އުރީދޫއިން ފިތުރު އީދުގެ މުނާސަބަތުގައި ކުލަބު ޕްރެމިއާ މެމްބަރުންނަށް ހާއްސަކޮށް ޗާކޯލް ކެފޭއާ ރަޓަޓުއީ ރެސްޓޯރެންޓުން އަދި ޗޮކްލެޓް ހެދުން ފިހާރައިން 10 ޕަސަންޓުގެ ޑިސްކައުންޓެއް ދޭން ފަށައިފި އެވެ.
އުރީދޫއިން ބުނީ އެ ޑިސްކައުންޓް ދެމުން ދާނީ އަންނަ އާދިއްތަ ދުވަހާ ހަމަޔަށް ކަމަށެވެ.
ފިތުރު އީދަށް ހާއްސަކޮށް އުރީދޫއިން ތައާރަފްކުރި އެ ހާއްސަ ޑިސްކައުންޓްގެ ބޭނުންކުރެވޭނީ ހަމައެކަނި ކުލަބު ޕްރެމިއާ މެމްބަރުންނަށް ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ ކުލަބު ޕްރެމިއާގެ ހާއްސަ މެމްބަރަކަށް އުރީދޫގެ ސުޕަނެޓު ޕެކޭޖްގެ 40M އަށް ވުރެ މަތީ ޕެކޭޖްތައް ނަންގަވާ ފަރާތްތައް ޝަރުތު ހަމަވާނެ ކަމަށެވެ.
އަދި ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ ތެރެއިން 1،000ރ. އަށް ވުރެ މަތީ ޕެކޭޖްތައް ގެންގުޅޭ ފަރާތްތައް ވެސް ކުލަބު ޕްރެމިއާ މެމްބަރުންގެ ގޮތުގައި ޝަރުތު ހަމަވާނެ ކަމަށް އުރީދޫއިން ބުނެ އެވެ.













