ހަތަރު އަންހެނެއް ގައިގައި ދަތްއެޅި މީހަކު ކޯޓުގެ ހުރުމަތް ކަނޑާލައިގެން ފަސް މަހަށް ޖަލަށް

ގއ. ވިލިނގިލި މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ޖަމްޝީދު އަލީ

ގއ. ވިލިނގިލި މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ޖަމްޝީދު އަލީ

ގއ. ވިލިނގިލީގައި ގެއަކަށް ވަދެ އެ ގޭގެ ތިބި ހަތަރު އަންހެނެއްގެ ގައިގައި ދަތް އަޅައި، އެއިން އެކަކުގެ އިނގިލި ބުރިކޮށްލި މީހަކު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލައިގެން 150 ދުވަހަށް ޖަލަށް ލާން ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި އޮތް ގޮތުން، ގ. ޗެރީހައުސް، ކ. މާލެ، އަލީ ހަސަން ވަނީ ރޭގެ ވަގުތެއްގައި ވިލިނގިލީގައި ހުންނަ ގެއަކަށް ވަދެ ހަތަރު އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގައި އަނިޔާކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެއީ އޭނާގެ ކުރީގެ އަނބިމީހާގެ އެވެ. އަނިޔާވި މީހުންގެ ތެރޭގައި އަލީ ހަސަންގެ ކުރީގެ އަނބިމީހާ ވެސް ހިމެނޭކަން އެނގިފައިވެ އެވެ.

އަނިޔާ ލިބުނު ހަތަރު އަންހެނުންގެ ތެރެއިން އެކަކުގެ އިނގިލިން އެއް ސެންޓި މީޓަރު ވަރުގެ ތަނެއް ދަތް އަޅައި ކަނޑާލައިފަ އެވެ. އުމުރުން ދުވަސްވީ އަންހެނެއްގެ އަތުގެ އިނގިލި ބިންދާލާފައިވާއިރު، އިތުރު އަންހެނެއްގެ ފަޔާއި އަތުގައި ދަތް އަޅައި އަނިޔާދީފައިވާ ކަން އަމުރުން އެނގެ އެވެ.

އޭނާގެ ބަންދާ މެދު މެޖިސްޓްރޭޓް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމަށް ގާޒީ ވަޑައިގަތުމުން އޭނާ ކޮޅަށް ތެދުވެފައެއް ނުވެ އެވެ. ގާޒީ ވަޑައިގަތުމުން ކޮޅަށް ތެދުވުމަކީ ކޯޓުތަކުގައި އޮންނަ އުސޫލެވެ. އެ ގޮތަށް އަމަލު ކުރަން އޭނާއަށް އެންގުމުން އެ ކަމަށް އިންކާރުކޮށް އެއީ "ކުފުރު އަމަލެއް" ކަމަށް އޭނާ ބުންޏެވެ.

ޝަރީއަތުން 10 ފަހަރު މަތިން އޭނާއަށް ކޮޅަށް ތެދުވާން އެންގި އެވެ. އެއިން ކޮންމެ ފަހަރަކު ކޯޓުގެ އަމުރަށް އޭނާ ނުކިޔަމަންތެރިވުމުން އެއިން ކޮންމެ ފަހަރަކަށް 15 ދުވަހުގެ ޖަލު ހުކުމެއް ގާޒީ އިއްވި އެވެ. އެއީ ޖުމުލަ 150 ދުވަސް (ގާތްގަނޑަކަށް ފަސް މަސް ދުވަސް) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox