ކުރީ އަހަރުތަކާ ހިލާފަށް މި އަހަރުގެ ކުޑަ އީދުގެ ފޯރި ބޮޑުވެ، ކޮންމެ ބަޔަކު ވެސް ތަފާތު ގޮތަކަށް އީދު އުފާ ފާހަގަކުރަން ޕްލޭންކޮށް، އެކަން ތަންފީޒުކުރަން ފެށި އެވެ.
މި ލިސްޓަށް މަންޓާ އެއާ ހިމަނާލަން ޖެހުނީ ޕަސެންޖަރުންނަށް ދިން ސަޕްރައިޒުންނެވެ. މިއަދު އެ އެއާލައިނުން ދަތުރުކުރި ހުރިހާ ޕަސެންޖަރުންނަށް އީދުގެ ހާއްސަ ހަދިޔާ ދިނެވެ. އެއީ މެކްރޫންސް ޕެކެކެވެ.
މި ހަދިޔާ މަންޓާގެ ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުރުކުރި ދަތުރުވެރިންނަށާއި މޫދަށް ޖައްސާ ބޯޓުތަކުން ދަތުރުކުރި ދަތުރުވެރިންނަށް ދިނެވެ.

މަންޓާ އެއާއަކީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއާލައިން އެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެ އެއާލައިނުން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ. މަންޓާގެ ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުންކުރާ އޭޓީއާރު-72-600 މަރުކާގެ ތިން ބޯޓާއި ޑީއެޗްސީ-600 މަރުކާގެ 11 ސީޕްލޭން އޮޕަރޭޓްކުރެ އެވެ.










