ޔޫކްރެއިން ހަނގުރާމަ ނިންމަން މަޝްވަރާއަށް މޯދީ ގޮވާލައްވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ. -- ފޮޓޯ: ނިއުސް18

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ. -- ފޮޓޯ: ނިއުސް18

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން މަޝްވަރާ ކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގޮވާލައްވައިފި އެވެ.

ޔޫރަޕަށް ކުރައްވާ ދަތުރެއްގައި މޯދީ މަޝްވަރާއަށް ގޮވާލެއްވި ނަމަވެސް، ރަޝިއާގެ އަމަލުތައް ކުށްވެރި ކުރައްވާފައެއް ނުވެ އެވެ.

އިންޑިއާއަށް ބޭނުންވާ އަސްކަރީ ގިނަ ސާމާނު އެތެރެ ކުރަނީ ރަޝިއާ އިންނެވެ. ހަނގުރާމައިގެ މައްސަލައިގައި އިންޑިއާއަށް ހުޅަނގުގެ ޕްރެޝަރު ދަނީ ކުރިމަތިވަމުންނެވެ.

Advertisement

"އަޅުގަނޑުމެން ވާނީ ހަނގުރާމަ މެދުކަނޑާލަން ގޮވާލާފައި. ހަމަނުޖެހުން ހައްލު ކުރަން އޮތް ހަމައެކަނި މަގަކީ މަޝްވަރާ،" ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޯލްޒްއާ ބާލިންގައި ބައްދަލުކުރެއްވުމަށް ފަހު މޯދީ ވިދާޅުވި އެވެ.

"މި ހަނގުރާމައިން އެއްވެސް ބަޔަކަށް މޮޅު ލިބޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން. ސުލްހައަށް މި ގޮވާލަނީ އެހެންވެ،" މޯދީ ވިދާޅުވި އެވެ.

"ޔޫކްރެއިންގައި އުފެދިފައިވާ އިންސާނީ ކާރިސާގެ އިތުރުން، ތެލުގެ އަގުތައް ޕްރެޝަރަށް ވެއްޓުމާއި، ކާބޯތަކެތީގެ ސަޕްލައިއަށް އަސަރު ކުރުމުން ދުނިޔޭގެ ކޮންމެ އާއިލާއަކަށް ވެސް ބުރަ ވާނެ."

އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. ޖަރުމަނުން ވަނީ އެކަމަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ.

އޭގެ އިތުރުން އަންނަ މަހު އޮންނަ ޖީ7 ގައުމުތަކުގެ ލީޑަރުންގެ ސަމިޓުގައި ބައިވެރިވުމުގެ ދައުވަތު ޖަރުމަނުން ވަނީ މޯދީއަށް ދެއްވާފަ އެވެ.

ޖަރުމަނުގެ އިތުރުން ޑެންމާކަށް ވެސް މޯދީ ވަޑައިގަންނަވާނެ އެވެ. އެ ގައުމުގައި މޭ ތިން ވަނަ ދުވަހުން ފެށިގެން ދެ ދުވަހަށް އޮންނަ އިންޑިއާ-ނޯޑިކް ސަމިޓުގެ ތެރެއިން މޯދީ އާއި ޑެންމާކް، އައިސްލޭންޑް، ފިންލޭންޑް، ސްވިޑަން އަދި ނޯވޭގެ ބޮޑު ވަޒީރު ބައްދަލުކުރައްވާނެ އެވެ.

އޭގެ ފަހުން ފްރާންސަށް ވަޑައިގެން ރައީސް އިމޭނުއެލް މެކްރޯންއާ ބައްދަލުކުރައްވާނެ ކަމަށް އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox