ކުޑަ އީދު ބަންދުގެ ފޯރީގައި ބައެއް މީހުން އެ ދިޔައީ ފިލްމެއް ވެސް ބަލާނުލެވި އެވެ. ކަންބޮޑުވާނެ ކަމެއް ނެތެވެ. އީދަށް ފަހު ކޮންމެވެސް ވަރަކަށް ކުރިމަތިވާނެ ފޫހިކަން ފިލުވާލުމަށް މީޑިއާނެޓުގެ އެމްއެސް ވީޑިއޯ ކްލަބު އެ އޮތީ އެވެ. މީޑިއާނެޓްއިން ހުޅުވާލި ކުރު ފިލްމު މުބާރާތަށް ހުށަހެޅި ކުރު ފިލްމްތައް އެމްއެސް ވީޑިއޯ ކްލަބްއިން މިހާރު ބަލާލެވޭނެ އެވެ.
"ރާއްޖޭގެ ކުރިއަރަމުން އަންނަ ހުނަރުވެރި ފިލްމް އުފެއްދުންތެރިން މިވަނީ ކުރު ފިލްމްތަކެއް ހުށަހަޅާފައި. ބެލުންތެރިންނަށް މި ފިލްމްތައް އެމްއެސް ވީޑިއޯ ކްލަބް މެދުވެރިކޮށް، ނުވަތަ އެމްއެސް ޑިޖިޓަލް އެޕަށް ސަބްސްކްރައިބް ކޮށްގެން ބަލާލެވޭނެ،" މީޑިއާނެޓުން ބުންޏެވެ.
ކުރު ފިލްމު މުބާރާތަށް ހުށަހެޅި ފިލްމުތައް
- ހިމިތި: އިސްމާއިލް އާސިފް
- ނަޒަރު: ލައިޓްސް އައުޓް
- މޫވީ ނައިޓް: މިފްޒާ ހަސަން
- ހައްގު ނިޔާ: ރީޝާ ޝަރީފް
- ދަ ލެޓަރ: އަލީ ޝާމިން
- ހަށި: މުހައްމަދް ޝަނޫން
- ބްލޫސް: ޝިމްމަ
- ގާޑަންތެރޭ އުދުހިލާ: ސްލޯ ޓޭޕް
މުބާރާތުގެ އިނާމުތައް
ތިންވަނަ: 30,000 ރ.
ދެވަނަ: 50,000 ރ.
އެއްވަނަ: 100,000 ރ.

މިއީ ރާއްޖޭގައި ކުރު ފިލްމު މުބާރާތަކަށް ހުށަހަޅާފައިވާ އެންމެ އަގުބޮޑު އިނާމެވެ. ވަނަ ހޮވާނީ ފަނޑިޔާރުންގެ މާކްސް އާއި އެމްއެސްއިން ބަލާ ޔުނީކް ވިއުސް ހިމަނައިގެންނެވެ. މުބާރާތުގެ ގަދަ ތިނަކަށް ހޮވޭ ފިލްމުތައް އުފެއްދި ފަރާތްތަކަށް މީޑިއާނެޓާ ގުޅިގެން އިތުރު ފިލްމު، ސީރީޒް، އަދި އެކި ބާވަތުގެ ކޮންޓެންޓު އުފެއްދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މި މުބާރާތުގެ މަގުސަދަކީ ޒުވާން ހުނަރުވެރިންނަށް ފިލްމު ހެދުމަށް ފުރުސަތު ދިނުމާއި މީޑިއާނެޓުގެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހި އަމިއްލަ އުފެއްދުންތައް ބެލުންތެރިންނަށް ގެނެސްދިނުމެވެ.









