެރަރިސްޓުން ގިނަވެ، ހަމަނުޖެހުން އުފެދުނުތާ 10 އަހަރު ވެއްޖެ އެވެ. އެކަން ފެށުނީ ކުރީގެ ރައީސް މުހައްމަދު މުރްސީ 2013 ވަނަ އަހަރު މަގާމުން ދުރު ކުރި ހިސާބުންނެވެ.

ފެބްރުއަރީ 2018 ގައި ސިފައިންނާއި ފުލުހުން ގުޅިގެން އުތުރު ސައިނާއިން ޓެރަރިސްޓުން ފައްސާލުމުގެ ބޮޑު އޮޕަރޭޝަނެއް ފެށި އެވެ. މިހާތަނަށް 1000 އަށް ވުރެ ގިނަ ޓެރަރިސްޓުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox