ކޮމަންވެލްތު އެސްޖީއަކަށް ވާދަކުރައްވާ ޖެމެއިކާގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ތާއީދު

May 5, 2022, 8:41 AM
ޖަމައިކާގެ ފޮރިން މިނިސްޓަރު ކަމީނާ ޖޯންސަން ސްމިތު. އޭނާއަކީ އެ ގައުމުގެ އެންމެ ފުރަތަމަ އަންހެން ފޮރިން މިނިސްޓަރު --- ފޮޓޯ: އަވާ ޓުޑޭ

ޖަމައިކާގެ ފޮރިން މިނިސްޓަރު ކަމީނާ ޖޯންސަން ސްމިތު. އޭނާއަކީ އެ ގައުމުގެ އެންމެ ފުރަތަމަ އަންހެން ފޮރިން މިނިސްޓަރު --- ފޮޓޯ: އަވާ ޓުޑޭ

މިއަހަރުގެ ޖޫން މަހު އިންތިހާބުކުރާ ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވާދަކުރައްވާ ޖެމެއިކާގެ ފޮރިން މިނިސްޓަރު ކަމީނާ ޖޯންސަން ސްމިތަށް ރާއްޖެއިން ތާއީދުކުރަން ނިންމައިފި އެވެ.

ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ މައިކަލް ހޯލްނެސްއަށް ގުޅުއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ އެކަން ހިއްސާކުރައްވާފަ އެވެ.

ކޮމަންވެލްތަށް އާ ސެކްރެޓަރީ ޖެނެރަލަކު އިންތިހާބު ކުރާނީ ރުވާންޑާގެ ކިގަލީގައި އޮންނަ ކޮމަންވެލްތު ޤައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގަ އެވެ. މިވަގުތު އެ މަގާމުގައި ހުންނެވީ ޕެޓްރީޝިއާ ސްކޮޓްލަންޑް އެވެ.

ކަމީނާ ޖޯންސަންއަށް ލިބިވަޑައިގެންފައިވާ ގިނަ ތަޖުރިބާއާ އެކު އެ މަގާމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ އޭނާ ކަމަށް ރައީ ސޯލިހު އިއްޔެ ވިދާޅުވި އެވެ. އަދި، އޭނާގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ރާއްޖެ އާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކޮމަންވެލްތުގައި ރަނގަޅަށް ތަމްސީލުވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު އާއި ޖެމެއިކާގެ ބޮޑުވަޒީރުގެ ފޯނު ކޯލުގައި އިތުރަށް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފަ އެވެ. އަދި، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ވެސް ރައީސް ސޯލިހު ދައުވަތު އެރުވި އެވެ.

ކަމީނާ ޖޯންސަން ސްމިތަކީ ޖެމެއިކާގެ ފުރަތަމަ އަންހެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ފޮރިން ޓްރޭޑްގެ މަގާމު އަދާކުރެއްވި ބޭފުޅާއެވެ. އަދި، އޭނާ ވަނީ ކެރީބިއަން ފޯރަމް (ކެރިފޯރަމް) ގެ ޗެއަރޕަރސަންގެ މަޤާމާއި، ކައުންސިލް އޮފް މިނިސްޓަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ރައީސްގެ މަގާމު އަދާކުރައްވާފަ އެވެ.

އޭގެ އިތުރުން، ކެރިކޮމް ކައުންސިލް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ރައީސްގެ މަގާމު ވެސް އަދާކުރެއްވި އެވެ. މިހާރު ވެސް އޭނާ ހުންނެވީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ގްރޫޕްގެ ކޯޑިނޭޓަރުގެ މަގާމުގަ އެވެ.

އޭނާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން ކޮމާޝަލް ލޯ އިން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފަ އެވެ. އޭނާ އަކީ ޖެމެއިކާގެ ލޭބާ ޕާޓީ ތަމްސީލުކުރައްވާ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox